ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަންގެ ރައީސް އަހުމަދު ޝަރީފު
ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަންގެ ރައީސް އަހުމަދު ޝަރީފު
ސަރުކާރުން ހިންގާ ހިލޭ ތަމްރީނު ފްރޮގްރާމްތައް ހިންގަން ޕްރައިވެޓް ކޮލެޖުތަކަށް ފުރުސަތު ނުދޭ މައްސަލައިގައި ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަންގެ ރައީސް އަހުމަދު ޝަރީފު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކޮންމެ މަހަކު 2،000ރ. ގެ އެލަވަންސަކާއެކު، ހުނަރުވެރި މަސައްކަތްތެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިލޭ ކިޔެވުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިޓެކްނިކުން ވަނީ ހުޅުވާލައިފައެވެ.

އެކަމާގުޅިގެން ރާއްޖޭގައި މަތީތަޢުލީމުގެ ޚިދުމަތް ފޯރުކޮށްދޭ ކޮލެޖްތައް ތަމްސީލްކުރާ ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އެތަކެއް ޕްރައިވެޓް އިންސްޓިޓިއުޓްތައް ހިންގަމުން ދަނިކޮށް، އެފަރާތްތަކަށް ފުރުސަތު ހުޅުވާނުލައި ހަމައެކަނި ސަރުކާރުގެ އިންސްޓިޓިއުޓް، ޕޮލީޓެކްނިކަށް އެފުރުސަތު ދޭ އުސޫލު ގެންގުޅުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށެވެ.

ޝަރީފްގެ ޓްވީޓްގައި ވަނީ ރައީސް ޞާލިޙާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެރިން ޓެގް ކުރަށްވާފައެވެ.

ޕޮލިޓެކްނިކުން އިޢުލާން ކޮށްފައިވަނީ، ޓޫރިޒަމާއި ކޮންސްޓްރަކްޝަން އަދި އައިސީޓީ ދާއިރާގެ 24 ޕްރޮގްރާމަކަށެވެ. ޕޮލިޓެކްނިކުން ބުނި ގޮތުގައި މި ޕްރޮގްރާމްތަކުގައި ފިޒިކަލް ކްލާސްތަކުގެ އިތުރުން އޮންލައިންކޮށް ވެސް ކިޔަވައިދޭނެ އެވެ. ހަ މަސް ދުވަހަށް ގެންދާ މިހުރިހާ ޕްރޮގްރާމެއްވެސް ހިންގާނީ ހިލޭ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން