މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން 20 ވަރަކަށް މީހުންގެ މައްޗަށް ދައުވާ ކުރަން ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ  ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބެލުން ލަސްވާތީ އަދި މައްސަލަތައް ގޮސްފައި އޮތް ހިސާބާއި ގުޅޭ މައުލޫމާތު އޮޅުން ފިލުވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީއިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ހާޒިރުކޮށް މައްސަލަ އާއި ގުޅިގެން މިއަދު މައުލޫމާތު ސާފުކޮށްފައެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ މި މައްސަލައިގެ ތެރެއިން ދައުލަތުން ވަގަށްނެގި ކަމަށް ބުނާ 77 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން، ގާނޫނާ ހިލާފަށް ދޫކޮށްފައިވާ 37 ރަށަކާއި 12 ފަޅަކީ މިހާރުވެސް ހިނގަމުންދާ މައްސަލައެއް ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ބޮޑު ބައެއް ނަގުދު ފައިސާގެ ގޮތުގައި ދައުރުކޮށް، ގޯތި ގަތުން ފަދަ ހަރު މުދަލަށް ބަދަލުކޮށްފައިވާއިރު، އެފަދަ ކަންތައްތައް ތަހުގީގުކުރުމަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.

އަސްއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރަމުން ދިޔައުރު ފާހަގަ ކުރެވުނު ބޮޑު ފަސް މައްސަލައަށްވުރެ މާ ސީރިއަސް މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދައުވާކުރަން ގަސްދުކުރި މީހާއަށް ދައުވާ ކުރެވޭނެ، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދެން ފެނުނީ އެއަށްވުރެ މާ ބޮޑު ސްކޭމެކޭ އޭގެ ތެރެއިން." އައްސަދު ވިދާޅުވިއެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ބޮޑު ހިޔާނާތާ ގުޅޭ މައްސަލަތައް ތަރުތީބު ކުރެވިގެން، ހާއްސަ އިސްކަމެއް ދީގެން 20 މައްސަލައެއް މިހާރު ތަހުގީގު ކުރެވެމުންދާ ކަމަށެވެ.

ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަށް ހާއްސަ ޔުނިޓެއް އުފައްދާފައިވާ ކަމަށެވެ. އެ އޮފީހުގެ ހަ ވަކީލަކު މިހާރުވެސް އެކަމަށް ހާއްސަ ކުރެވިފައިވާ ކަން ޕީޖީ ވަނީ ފާހަގަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ފާތުން

21-Oct-2020

ތިދަނީ ރަންގަޅައް ހުކުން ކޮއް ޖަލައްލާ


-2

ފާތުން

21-Oct-2020

ރަންގަޅު އެކަކުވެސް ދޫނުކުރާތި އެންމެންގެ މައްޗައް ފިޔަވަޅު އަޅަން ޖެހޭނެ


4

އަސްމާލުބެ

21-Oct-2020

މާލަސްވެސް ވެއްޖެ އަވަސް ކުރޭ


7

އައްބެ

21-Oct-2020

ލަސް ނުކޮއް އަވަސް ކުރޭ



ޓްރެންޑިން