ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
އަތޮޅުތަކުގައި ރިއަލް އެސްޓޭޓް ވިޔަފާރިއަށް ބިންތައް ހުޅުވާލުމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަޙްމަދު ޝަރީފް ގޮވާލައްވައިފިއެވެ.

މާލޭ ސަރަޙައްދުގައި ދުއްވާ ވެހިކަލްތަކުން އިތުރުފީއެއް ނެގުމަށް ބަޖެޓްގައި ހިމަނާފައިވާކަމަށް ބުނާ ޚަބަރެއް ޓްވީޓް ކުރަށްވައި ޝަރީފް ވިދާޅުވީ، ޓްރާންސްޕޯޓަކީ އަސާސީ ޙައްޤެއް ކަމަށާއި، ވެހިކަލް ތަކުން މިހާރުވެސް އަހަރީފީ ދެއްކި ނަމަވެސް ސަރުކާރަށް އެ ވެހިކަލްތައް ދުއްވާ މަގުތައް މަރާމާތުކޮށް ނުދެވޭ ކަމަށެވެ.

ޝަރީފްވަނީ ސަރުކާރަށް އިތުރު ޢާމްދަނީ ހޯދުމަށް ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓް ވިޔަފާރިއަށް ބިންތައް ދޫކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ.

"މިހާރު ޓޫރިޒަމަށް ދޫކުރާ ބިމުގެ އަކަމީޓަރަކަށް 8 ޑޮލަރު ލިބޭނެ. މިހާރުވެސް ދުނިޔޭގެ އިންވެސްޓަރުން ތިބީ ރާއްޖެއާއި ދިމާލަށް ބަލަބަލާ ފުރުސަތެއް ލިބޭތޯ. އަތޮޅުތަކުގައި ރިއަލް އެސްޓޭޓް ވިޔަފާރިއަށް ބިންތައް ހުޅުވާލަންޖެހޭ. އޭރުން ޢާމްދަނީ އިތުރުވާނެ." ޝަރީފް ވިދާޅުވިއެވެ.

މިހާރުވެސް ޓެކްސް ޤާނޫންގެ ދަށުން ނަގާ ޓެކްސްގެ އިތުރުންވެސް އެކި ދިމަދިމާއިން ފީތައް ނަގާކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، މި ދަތި ދުވަސްވަރު އިތުރު ފީތައް ނެގުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ސަރުކާރަށް ސަލާން ޖަހަން މަޖުބޫރުވާނެ ކަމެއް ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެއްގަމު އުޅަނދުންނާއި މުއާސަލާތީ ޚިދުމަތުން އިތުރު ފީތަކެއް ނެގުމަށް ވަނީ ހިމަނާފައެވެ. އެގޮތުން ކޮންޖެޝަން ޗާޖު ނެގުމަށް ބަޖެޓްގައި ހިމަނާފައިވާއިރު މިއީ މާލެ ސަރަހައްދަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދުއްވާ ތަނަކަށްވެފައި މި ސަރަހައްދުގައި ބައިބޯވުން ކުޑަކުރުމަށް ނަގާ ފީއެއްކަމަށް ސަރުކާރުން ބުނެއެވެ. މީގެއިތުރުން ޕާކިން ފީގެ ގޮތުގައި އިތުރު ފީއެއް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން