ޓޮމް އެންޑް ޖެރީ ކާޓޫން ފިލްމުގެ ޓްރެއިލަރގެ މަންޒަރެއް.
ޓޮމް އެންޑް ޖެރީ ކާޓޫން ފިލްމުގެ ޓްރެއިލަރގެ މަންޒަރެއް.
80 އަހަރު ވަންދެން ބުޅަލަކާއި މީދަލެއްގެ މެދުގައި ހިނގާ ކަންތައްތައް ދައްކުވައިދިނުމަށް، އެކިކަހަލަ ހިޔާލީ ފޮލާ ތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޓޮމް އެންޑް ޖެރީ ކާޓޫންގެ ފިލްމް އުފައްދައި، އެފިލްމުގެ ޓްރެއިލަރ އާންމުކޮށްފިއެވެ.

ޓްރެއިލަރ އިން ފެންނަގޮތުގައި އެމެރިކާގެ ނިއު ޔޯކްގެ އެންމެ ދުވަސްވީ ހޮޓަލުގައި ޓޮމް އަދި ޖެރީ އެކަތި އަނެކައްޗަށް ލަނޑު ދިނުމަށް ކުރާ މަޖާ ކަންތައްތަކާއި ދެބަސްވުންތައް ފެނިގެންދެއެވެ. މިގޮތުން މި ހޮޓެލުގައި އެންމެބޮޑު ކައިވެނި ޕާޓީ ކުރިއަށްގެންދިއުމަށް މަސައްކަތްކުރުމުގެ ތެރޭގައި ހޮޓަލުގެ މުވައްޒަފުންނާއި އެހެން މީހުންނަށް ޖެއްސުން ކުރާ މީދަލެއް (ޖެރީ) މައިތިރިކުރުމަށް ބުޅަލެއް (ޓޮމް) ގެނެސް ހޮޓަލަށް ދޫކޮށްލުމުން، މީދާ (ޖެރީ) ހިފުމަށް ބުޅާ (ޓޮމް) ކުރަމުންދާ މަސައްކަތް މިކާޓޫން ފިލްމުން ފެނިގެންދާނެކަމުގެ އުންމީދު، ޓޮމް އެންޑް ޖެރީ ކާޓޫން ފިލްމުގެ ޓްރެއިލަރއިން ހާމަވެގެން ދެއެވެ.

ވަރނަރ ބްރޯސް ކުންފުނިން އުފައްދާފައިވާ ޓޮމް އެންޑް ޖެރީ ކާޓޫން ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޓިމް ސްޓޯރީއެވެ. ޓޮމް އެންޑް ޖެރީ ކާޓޫން ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ މަރޗްމަހު 5 ވަނަ ދުވަހުއެވެ.

މިއަންނަ އަހަރު ނެރުމަށް ހަމަޖެހިފާ ޓޮމް އެންޑް ޖެރީ ކާޓޫން ފިލްމު އުފެއްދުމަށް އިއުލާން ކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. ނަމަވެސް 2015 ވަނަ އަހަރު ހިޔާލު ބަދަލުވެ ޓޮމް އެންޑް ޖެރީ ކާޓޫން އެނިމޭޓެޑް ފިލްމަކަށް ހެދުމަށް ނިންމުނު ކަމުގައިވިޔަސް، 2018 ވަނަ އަހަރުގެ ނިންމުމާ އެއްގޮތަށް ޓޮމް އެންޑް ޖެރީ ކާޓޫން ފިލްމު އުފައްދާފައިވަނީ ލައިވް އެކްޝަން އަދި އެނިމޭޓެޑް ފިލްމެއްގެ ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން