އިންޑިޔާ އަންހެނަކު ގެރިއަކަށް އަޅުކަން ކުރަނީ.
އިންޑިޔާ އަންހެނަކު ގެރިއަކަށް އަޅުކަން ކުރަނީ.
އިންޑިޔާގެ މަދިޔަ ޕްރަދޭޝް ސްޓޭޓްގައި، ގެރި ބެލެހެއްޓުމަށްޓަކައި މިނިސްޓަރުންގެ ކެބިނެޓެއް އެކުލަވާލައިފިއެވެ.

ގެރި ތަކާ ބެހޭ މިކެބިނެޓުގައި ހަ ދާއިރާއަކުން މިނިސްޓަރުން ހިމެނޭނެކަމަށް މަދިޔަ ޕްރަދޭޝް ސްޓޭޓްގެ ޗީފް މިނިސްޓަރު ޝިވްރާޖް ސިންގ ޗޯހަން ވިދާޅުވެފައިވެއެވެ. އަދި މިކެބިނެޓުގެ ފުރަތަމަ ބައްދަލުވުން މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިބައްދަލުވުން ބާއްވާނީ ގެރި ކޮށްޓެއްގައި ކަމަށްވެސްވެއެވެެ.

މި ކެބިނެޓު އެކުލަވާލުމުގެ އެންމެ ބޮޑު މަގްސަދަކީ އިންޑިޔާގެ ބީޖޭޕީ ޕާޓީއިން 1000 ގެރި ކޮށިހެދުމަށް ވެފައިވާ ވައުދު ފުއްދުމުގެ އިތުރުން އިންޑިޔާގެ ގެރިތައް ރައްކާތެރިކަމާއެކު ބެލަހެއްޓުމަށް ކަމަށްވެސް މަދިޔަ ޕްރަދޭޝް ސްޓޭޓްގެ ޗީފް މިނިސްޓަރު ހާމަކުރައްވާފައިވެއެވެ.

އިންޑިޔާގެ ހިންދޫ ދީނުގެ މީހުން ދެކޭގޮތުގައި ގެރިއަކީ ވަރަށް މާތް ޖަނަވާރެކެވެ. މިގޮތުން ގެރިއަށް ކާންދިނުމާއި ގެރިއަށް އަޅުކަން ކުރުމުން ނަސީބު އިތުރުވާކަމަށްވެސް އިންޑިޔާގެ ގިނަބަޔަކު ގަބޫލުކުރެއެވެ.

މިއާއެކު ގެރިތައް ރައްކާތެރި ކުރުމަށް ގާނޫނާއި ގަވާއިދުތައް ހަދައި، ގެރި މަރައި، ގެރިމަސް ކައި ހެދުން މަނާކޮަށްފައިވެއެވެ. މީގެ އިތުރުން އިންޑިޔާގެ ރެސްޓޯރެންޓުތަކުގައި ގެރި މަހުގެ ބާވަތްތައް ވިއްކާނަމަ، ގެރިމަސް ޖެހެނީ ބޭރުން އެތެރެ ކުރާށެވެ.

ގާނޫނާ ގަވާއިދުތަކުން ގެރިތައް ހިމާޔަތް ކޮށްފައިވާއިރު އިންޑިޔާގެ ބައެއް ސަރަހައްދުތަކުގެ މަގުމަތީގައި ގެރިތައް އުޅެނީ ވަރަށްވެސް މިނިވަންކަމާއެކުއެވެ. ގެރީގެ ސަބަބުން ޓްރެފިކަށް އަސަރު ކުރިއަސް އެކަމާ ކަންބޮޑުވެ ޝަކުވާ ކުރާނެ މީހަކު ނޫޅެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން