އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަރުމަނު ވިލާތުގެ ސަރުކާރުން އެގައުމު ތަކުގެ ރައްޔިތުންނަށް މިފެށޭ ޑިސެމްބަރުމަހު ކޮވިޑަށް ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.
މިގޮތުން އިނގިރޭސި ވިލާތުގެ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފައިޒަރ އަދި ބައޯޓެކް ކުންފުނީގެ ވެކްސިނެވެ. މިނިންމުމާއެކުފައިޒަރ އަދި ބައޯޓެކް ކުންފުނީގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އިނގިރޭސި ވިލާތުގެ ސިއްހީ ވުޒާރާތަކުން ކުރިއަށްއޮތް ހަފުތާ ތެރޭގައި ހާމަކުރުމަށް ނިންމަވާފައިވާކަމަށް އިނގިރޭސި ވިލާތުގެ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
މިއާއެކު އިނގިރޭސިވިލާތުން ވަނީ ފަސް މިލިއަން މީހުންނަށް ވާވަރަށް ވެކްސިންގެ 40 މިލިއަން ޑޯޒު ގަތުމަށް އެދިފައެވެ. މިގޮތުން ވެކްސިންގެ ހުއްދަ ލިބުމާއެކު މިއަހަރު ނިމުމުގެ ކުރިން ފަސް މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ނިންމަވާފައިވާކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް އެމެރިކާގައި ފައިޒަރ އަދި ބައޯޓެކް ކުންފުނީގެ ވެކްސިން ބޭނުން ކުރުމަށް ފުރަތަމަ ދޫކުރަން ހަމަަޖެހިފައިވަނީ ވަގުތީ ހުއްދައެކެވެ. މި ހުއްދަ އަކީ ކުއްލި ހާލަތުގައި މި ވެކްސިން ބޭނުން ކުރުމަށް ދެވޭނެ ހުއްދައެކެވެ. މިގޮތުން މިވެކްސިން ދެވޭނީ ކޮވިޑުގެ ބަލިމަޑުކަމުގައި އިސްސަފުގައި މަސައްކަތް ކުރާ ސިއްހީ ވުޒާރާ ތަކުގެ މީހުންނާއި ދުވަސްވީ މީހުންނާއި ހައި ރިސްކު މީހުންނަށެވެ.
ފައިޒަރ އަދި ބައޯޓެކް ކުންފުނީގެ ވެކްސިންގެ އިތުރުން މޮޑަރނާ ކުންފުނީގެ ވެކްސިންގެ ރައްކާތެރިކަން ތަހުލީލުތަކުން ހާމަވެފައިވާއިރު މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މިގޮތުން އެމެރިކާއިން މޮޑަރނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ޑިސެމްބަރުމަހުގެ ދެވަނަ ހަފްތާގައި ލިބޭނޭ ކަމަށް މޮޑަރނާ ކުންފުނިން ވަނީ ހާމަކޮށްފައިވެއެވެ.
ޖަރުމަނުގައިވެސް ޑިސެމްބަރުމަހު ވެކްސިން ދިނުމަށް ތައްޔާރު ވަމުން އަންނަކަމަށް ޖަރުމަނުގެ ހެލްތު މިނިސްޓަރު ޖެންސް ސްޕޯން ވިދާޅުވެފައިވެއެވެ. މިގޮތުން މިނިންމުމާއެކު ޖަރުމަނާއި ސްޕެއިން ވެގެންދާނީ ޔޫރަޕުގައި އެންމެ ފުރަތަމަ ވެކްސިން ދޭންފަށާނެ ދެގައުމަށް ކަމަށްވެސް ޖަރުމަނުގެ ހެލްތު މިނިސްޓަރު ޖެންސް ސްޕޯން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ޖަރުމަނަށް 300 މިލިއަން ޑޯޒުގެ ވެކްސިން ގަތުމަށް ނިންމަވާފައިވާކަމަށްވެސް ޖަރުމަނުގެ ހެލްތު މިނިސްޓަރު ވަނީ ހާމަކޮށްފައެވެ. އަދި މިއީ ޖަރުމަނުގައި ބޭނުން ކުރުމަށްފަހު ކައިރި ގައުމުތަކަށް ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދެވޭނެ މިންވަރެއްކަަަމަށްވެސްވެއެވެ.
އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަރުމަނު ވިލާތުގައި ޑިސެމްބަރުމަހު ކޮވިޑަށް ވެކްސިން ދޭން ފަށަންނިންމައިފައިވާއިރު، ދެން އެންމެ އަވަހަށް ވެކްސިން ދޭންފެށުމަށް ހަމަޖެހިފައިވަނީ ސްޕެއިން ވިލާތުގައެވެ. މިގޮތުން ސްޕެއިން ވިލާތުގައި އަންނަ ޖެނުއަރީމަހު ވެކްސިން ދޭން ފަށަން ނިންމައިފައިވާކަމަށް ސްޕެއިންގެ ބޮޑު ވަޒީރު ވަނީ ހާމަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު