ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސަރުކާރުން ފަތުރުވެރިކަމުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙުތައް އެގޮތަށް ފާސްވެއްޖެނަމަ މުސްތަޤްބަލުގައި ރިސޯޓުތަކުގައި ކޯޓު އަމުރުގެ ދަށުން ވަކިން ވަށާފާރު ރާނަން ޖެހިދާނެ ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙްތަކުގެ ތެރޭގައި ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ދުނިޔޭގެ ފަތުރުވެރިކަން ދިރާސާކުރާ ކުރާފަރާތްތަކުން ނަމޫނާއެއްގެ ގޮތުގައި ދެކޭ ކޮންސެޕްޓެއްގެ މައްޗަށް ބިނާކުރެވިފައިވާ ސިނާޢަތެއް ކަމަށެވެ. އަދި ރާއްޖޭގެ ޤުދުރަތީ ރީތިކަން އޭގެ އެންމެ ފުރިހަމަކޮށް ދައްކުވައިދޭ ކޮންސެޕްޓްގެ މައްޗަށް ފަތުރުވެރިކަމުގެ ސިނާޢަތް ހިންގަމުން އަންނަތާ 50 އަހަރު ވެއްޖެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ޓޫރިސްޓް ރިސޯޓްތަކަކީ އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގޭ ވަކި އޯނަރެއްގެ އަމުރު މަޢުރޫފް ހިންގޭ ތަންތަން. ބައެއް ފަހަރު އޯނަރު ދަރާ ވިކުނީމަ ސަރުކާރުން މުޅި ރިސޯޓު ޖޫރިމަނާކޮށް ބަންދު ކުރޭ. އެހެން ވެއްޖެއްޔާ ވިއްކާލެވިފައިވާ ކޮޓަރިއަށް ކިހިނެއްތޯ އެހެނިހެން ޚިދުމަތް ދޭނީ؟" ޝަރީފް ސުވާލު އުފެއްދެވިއެވެ.

ޝަރީފް ވިދާޅުވީ، ރިސޯޓުތަކުން ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ދިނުމުން އެތަނުގައި އޭނާއަށް ވަކި ފެސިލިޓީ ޤާއިމް ނުވެގެން މައްސަލަ ޖެހޭނެ ކަމަށާއި، މި އިސްލާޙުތަކުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކާމިޔާބުކަމާއެކު ހިންގަމުންއައި ފަތުރުވެރިކަމަށް ބަދަލު އައިސް އެހެން ޤައުމުތަކުގެ ފަތުރުވެރިކަމުގެ ކޮންސެޕްޓާ އޮތް ތަފާތު ގެއްލިގެން ދާނެ ކަމަށެވެ.

ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާޙުތަކުގެ ދަށުން ރިސޯޓު ތަރައްގީ ކުރަން މިހާރު ދޫކޮށް، ރިސޯޓު ނުހެދި ހުރި ރަށްތަކަށް ހައްލު ތަކެއް ވަނީ ހޯދައިދީފައެވެ.

އެގޮތުން ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓަގްރޭޓެޑް ޓޫރިޒަމާއި، ރިސޯޓާއި ގެސްޓްހައުސް ފަދަ ތަންތަން ކަނޑައެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮތް ނަމަވެސް، ބިނާވެށި ޕްލޭންގެ ދަށުން ވަކި ރަށްތަކުގައި ޓޫރިޒަމަށް ބިން ކަނޑައެޅުމާއި ބިން ދޫކުރުމުގެ ބާރު ރަށު ކައުންސިލާއި، ސިޓީ ކައުންސިލު ތަކަށް މި ބިލުގެ ދަށުން ފުރުސަތު ފަހިކޮށްދީފައި ވެއެވެ.

އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޙަސަންބުޝްރީ

27-Nov-2020

ވަރަށްވައްތަރު ދައުލަތުގެ މަތީ މަގާމަކަށް ފެންބޮވައިގެން އުޅުމާ. މިހާރު މާސިޔާސީ ބޭފުޅެއް. ތިގޮތަށް އުޅެގެން އިރެއްގަ ވަޒީރުކަން ލިބުނަސް މިހާރު ފެންވަރު މީހުންތައް މިގައުމުގަ ބައިވަރު.



ޓްރެންޑިން