ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ވަރަށް ޚުދުމުޚުތާރުކޮށް ކުރިއަށް ގެންދާ އިންތިޚާބެއް ކަމަށާއި މުޅި ދުނިޔެވެސް އެކަމާ މަލާމާތް ކުރާނެ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މާރޗްމަހު 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ކައުންސިން އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ޝެޑިއުލް ކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝުޖާއު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދިވެހި ތާރީޚުގައި މިހާތަނަށް ބޭއްވޭ އެންމެ ޚުދުމުހުތާރު އިންތިޚާބު ކަމަށް ވެގެންދާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، "މީ ރައްޔިތުންނަށް ރައްޔިތުންގެ ވޯޓު ދިނުމަށް އެންމެ ބޮޑެތި ހުރަސްތައް ކުރިމަތި ކުރުވާނެ އިންތިޚާބު. މުޅި ދުނިޔެ މަލާމާތް ކުރާނެ އިންތިޚާބު." ކަމަށެވެ.



އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައަޅައި މަސައްކަތް ކުރަމުންދާއިރު، އެންމެބޮޑު އިސްކަމެއް ދެނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ޕާޓީތަކަށް ކެންޕެއިން ކުރުމުގެ ފުރުސަތު ދިނުމަށްކަމަށެވެ. އެގޮތުން ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އަންނަ ޖެނުއަރީ ފަހެއްގެ ކުރިން އެ ހުއްދަ ނުލިބޭނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވަނީ ވިދާޅުވެފައެވެ. ފަހެއް ޖެނުއަރީގެ ފަހުން ހުއްދަ ދިނަސް އިންތިހާބު ނުބޭއްވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރުގެ މާރޗް 6 ވަނަ ދުވަހު އިންތިޚާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު މިހާތަނަށް 99 ފަރާތަކުން ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް ނިންމާ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ. މިހާރު ކައުންސިލް އިންތިހާބުގައި ވާދަކުރަން ތިބީ 2،297 ކެނޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާނީ 1،779 ކެނޑިޑޭޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން