ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދިނުމުގައި ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ފޭލިވެފައިވާ ކަމަށް ރައްޔިތުން އަބަދު ވެސް ދެކެއެވެ. ދިރާގުގެ ޚިދުމަތްތައް އަގުބޮޑުވެފައި ޚިދުމަތް "ކަޑަ" ކަމުން ރައްޔިތުން އަބަދުވެސް ޝަކުވާ ކުރެއެވެ. މިއާއެކު ދިވެހިރާއްޖޭގެ މުއާސަލާތީ ހިދުމަތް ދިނުމަށް ބޮޑު އިންގިލާބެއް ގެނެސްދިނުމަށް ކަމަށް ބުނެ، އޮގަސްޓް 1، 2005އިން ވަތަނިއްޔާ ކިޔާ ކުންފުންޏަކުން އަދި މިހާރުގެ ނަމުން ނަމަ އުރީދޫން ދިވެހިރާއްޖޭގައި ޚިދުމަތްދޭން ފެށިއެވެ. ރައްޔިތުން ހީކުރީ އުރީދޫން ވައުދުވި ގޮތަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދޭނެ ކަމަށެވެ. ވާދަވެރި އަގުހެޔޮ ނުވަތަ އަތްފޯރާ އަގުތަކެއްގައި ޚިދުމަތް ލިބޭނެ ކަމަށް ރައްޔިތުން ފޮނި އުއްމީދެއް ކުރިއެވެ. އެކަމަކު ކަންވީ އެހެނަކުން ނޫނެވެ.
އުރީދޫގެ ޚިދުމަތްތަކަށް ނަގަމުންދާ އަގުތަކުގެ ބޮޑުކަމާއި އެއަގާ އެއްވަރުގެ ޚިދުމަތެއް ފޯރުކޮށްނުދެވޭ ކަމުގެ ޝަކުވާއަކީ އެ ކުންފުންޏާ މެދު ދިވެހިން އުފުލާ އެންމެ ބޮޑޫ ޝަކުވާއެވެ. އެޖާއި ޓޫ ޖީއާއި ތްރީ ޖީގެ ޒަމާން ވެސް ނިމި ގޮސް އެބުނާ ޖީތައް ހަތަރަކާއި ފަހަކަށް ވެސް އަރައިގެން ހިނގައްޖެއެވެ. ކަނޑު އަޑިންނާއި ޖައްވުން ބޮޑު އާގުބޯޓަކަށް ވަދެ އުޅެވޭ ވަރުގެ ފައިބަރު ކޭބަލްތައް ވެސް އަޅައިފިއެވެ. އަދި ދުނިޔެއަށް އައި މި ކުރިއެރުމާއި އެއްވަރަށް އަޅުގަނޑުމެންގެ ސިކުނޑިތަކާއި ހިތްތައް ވެސް މިވަނީ ހުޅުވި ތަރައްގީވެފައެވެ. އެަކަމަކު ރައްޔިތު މީހާ ބޭނުންކުރާ އިންޓަނެޓްގެ ދުވެއްޔަށް ބަދަލެއް ނައެވެ. އެބުނާ ޖީތަކެއް ތައާރަފުކުރަނީ ހަމައެކަނި ނޫސްތަކުގައި ފަލަ ސުރުޚީ އަޅާލަންބާއެވެ؟ އެބުނާ 4ޖީއެއް ފަހަނައަޅާ ގޮސް އެކިޔާ 5ޖީއެއް ތަޢާރަފު ކުރިއިރު އެ ބުނާ 5 ޖީގެ ޚިދުމަތް ލިބުނު މީހަކު ނެތެވެ. އިންޓަނެޓްގެ ދުވެލި ހުރީ ހަމަ މިކިޔާ ފިނިހަކަ ސްޕީޑުގައެވެ.
ކަނެކްޝަން ލިބިއްޖެ ނަމަ ވެބްސައިޓެއް ލޯޑުނުވެއެވެ. ވެބްސައިޓަށް ވަދެވިއްޖެ ނަމަ ފޮޓޯގަނޑެއް، ވިޑިއޯކޮޅެއް ލޯޑެއް ނުވެއެވެ. އެގޮލާ އިންނަނީ ގަބުއަރާފައެވެ. ބޯ އަނބުރައި ގަންނަ ވަރަށް އެނބުރި އެނބުރިއެވެ. މަތި މައްޗަށް ޖީ އަޅަމުންދިޔަ ވަރަކަށް ސްޕީޑް ދަށްވީ ކަމަށް ވެސް ބަޔަކު އެބަ ކިޔައެވެ. އަޖައިބެއް ކަހަލަ ކަމެކެވެ. ފޮޓޯގަނޑު ލޯޑުވެއްޖެއްޔާ ލަސްނުވެ އެޅި ޑޭޓާކޮޅު ހުސްވެއެވެ.
މީހަކު ފެންތައްޓެއް ބޯލާފައި ވައެއް ލާވަރުވެސް ނުވެއެވެ. އަނެއްކާ ޑޭޓާ އަޅަންވީއެވެ. އަނެއް ވޭނެެވެ. ޑޭޓާގެ އަގު ހުންނަނީ އާސްމާނުގައެވެ. ދުނިޔޭގެ 26 ގައުމެއްގެ އިންޓަނެޓުގެ ޚިދުމަތުގެ އަގުތައް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ދިރާސާ ކުރިއިރު، ރާއްޖެ ހިމެނެނީ އޭގެ ތެރެއިން ހަތް ވަނައިގައި ކަމަށާއި އިންޓަނެޓުގެ އަގު ހެޔޮވާން ޖެހޭނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވެސް ވިދާޅުވެއެވެ. އެ ދިރާސާގައި ހިމަނާފައި ވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީ ވެފައިވާ ބައެއް ގައުމުކާއި ތަރައްގީ ވަމުން އަންނަ ބައެއް ގައުމުތަކެވެ.
އުރީދޫއަށް ދަންނަވާލަން އޮތީ ހަމައެކަނި ނަމަކަށް ޖީ ތަކެއް އިތުރު ކުރިއަކަސް ޚިދުމަތް ތަރައްގީވެ ކުރިއަރާދާ ކަމަކަށް މީހަކު ގަބޫލެއް ނުކުރާނެ ވާހަކައެވެ. ޚިދުމަތެއް ތަރައްގީ ވާނީ ޚިދުމަތް ލިބިގަންނަ މީހުން ހިތްހަމަ ޖެހޭ ވަރަށް ޚިދުމަތް ދެވުނީމައެވެ. ކިތަންމެ ވަރަކަށް އިސްތިހާރު ކޮށްގެން ލާރި ދީގެން ބައެއްގެ އަނގަ ބަންދުކޮށްގެން ތިއްބަސް އަދި އެލަވަންސް ބޮޑުކުރަނީއޭ ކިޔައިގެން ކިތަންމެ ބޮޑު ޕެކޭޖެއް ދިނަކަސް ތިން ދުވަހުން ރަށަށް ދާން މިއަދު ކަނޑު ބޯޓުފަހަރަށް އަރާން މިގައުމުގެ ޒުވާނުން ބޭނުން ނުވާ ބީދައިން، މިގައުމުގެ ރައްޔިތުން ފިނިހަކަ ސްޕީޑްގެ އިންޓަނެޓެއްވެސް ބޭނުމެއް ނުވެއެވެ.
މިއީ 21 ވަނަ ގަރުނެވެ. މިހާރަކު ފޯނަށް ރޭންޖު ނުލިބިގެން ތެޅި ފޮޅޭކަށް އަސްލު ނުޖެހޭނެއެވެ. އެކަމަކު ފޯނަށް ރޭންޖު ނުލިބިގެން އެތަން މިތަނަށް ދުވަން އަދިވެސް އެބަޖެހެއެވެ. މިއީ އުރީދޫގެ މައި އެންޓަނާ ޖަހާފައި ހުރި މާލޭ ސަރަހައްދުގެ ހާލަތެވެ. އަދި ރާއްޖެތެރޭގެ ހާލަތު ހުންނާނެ ގޮތް ވިސްނާލާށެވެ. ރޭންޖު ހޯދަން ބަނބުކެޔޮ ގަހަށާއި ރުކު ކުރިއަށާއި ފުރާޅަށް އަރައި އުޅުނު ޒަމާން އަދިވެސް ނުދެއެވެ.
ފޯނަށް ކްރިޑިޓް އަޅާލީމާ އޮޓަމެޓިކުން އޭތިކޮޅު "ކާލާ" ޒަމާން ދިޔައީ ކަމުގައި ގިނަ ބަޔަކަށް ހީވިޔަސް އެކަންވެސް އޮތީ ހަމަ ކުރިން ވެސް އޮތް ހާލުގައެވެ. ފޯނަށް 300 ރުފިޔާގެ ކްރިޑިޓް އަޅާލައިގެން ގެއަށް އައިސް ބަލާލާއިރު ޕެކޭޖު ނުނަގާތީއޭ ކިޔާފައި އޮޓަމެޓިކުން އެކާލާ ހުސްކޮށްލަން ބައިގަޑިއިރު ނުނަގައެވެ. މިއީ ކިތާބީ ހެއްކާއެކު ދަންނަވާ ހަގީގަތެވެ. މިކަމާ ޝަކުވާ ކުރުމުން ބުނަނީ ކްރިޑިޓް އަޅާފައި ޑޭޓާ ޕެކޭޖް ނުނަގާތީ އެޅި ލާރިކޮޅު އޮޓަމެޓިކުން ކާލާ ހުސްކޮށްލަނީ ކަމަށެވެ. މިއީ ކަނޑައެޅިގެން ބޮޑު ސިންގާ އޮޅުވާލުމެކެވެ. ރައްޔިތުންނަށް އޮޅުވާލައިގެން ރައްޔިތު މީހާ ފެލާލަނީއެވެ. ޕެކޭޖެއް ނުނަގަންޏާ ތިން ހަތަރު ސަތޭކަ ރުފިޔާގެ ކްރެޑިޓް ތިން ހަތަރު މެނެޓުގެ ތެރޭގައި ކައި ހުސްކޮށްލުމަކީ ހަމަ ބޮޑުވެގެންވާ ޖަރީމާއެކެވެ. އެކަން ވަގުތުން ވަގުތުން ހުއްޓާލަން ގޮވާލަމެވެ.
ޚިދުމަތް ތަކުގެ މޮޅުކަމާއި ދޭ ޚިދުމަތުގެ ހަލުއިކަމާއި މޮޅުކަމުގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީގައި ލިއުނު ނަމަވެސް ކަންއޮތީ ދިމާ އިދިކޮޅަށެވެ. އޫރީދޫއިން އިންޓަރނެޓް ޚިދުމަތް ނަގައިގެން އެޚިދުމަތް ކެނޑިގެން ނުވަތަ މައްސަލައެއް ޖެހިގެން ގުޅައި، ހަތަރެސްފައިގައި ހިފައި އެލި އާދޭސް މައްޗަށް އާދޭސް ދަންނަވާއިރު ވެސް އެވެރިން ކަހާތަން ހިރުވާވެސް ނުލައެވެ. ޚިދުމަތް ގަތީމާ އެނިމުނީއެވެ. ބިލުގެ މުއްދަތު ހަމަވާއިރު ފައިސާ ނުދައްކައިފިއްޔާ ވަގުތުން ޚިދުމަތް ކަނޑާލުން ނޫން ކަމެއް ދެން ނޯވެއެވެ. ދިމާވާ މައްސަލައެއް ހައްލު ނުވެގެން ޚިދުމަތް ނުލިބި ތިން ހަތަރު ދުވަސް ވާއިރު އާދޭސްކޮށްކޮށް އަނގައިގައި ގުއިރަހަލާއިރުވެސް މަށަށް ކިޔަނީ މަރިޔަނބުހޭ ވެސް އަހާނުލައެވެ. އަބަދުވެސް ބަލަނީ، މިބަލަނީ، ގައެވެ.
ދެން ދައުލަތުގެ ކަމާބެހޭ ވަޒީރު ގެންގޮސް ބޮޑު ފައިބަރު ކޭބަލް ގުޅާ 5ޖީ ޚިދުމަތް ތަޢާރަފު ކުރީމާ އެހެރީ މޮޅަށް ޚިދުމަތް ދެވިފައެވެ. ދެން ވަޒީރު މޮޅު ވާހަކަ ދައްކަވާފައި ރިބަންފަށް ކަނޑުއްވައިލީމާ އެނިމުނީއެވެ. އެހެރީ މޮޅު ޚިދުމަތް ދެވިފައެވެ.
ދެން ރައްޔިތުން ހަޅޭއްލަވަން ފެށީމާ ސިޔާސީ މީހުން ނުކުމެ އެވާހަކަ ކޮންމެވެސް ވަރަކަށް ދައްކާލަފާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު އެވާހަކަ ގޮވާފާނެއެވެ. އެކަމަކު ދާދި އަވަހަށް އެމީހުންގެ އަނގަތައް ބެދި އެވާހަކަ ހުއްޓި ދެއެވެ. އެކަން އެގޮތަށް ވާ ސަބަބުވެސް މީހުން ކިޔައި އުޅޭ ގޮތަށް ދަންނަވާލާނަމެވެ.
މީހުން ބުނެއުޅެނީ އެމީހުންގެ އަނގަތައް ބަންދު ކުރުމަށް ކުންފުނިތަކުން އެމީހުންނަށް ހަދިޔާތައް ފޮނުވަނީއެވެ. ބޮޑެތި ލުއިތައް ދެނީއެވެ. ބިލު ނުދައްކައި ކިތަންމެ ދުވަހަކު ތިއްބަސް އެމީހުންގެ ފޯނުތައް ކަނޑައެއް ނުލައެވެ. އީދު ރޯދައަށް އެމީހުންގެ ގެއަށް އަންނަ ހަދިޔާ ވަށިގަނޑުތަކެވެ. ބާޒާރަށް ނުކުންނަ އެންމެ ފަހުގެ ފޯނުތައް ޓެސްޓް ކުރުމުގެ ނަމުގައި އެމީހުންނަށް ހަދިޔާ ކުރުމެވެ. މިނޫންވެސް ފޮރުވިފައިވާ އެތައްއެތައް ކަންތައްތަކެކެވެ. މިދެންނެވީ އެންމެ ބޭފުޅުންގެ ވާހަކައެއް ނޫނެވެ. ހެއުނިޔަތުގައި ރައްޔިޔުންނާއެކު ތިބި ބަޔަކު ނެތެކޭ ނޫނެވެ.
ރައްޔިތުން އެކުންފުނި ތަކުގެ ޚިދުމަތުގެ ކަޑަކަމުންނާއި އަގުބޮޑުކަމުން ރުޅިގަދަވެ ކުދި ކިޔާލަ ކިޔާލަ ތިއްބާ ރައްޔިތުންގެ އަޑު ނާހާ ސަރުކާރުގެ މުއާސަލާތާ ބެހޭ ވަޒީރު ވަޑައިގެން މިއިންނަވަނީ އެކުންފުނިން ނޫސްތަކުގެ ފަލަސުރުޚީތަކަށް އަރާން ވެގެން ކުރާކަންކަން އިހުތިފާލު ކުރައްވާށެވެ. ފީތާ ކަނޑާލައްވައި އެމީހު ކަނޑާ ފޮނީގައި ބައިވެރިވެވަޑައިގަންނަވާށެވެ. މިހެންވީމާ އެމީހުން ރައްޔިތުން ފެލާ ފެލުމުގައި ވަޒީރުވެސް ބައިވެރިވަނީ ކަމުގައި ބެލެވޭނެ ޖާގަ އޮންނަނީއެވެ.
ބޮޑެތި ޖީ ތައް ތަޢާރަފުކޮށްގެން މޮޅު ނަންތައް ކިޔާފައި ޕެކޭޖްތައް ހަދައިގެން ރައްޔިތުން ފެލަންޏާ އެވާހަކަ ދައްކާނަމެވެ. އެކަން އެގޮތަށް ކުރާކަށް ޖާގައެއް ނުދޭނަމެވެ. ކޮވިޑްގެ ރޯގާ ބަލިމަޑުކަމުގައި ވެސް ރައްޔިތުންނަށް އެއްވެސް ލުއެއް ނުދީ، ނަމެއްގައި ލުއިދިން ކަމަށް ހަދައިގެން އަދިވެސް ރައްޔިތުން ފެލަނީއެވެ. އުރީދޫ ވިޔަސް އަދި ދިރާގު ވިޔަސް އެހިންގަނީ ހަމަ ޖަރީމާއެވެ. މިދަތި ދަނޑިވަޅުގައި ވެސް ބޮޑު ފައިދާ ހޯދުން ނޫން ނިޔަތެއް ނެތެވެ. އެޖަރީމާތައް ހުއްޓުވާން ބަޔަކު ތެދުވާން ޖެހޭ ނޫންތޯއެވެ.

ކިޔުންތެރިންގެ ހިޔާލު