އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން، ޓްރަމްޕް ޖޫނިއަރ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން، ޓްރަމްޕް ޖޫނިއަރ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓަރ ދާއިމަށް ބަންދު ކުރުމާއެކު ޓްރަމްޕް ގެ ދަރިކަލުން، ޓްރަމްޕް ޖޫނިއަރ ނުރުހުން ފާޅުކޮށް ޓްވީޓް ކޮށްފިއެވެ.

ޓްރަމްޕްގެ ޓްވިޓަރ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކޮށްފައިވަނީ ޓްރަމްޕްގެ ސަޕޯޓަރުން ނިކުމެ މުޒާހަރާކޮށް، އެމެރިކާގެ މަޖިލިސް ކުރާގެއަށް ވަދެ ހަމަނުޖެހުން ހިންގައި، އަނިޔާވެރިކަމާއެކު ކުރިމަތިލުންތަކެއް ކުރިއަށް ގެންގޮސްފައިވުމާއެކު، މިއަމަލުތައް ތަކުރާރުވުމުގެ ބިރު ހީވެފައިވުމުންނެވެ.

މިކަމާ ގުޅިގެން ޓްރަމްޕް ގެ ދަރިކަލުން، ޓްރަމްޕް ޖޫނިއަރ ނުރުހުން ފާޅުކޮށް ކޮށްފައިވާ ޓްވީޓްގައި އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚަމީނީގެ އިތުރުން އަނިޔާވެރިކަމަށް ބާރުއަޅާ ޚުދުމުޚުތާރު ވެރިންނާއި ޓްރަމްޕް އާއި އަޅާ ކިޔާފައިވެއެވެ.

"އާޔަތު ﷲ ފަދަ އަނިޔާވެރިކަމަށް ބާރުއަޅާ، އަނިޔާ ވެރިވުމަށް ބިރުދައްކައި، ގައުމުތައް ނައްތާލުމުގެ ބިރުދައްކައި، އެއްޖިންސުން ގުޅުން ހިންގާ މީހުން މަރަމުންދާ ޚުދުމުޚުތާރު ވެރިންނަށް ޓްވިޓަރ ބޭނުން ކުރެވޭ. ނަމަވެސް ދާއިމަށް ސަސްޕެންޑް މިވީ އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓަރ އެކައުންޓް." ޓްރަމްޕް ގެ ދަރިކަލުން، ޓްރަމްޕް ޖޫނިއަރގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ޓްރަމްޕް ޖޫނިއަރގެ ޓްވީޓްގައި އީރާނުގެ ސުޕްރީމް ލީޑަރގެ ނަން ފާހަގަ ކުރައްވާފައިވާއިރު، އީރާނުގެ ސުޕްރީމް ލީޑަރގެ ޓްވިޓަރ އިން އަނިޔާވެރިވުމަށް ބާރުއަޅައި ޓްވީޓް ކޮށްފައި ނުވާކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ. މީގެ އިތުުރުން ޓްރަމްޕް ޖޫނިއަރގެ ޓްވީޓްގައި ޚުދުމުޚުތާރު ވެރިންނާއި ޓްރަމްޕް އާއި އަޅާ ކިޔާފައިވުމުން، ޓްރަމްޕްގެ ދަރިކަލުންވެސް ޓްރަމްޕް އަކީ ޚުދުމުޚުތާރު ވެރިއެއްކަމަށް ގަބޫލު ކުރަނީތޯ ގިނަ ބަޔަކު ވަނީ މީސް މީޑިޔާގައި ސުވާލު އުފައްދާފައެވެ.

މީގެ އިތުރުންވެސް ޓްރަމްޕްގެ ޓްވިޓަރ ދާއިމަށް ސަސްޕެންޑް ކުރުމާއެކު ޓްރަމްޕްގެ ދަރިކަލުން ނުރުހުން ފާޅުކޮށް އެތަކެއް ޓްވީޓެއް މިހާތަނަށް ކޮށްފައިވާއިރު، ޓްރަމްޕް ޖޫނިއަރ ވަނީ 1984 ވަަނަ އަހަރާއި އަޅާކިޔާ، އެމެރިކާގައި ވާހަކަ ދެއްކުމުގެ މިނިވަންކަމެއް މިހާރަކު ނެތްކަމަށް ޓްވީޓް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން