އެކްޒިއޮމް ސްޕޭސް ކުންފުނިން ޖައްވުގައި ކޮމާޝަލް ސްޕޭސް ސްޓޭޝަނެއް އުފައްދައި ފުރަތަމަ ފަހަރަށް ޖައްވުގައި ހޮޓަލެއް ހުޅުވުމަށް ނިންމައިފިއެވެ.
މިގޮތުން ޖައްވުގައި ހަދާ ހޮޓާ، 2024 ވަނަ އަހަރު ހުޅުވޭނެކަމަށް އެކްޒިއޮމް ސްޕޭސް ކުންފުނިން ވަނީ ލަފާކޮށްފައެވެ.
އެކްޒިއޮމް ސްޕޭސް ކުންފުނިން ހާމަކޮށްފައިވާގޮތުން ޖައްވުގައި ހޮޓަލެއް ހެދުމަށް ތައްޔާރުކުރެވިފައިވާ ކޮމާޝަލް ސްޕޭސް ސްޓޭޝަން، މިހާރުގެ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނާ ގުޅުވައިލެވޭނެއެވެ. އަދި މި ކޮމާޝަލް ސްޓޭޝަން ތައްޔާރު ކުރެވިފައިވަނީ ކްރޫ އިން ލައިގެން ހިންގާ ގޮތަށެވެ.
ޖައްވުގައި ހޮޓަލެއް ހެދުމަށް ތައްޔާރުކޮށްފައިވާ ފުރަތަމަ ކޮމާޝަލް ސްޕޭސް ސްޓޭޝަން 2024 ވަނަ އަހަރު ހުޅުވައިލުމާއެކު، ޖެހިގެން އަންނަ އަހަރު ހަމަމިފަދަ އިތުރު ދެ ކޮމާޝަލް ސްޕޭސް ސްޓޭޝަން ވުޖޫދަށް ގެނައުމަށް އެކްޒިއޮމް ސްޕޭސް ކުންފުނިން ވަނީ ނިންމާފައެވެ.
ޖައްވުގައި ތައްޔާރުކުރެވޭ މިހޮޓަލުގައި ޗުއްޓީ ހޭދަކޮށްލުމަށް މީހެއްގެ މައްޗަށް 55 މިލިއަން ޑޮލަރު އަރާފާނެކަމަށް ގިނަބަޔަކު ވަނީ ލަފާ ކޮށްފައެވެ. ނަމަވެސް މިހޮޓަލުގައި ޗުއްޓީހޭދަކޮށްލުމަަށް ހޭދަވާނެ ހަރަދާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް އަދި އެކްޒިއޮމް ސްޕޭސް ކުންފުނިން ހާމަކޮށްފައެއްނުވެއެވެ.
އެކްސް ސްޓޭޝަންގެ ނަމުން ނަންދެވިފައިވާ މިކޮމާޝަލް ސްޕޭސް ސްޓޭޝަން މެދުވެރިކޮށް ޖައްވުގައި ހުޅުވާލެވޭ ހޮޓަލަކީ ލަގްޒަރީ ފެންވަރަށް ތައްޔާރު ކުރެވިފައިވާނެ ހޮޓަލަކަށް ވާނެކަމަށް އެކްޒިއޮމް ސްޕޭސް ކުންފުނިން ވަނީ ހާމަކޮށްފައެވެ. އަދި މި ޖައްވީ ހޮޓާ ޓެސްޓު ކުރުމަށް މިއަހަރު ވަނީ ކަނޑައަޅާފައެވެ. މިގޮތުން ނާސާގެ ދެ އެސްޓްރޮނައުޓުންނާއިއެކު ދެ ފަތުރުވެރިއަކު ޖައްވީ ހޮޓާ ތަޖުރިބާ ކޮށްލުމަށް މިއަހަރު ފަހުކޮޅު ދާނެކަމަށް އެކްޒިއޮމް ސްޕޭސް ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު