އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން އޮންނަ ކަނބާ އައިސަރަނި ހިނގުމުގައި ދެން ފެން ބޮޑުވެފައި
އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން އޮންނަ ކަނބާ އައިސަރަނި ހިނގުމުގައި ދެން ފެން ބޮޑުވެފައި
މާލެއަށް ބޯކޮށް ވާރޭ ވެހުނަސް އަލުން ތަރައްގީކުރި ކަނބާ އައިސަރަނި ހިނގުމުގައި ދެން ފެން ބޮޑުނުވާނެ ކަމަށް އެމަގު ހެދުމުގެ މަސައްކަތް ކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނާއި މާލޭ ސިޓީ ކައުންސިލުން ބުނަމުން ގެންދަނިކޮށް އެމަގުގައި ފެންބޮޑުވެއްޖެއެވެ.

ކަނބާ އައިސަރަނި ހިނގުމަކީ މާލޭގެ މަގުތައް އަލުން ތަރައްގީކުރުމަށް ސަރުކާރުން ފެށި ބޮޑު މަޝްރޫއުގެ ދަށުން ފުރަތަމަ މި ސަރުކާރުން ހަދާ ނިންމި މަގެވެ. މިމަގު އާއްމުންނަށް ހުޅުވާލީ މިއަހަރުއެވެ. މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި އެމަގުގައި އިއްޔެ ފެންބޮޑު ނުވުމުން މަގުގެ ފޮޓޯ ތަކާއެކު ސިޓީ ކައުންސިލުންނާއި އެމްޑީޕީގެ އެންމެ އިސް ވެރިންވެސް ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި އެ މަގުގެ ފޮޓޯތައް ހިއްސާކޮށް މިސަރުކާރުން "މުއިއްޒު ނުވާގޮތަށް" މަގެއް ހެދުމުގެ އުފާފާޅުކޮށް "މުޅި މީސް މީޑިއާގައި ފޮނި ބުރުވާ" ފައެވެ.

އިއްޔެ އެ މަގުގައި ފެންބޮޑުވެފައި ނުވި ނަމަވެސް މިއަދު ކުރި ވިއްސާރައިގައި އެމަގުގައި ފެންބޮޑުވެފައިވާކަން "ރަސް އޮންލައިން"އަށް ވަނީ ކަށަވަރުވެފައެވެ.

އެސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނީ އެ މަގުގައި އިއްޔެ ވެސް ކޮންމެވެސް ވަރަކަށް ފެން ގަނޑު ހެދުނު ކަމަށެވެ. ނަމަވެސް، އިއްޔެއާ ޚިލާފަށް މިއަދު މުޅި މަގުގައި ފެންބޮޑުވެފައި ވާ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ 26ގައި މާލެ ސިޓީ ކައުންސިލުން ފެށި މާލޭގެ މަގުތައް އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުއަށް 462 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ކިރިޔާ ވެސް ވާރޭ ފޮދެއް ވެހިލާ އިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ އަދިވެސް ހައްލު ނުކުރެވި އޮތް ބޮޑު މައްސަލައެކެވެ.

ސިޓީ ކައުންސިލުން މިފަދަ ވާހަކަތަކެއް މީސް މީޑިއާގައި ހާމަކުރުމާއެކު ގިނަ ބަޔަކު ވަނީ ސިޓީ ކައުސިލަށް ވެސް ފާޑުކިޔާފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލަކީ ފެއިލްވެފައިވާ ތަނެއް ކަމަށާއި ކަމެއް ކުރިއަސް މިހާތަނަށް ވެސް ފެންމަތިވެފައިވަނީ ކޮރަޕްޝަނާއި ވައްކަން ކަމުގައި ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޒިދާންގެ ފޭނެއް

16-Jan-2021

ބައްޔެއް ބްރޯ. ހަހަހަ.



ޓްރެންޑިން