ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން އެ ސިޓީގެ ހުޅަނގު ފަރާތުގައިވާ ހަތަރު ނެރު ބަންދުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މި ކަމަށް އެދި ފޮނުވާފައިވާ ސިޓީ ކަމަށް ބުނެ ދައުރުވާ ސިޓީގެ ސައްހަކަން "ރަސް އޮންލައިން" އަށް އެ ކައުންސިލްގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ.
މި ގޮތުން، ފުވައްމުލަކު ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކަމަށް އެދި ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ރަށުގެ ނެރުތަކުގެ ސަބަބުން ގިނަ އަދަދަކަށް ވެއްޔާއި ގާ ބޭރުވަމުންދާ ކަމަށެވެ.
"މިކަން ހައްލުކޮށް ރަށްގިރުން ކުޑަކުރުމަށްޓަކައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފޭސް 2011 ވަނަ އަހަރު ވަނީ ފެށިފަ އެވެ. މި ޕްރޮގްރާމުގެ ދަށުން އެރަށުގެ އިރުމަތީ ފަރާތުގެ ހަތަރު ނެރު ވަނީ ބަންދުކުރެވިފަ އެވެ. އަދި އެކަމުގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ރަސްގެފަންނު ސަރަހައްދަށް ބަލާލުމުން ފާހަގަކުރެވެ އެވެ." އެ ސިޓީގައި ލިޔެފައި ވެއެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ މި ވަގުތު ވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޮޑު ޕްރޮޖެކްޓެއް އެ ރަށުގައި ކުރިއަށްދާ ކަމަށާއި މި ދުވަސްވަރު ނެރުތައް ބައްދާލެވޭ ނަމަ ހަރަދު ކުޑަވާނެ ކަމަށެވެ.
މީގެ އިތުރުން، އެމްޓީސީސީގެ އެކި މަޝްރޫއުތަކަށް ބޮޑު ހިލަ ރާއްޖޭގައި ގިނަވެފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަކަށް ވާތީ، މި ދުވަސްވަރު މި މަސައްކަތް ކުރުމުން ހަރަދު ކުޑަކޮށް، ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
އެހެންކަމުން އެ ކައުންސިލުން އެދިފައި ވަނީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ދެވަނަ ފޭސްގެ ގޮތުގައި އެ ރަށު ހުޅަނގު ފަރާތުގެ ހަތަރު ނެރު ބަންދުކޮށްދިނުމަށެވެ.
މީސްމީޑިޔާގައި މި ސިޓީ ދައުރުވަމުންދާއިރު އިދިކޮޅުފަރާތްތަކުން ދަނީ މި ސިޓީ ފޮނުވުމުގެ އަސްލު މަގުސަދު އޮޅުވާލުމަށް އެކިއެކި ވާހަކަތައް ދައްކަމުންނެވެ.
އެ ގޮތުން، ނެރުތަައް ބަންދުކުރުމާއި އެ ސަރަހައްދު މޫދުގައި ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކާ ވެސް އެމީހުން ދަނީ ގުޅުވަމުންނެވެ.
ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ކުދިންތަކެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެ ރަށު އުމުރުން 17 އަހަރުގެ އަހްމަދު ފައުޒާން މިދިޔަ ހަފްތާގައި ވަނީ މަރުވެފަ އެވެ.
ފަހުގެ ތާރީހުގައި ފުވައްމުލަކުގައި މޫދަށް 25 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވެއެވެ. ފައުޒާންގެ މަރާއެކު ފުވައްމުލަކުގައި މީހުން މޫދަށް އެރި އުޅޭ ހިސާބުތައް ރައްކާތެރި ކުރެވޭނެ ގޮތްތައް ހެދުމަށް އެކި ފަރާތްތަކުން ގޮވާލަން ފެށި އެވެ.
އެކަމަކު ކައުންސިލުން ކަށަވަރުކޮށްދިން ގޮތުގައި ނެރު ބެއްދުމާއި މި ހާދިސާތަކާ އެއްވެސް ގުޅުމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު