ކޮރޯނާ ވައިރަހުން ދިފާޢުވުމަށްދޭ ވެކްސިން މިމަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށް ސަރުކާރުން ބުނާއިރު ރާއްޖެއަށް ގެންނަނީ ކޮން ކުންފުންޏެއްގެ އުފެއްދުމެއް ތޯއާއި އެ ވެކްސިން ރައްކާކުރެވޭނެ ނިޒާމު ރާއްޖޭގައި ގާއިމުވެފައި އެބަހުރިތޯ ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ސަރުކާރަށް ވަރުގަދަ ސުވާލު ތަކެއް އަމާޒު ކުރަށްވައިފިއެވެ.
ސަރުކާރުގެ އެކި މަސްދަރު ތަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނަމުން ދަނީ ކޯވިޑްގެ ދިފާއީ ވެކްސިން މިމަހުގެ ފަހު ކޮޅު ރާއްޖެއަށް ލިބޭނެ ކަމަށެވެ. މިކަމާބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިއްޔެވެސް "ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މިމަހު ވެސް ވެކްސިން ލިބޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ވެކްސިން ލިބޭނެ ތާރީޚެއް ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެފައެއް ނުވެއެވެ.
މިހާރު ދުނިޔޭގެ ބާޒަށް ނެރެ އާންމުކޮށް ބޭނުން ކުރަން ފަށާފައިވާ ފައިޒާގެ ވެކްސިނަކީ 70 ޑިގްރީ ސެލްސިއަސްގެ ފިނިކަމުގައި ރައްކާކުރެވޭ ވެކްސިނެއް ކަމުގައި ވާތީ މިސަރަހައްދުގެ ބައެއް ގައުމުތަކުން އެވެކްސިން ރައްކާކޮށް ގެންގުޅުމުގައި ގޮންޖެހުން ތަކެއް ހުރިކަމަށް ބުނާ މައްސަލައަށް ޢިޝާރާތް ކުރަށްވަމުން އާދަމް ޝަރީފް ވަނީ ކޮވިޑް ވެކްސިން އެ ފިނިހޫނު މިނުގައި ރައްކާކޮށް ރަށްތަކަށް އުފުލުމުގެ ގާބިލުކަން ގާއިމު ވެފައި އެބަހުރިތޯ ސާފު ކުރެއްވުމަށް ވެސް ސުވާލު ކުރަށްވާފައެވެ.
"މިމަހުގެ ގެންނަނީ ކޮން ކޮމްޕެނީއަކުން އުފައްދާފައިވާ ވެކްސިނެއްތޯ؟ ވެކްސިން ސްޓޯކޮށް އުފުލާނެ ވަސީލަތް ރެޑީތޯ؟" އާދަމް ޝަރީފް ސުވާލު ކުރަށްވާފައި ވެއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އިތުބާރު ކުރެވޭ ވެކްސިނެއް އަވަހަށް ގެނަސް ހުރިހާ ރައްޔިތުންނަށް އެވެކްސިން ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރަން ޖެހޭނެ ކަމަށެވެ. އަދި ވެކްސިން ޖެހުމާއި ގުޅޭ ގޮތުން އެކަށޭނަ ޕްލޭނެއް ދުރާލާ ރޭވުން މުހިންމު ކަމުގައި ވެސް އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ ވެކްސިން ރާއްޖެއަށް ގެންނަން ވާއިރަށް ވެކްސިން ދިނުމުގައި މުހިންމުކަން ދޭނެ މީހުން ދެނެގަތުމަށް މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން މިމަހު ބުނެފައިވަނީ ސިންގަޕޫރުގެ ބޭސްއުފައްދާ ކުންފުންޏަކާއެކު ކޮވިޑް ވެކްސިން ގަތުމަށް ސަރުކާރުން އެއްބަސް ވުމެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެކަމާ ބެހޭ އިތުރު ތަފުސީލު ތަކެއް ދެއްވާފައެއް ނުވެއެވެ.
ރައީސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވެސް ވިދާޅުވީ އެކުވެރި ދައުލަތެއްގެ އެހީގައި މިމަހު ވެސް ވެކްސިންގެ ކޮންމެވެސް މިންވަރެއް ލިބޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އެކަމާއި ބެހޭ އިތުރު ތަފުސީލެއް އޭނާ ވެސް ހާމަކުރަށްވާފައެއް ނުވެއެވެ. ނަމަވެސް މަބްރޫކް ވިދާޅުވީ 70 ޑިގްރީގައި ވެކްސިން ސްޓޯ ކުރެވޭނެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށެވެ.

Mi mahu gennanee kon company akun ufadhdhaafaivaa COVID vaccine eh thoa? Vaccine store koh rahrashah ufulaane vaseelaiy readythoa?
— Adam Shareef Umar (@Adamshareefz) January 13, 2021
Ithubaaru kurevey vaccine eh hurihaa rayyithunnah avahah libeyne gothakah, vaccinating plan akaaeku ekasheyna inthizaameh dhuraalaa reyvun muhinmu.
އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ ވެކްސިން ރާއްޖެއަށް ގެންނަން ވާއިރަށް ވެކްސިން ދިނުމުގައި މުހިންމުކަން ދޭނެ މީހުން ދެނެގަތުމަށް މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން މިމަހު ބުނެފައިވަނީ ސިންގަޕޫރުގެ ބޭސްއުފައްދާ ކުންފުންޏަކާއެކު ކޮވިޑް ވެކްސިން ގަތުމަށް ސަރުކާރުން އެއްބަސް ވުމެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެކަމާ ބެހޭ އިތުރު ތަފުސީލު ތަކެއް ދެއްވާފައެއް ނުވެއެވެ.
ރައީސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވެސް ވިދާޅުވީ އެކުވެރި ދައުލަތެއްގެ އެހީގައި މިމަހު ވެސް ވެކްސިންގެ ކޮންމެވެސް މިންވަރެއް ލިބޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އެކަމާއި ބެހޭ އިތުރު ތަފުސީލެއް އޭނާ ވެސް ހާމަކުރަށްވާފައެއް ނުވެއެވެ. ނަމަވެސް މަބްރޫކް ވިދާޅުވީ 70 ޑިގްރީގައި ވެކްސިން ސްޓޯ ކުރެވޭނެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު