އެމެރިކާގެ ހައުސްގެ ރައީސާ ނޭންސީ ޕެލޯސީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނާއިބް ރައީސް މައިކް ޕެންސް.
އެމެރިކާގެ ހައުސްގެ ރައީސާ ނޭންސީ ޕެލޯސީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނާއިބް ރައީސް މައިކް ޕެންސް.
އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ އެމެރިކާގެ ހައުސް އިން، ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް ވަކިކުރުމަށް ގާނޫނު އަސާސީގެ 25 ވަނަ މާއްދާގެ ދަށުން ގަރާރެއް ފާސްކޮށްފިއެވެ.

މީގެ ކުރިން އެމެރިކާގެ ހައުސްގެ ރައީސާ ނޭންސީ ޕެލޯސީ ވަނީ ގާނޫނު އަސާސީގެ 25ވަނަ މާއްދާގެ ދަށުން އެމެރިކާގައި މިހާރު ހުންނެވި ރައީސް، ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިކޮށްދިނުމަށް އެމެރިކާގެ މިހާރުގެ ނާއިބް ރައީސް މައިކް ޕެންސް އަރިހުން އެދިވަޑައިގެންފައެވެ.

ނޭންސީ ޕެލޯސީ މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށް ރިއާޔަތް ކުރަށްވައެވެ. 

އެމެރިކާގެ ހައުސް އިން ފާސްކޮށްފައިވާ ގަރާރާއެކު އެމެރިކާގެ ރައީސްގެ މަގާމުން ޓްރަމްޕް ވަކިކުރުމަށް ކުރަން ޖެހޭ މަސައްކަތާ ހަވާލު ވާން ޖެހެނީ އެމެރިކާގެ ނާއިބް ރައީސް މައިކް ޕެންސް އަދި މިނިސްޓަރުންގެ ކެބިނެޓަށެވެ. ނަމަވެސް އެމެރިކާގެ ނާއިބް ރައީސް ވަނީ އެމެރިކާގެ ރައީސްގެ މަގާމުން ޓްރަމްޕް ވަކިކުރުމަށް ދެކޮޅުހައްދަވާފައެވެ.

ގާނޫނުގެ ބޭނުންކޮށް، އެމެރިކާގެ ރައީސްގެ މަގާމުން ޓްރަމްޕް ބޭރުކުރުމާ ބެހޭގޮތުން މައިކް ޕެންސް ދެކޮޅުހެއްދެވިނަމަވެސް، އެމެރިކާގެ ހައުސްގައި ހިމެނޭ ރެޕަބްލިކަން ޕާޓީގެ މެމްބަރުންވެސް ވަނީ ގަރާރު ފާސްކުރުމަށް ވޯޓުދެއްވާފައެވެ. މިއާއެކު ގިނަ ބަޔަކު ދެކެނީ ޓްރަމްޕް ނިސްބަތްވާ ޕާޓީގެ މެމްބަރުންނާއި، އެޕާޓީއަށް ނިސްބަތްވާ ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންވެސް އެމެރިކާގެ ރައީސްގެ މަގާމުން ޓްރަމްޕް ބޭރުކުރުމަށް އެއްބަސްވެފައިވާކަމެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ވަދެގަނެ ހަމަނުޖެހުން ހިންގާފައިވަނީ ކޮންގްރެސްއިން އެމެރިކާގެ އިލެކްޝަނުން ބައިޑަންގެ ކާމިޔާބީ ބަލައިގަނެ އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑަން ހޮވިވަޑައިގެންނެވި ކަމަށް ނިންމާ ދުވަހާ ގުޅުވައިގެންނެވެ. އަދި މިގޮތައް ހަމަނުޖެހުން ހިންގުމަށް ޓްރަމްޕް ވަނީ ޓްރަމްޕްގެ މީސްމީޑިޔާ އެކައުންޓްތައް މެދުވެރިކޮށް ޓްރަމްޕްގެ ސަޕޯޓަރުންގެ އަމަލުތަކަށް ހިތްވަރު ދެއްވާފައެވެ.

މިހާދިސާގައި ފަސް މީހަކު މަރުވެފައިވާއިރު މިހާދިސާ އާއި ގުޅިގެން އެމެރިކާގެ ހައުސްގެ ރައީސާ ނޭންސީ ޕެލޯސީ ވަނީ ޓްރަމްޕް އަކީ ނުރައްކާތެރި މީހެއްކަމަށް ސިފަކުރައްވާ، ވަގުތުން ވަގުތަށް އެމެރިކާގެ ރައީސްކަމުން ޓްރަމްޕް ބޭރުކުރުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން