އޮބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓު
އޮބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓު
އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން 32 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްއީއޯސީން ހާމަކޮށްފިއެވެ.

އެޗްއީއޯސީން ބުނީ މިއަދު ޕޮޒިޓިވްވި 59 މީހުންގެ ތެރެއިން 27 މީހުން ޕޮސިޓިވް ވެފައިވަނީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ކަމަށެވެ. އެ ރިސޯޓުން ޕޮޒިޓިވްވެފައިވާ އެންމެންނަކީވެސް އެ ރިސޯޓުގެ މުވައްޒަފުންނެވެ.

އެ ރިސޯޓުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި އައި އެ ރިސޯޓުގެ ބިދޭސީ މުވައްޒަފެކެވެ. އޭގެ ފަހުން ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރި ހަތަރު މުވައްޒަފަކު މިދިޔަ ހޯމަ ދުވަހު ވަނީ ޕޮޒިޓިވްވެފައެވެ.

އަދި އިތުރު މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުގައި އިއްޔެ ރެންޑަމް ސާމްޕަލްގެ ގޮތުގައި 98 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 19 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށާއި، އަދި މިއަދު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަށް މުވައްޒަފަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އެޗްޕީއޭ އިން ބުނީ އެރިސޯޓުން މިހާތަނަށް 32 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފަހަކަށްއައިސް ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން 20 މީހަކު ޕޮޒިޓިވްވެފައެވެ. އެ ރިސޯޓުން މިހާތަނަށް 24 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިީގެ އިތުރުން ބިޔާދޫ އައިލެންޑް ރިސޯޓުގެ 53 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،277 އަށް އަރާފައެވެ. އަދި އޮޕަރޭޝަނަލް ރިސޯޓް ތަކުގައި ކޯވިޑް-19 އަށް ޕޮޒިޓިވް 152 މީހުން މިވަގުތު އެބަ ތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން