އަހުމަދު ޔާމިން   22 އޭޕްރީލު 2020 - 19:8
ބަންގްްކަދޭޝްގެެ ހަދިޔާއާއި ސަރުކާރުން ހަވާލުވަނީ
ބަންގްްކަދޭޝްގެެ ހަދިޔާއާއި ސަރުކާރުން ހަވާލުވަނީ
ބަންގްލަދޭޝް އިން ހަދިޔާކުރި 100 މެޓްރިކް ޓަނުގެ ސިއްޙީ ސާމާނާއި، ކާބޯތަކެތި ދިވެހި ސަރުކާރާ ޙަވާލުކޮށްފިއެވެ.

މިގޮތުން އެހީގެ ގޮތުގައި އެޤައުމުން ފޮނުވި ތަކެތީގެ ތެރޭގައި ބޭހާއި ކާބޯތަކެތި އަދި މެޑިކަލް ސާމާނު ހިމެނެއެވެ. މި ތަކެތި ރާއްޖެއަށް ގެނެސްފައިވަނީ އެގައުމުގެ ކަނޑުގެ ސިފައިންގެ މަނަވަރެއްގައެވެ.

މިތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ އަދި ސިފައިންގެ ވެރިންނާއި ބަންގްލަދޭޝް އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ، މިނާޒުކު ދަނޑިވަޅުގައި ބަންގްލަދޭޝްއިން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާއި، ހާރިޖީ ވަޒީރު އޭ.ކޭ އަބްދުލް މޮމެންގެ އިތުރުން ބަންގްލަދޭޝް ނޭވީއަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ކޯވިޑް-19 އާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގައި ބަންގްލަދޭޝް ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތެއް ދިވެހި ސަރުކާރުން ނުކުރާނެކަމަށް ވިދާޅުވެ، ބަލިޖެހިގެން ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައިވެސް އެއްވެސް ތަފާތުކުރުމެއް ދިވެހި ސަރުކާރުން ނުގެންގުޅޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެއަށް ބަންގްލަދޭޝްއިން ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ މުހައްމަދު ނަޒްމުލް ހަސަން ވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ހާލަތު ބަލަމުންދާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ބަންގްލަދޭޝްގެ އެހީ އާއި ގުޅޭގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި 20،000 ޕީޕީއީ ސެޓާއި 960 އައި ޕްރޮޓެކްޝަން ގޮގްލްސް އަދި 5000 ޕީސް ހޭންޑް ސެނިޓައިޒާ ހިމެނޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން