އެމެރިކާގެ ޓެކްސަސްގައި އޮންލައިންކޮށް ކުރިއަށްގެންދިޔަ ކޯޓު އަޑުއެހުމެއްގައި އޮޅިގެން ލެވުނު ފިލްޓަރއެއްގެ ސަބަބުން ވަކީލު ބުޅަލެއްގެ ސިފައިގައި ފެނިއްޖެއެވެ.
ކޮވިޑުގެ ބަލިމަޑުކަމާއެކީ އެކި ގައުމުތަކުގައި އެޅުނު ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން އޮންލައިންކޮށް ގޭގައި ތިބެގެން ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައެވެ. މިގޮތުން ގިނަ ގައުމުތަކުގެ ކޯޓު އަޑުއެހުންތައްވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އަދި އާކަމަކަށް ހޭނެން ޖެހިފައިވުމުން މަދުންނަމަވެސް ޓެކްނިކަލް އެރާތައް އެރުމަކީ އެކަށީގެންވާކަމެކެވެ.
މިފަހަރުވެސް އެރީ ޓެކްނިކަލް އެރާއެކެވެ. މިފަހަރު އެރި ޓެކްނިކަލް އެރާއަށް ގިނަބައެއްގެ ސަމާލުކަން ލިބުނީ ލައިވްކޮށް އާންމުކޮށް ދައްކަމުންދިޔަ މަންޒަރަކަށް ވީމައެވެ. މިގޮތުން ލައިވްކޮށް ކުރިއަށްގެންދެވުނު އެމެރިކާގެ ޓެކްސަސްގެ އޮންލައިން ކޯޓު އަޑުއެހުމުގައި ބައިވެރިވި ވަކީލަށް ދިމާވި ޓެކްނިކަލް މައްސަލައަކާއިހުރެ އޭނާގެ މޫނު ނިވާވާގޮތަށް ލެވިފައި ވަނީ ބުޅަލެކެވެ.
އަދި ވަކީލުގެ ސަމާލުކަމަށް މިކަންގެނެވުނުނަމަވެސް ޓެކްނިކަލް މައްސަލަ ހައްލުކުރެވެންނެތް ކަމަށް ވަކީލު ބުނެފައިވެއެވެ. މިކަމާއި ގުޅިގެން ދައުރުވަމުންދާ ވީޑިޔޯގައި ބުޅަލެއްގެ ފިލްޓަރ އިނަސް ތިމައްނާމިއީ ބުޅަލެއް ނޫންކަމަށް ވަކީލު ބުނާއަޑުވެސްއިވެއެވެ. ނަމަވެސް ގާޒީގެ އެހީތެރިކަމާއެކު ޓެކްނިކަލް މައްސަލަ ހައްލުކޮށް ކޯޓުގެ އަޑުއެހުން ކުރިއަށް ގެންދިޔައީއެވެ.
މިހާދިސާ ހިނގާދިޔަފަހުން މިކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން ކޯޓުއަޑުއެހުމުގައި ބައިވެރިވި އިސްގާޒީ ބުނެފައިވަނީ އެފަދަ ކަމެއް މެދުވެރިވާން ދިމާވީ ކުޑަކުއްޖަކު ލެޕްޓޮޕް ބޭނުންކުރުމަށްފަހު އިތުރަށް ޗެކްކޮށްނުލާ އެލެޕްޓޮޕް ކޯޓުއަޑުއެހުމުގެ ޒޫމް ސެޝަންގައި ބޭނުންކުރެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު