މާލެެ ލޮކްޑައުން ހާލަތުގައި- ހަލަބޮލި މާލެގެ ހުރިހާ ހަރަކާތެއް ވަނީ ހުއްޓިފައި
މާލެެ ލޮކްޑައުން ހާލަތުގައި- ހަލަބޮލި މާލެގެ ހުރިހާ ހަރަކާތެއް ވަނީ ހުއްޓިފައި
މާލޭ ބާޒާރުގައި މުދަލުގެ އަގު ބޮޑު ވުމަކީ ހަމަ ކޮންމެ ރަމަޟާން މަހަކާއި ވިދިގެން ހިނގާ ކަމެކެވެ. މާބޮޑު ހައްލެއް ހޯދިފައިވެސް ވާކަމެއް ނޫނެވެ. ދެން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދެނީ އެސްޓީއޯގެ ތެރެއިން ނެވެ. ބާޒާރުގައި ނުވަތަ ފިހާރަތަކުގައި ޒަރޫރީ މުދާ އަގުބޮޑުވެ އާންމުންނަށް ދަތިވާތީ ސަރުކާރުން ކޮންމެ އަހަރަކުން ވެސް ކުރާ ކަމަކީ އެސްޓީއޯއިން އެބާވަތްތައް ގެނަސްގެން އަގު ހެޔޮކޮށް އާންމު ރައްޔިތުންނަށް ވިއްކައިގެން މައްސަލައަށް ހައްލު ހޯދައި ދިނުމެވެ.

މިއަހަރުގެ ރަމަޟާން މަހާއި ދިވެހި ރައްޔިތުން ކުރިމަތީލީވެސް ދިރިއުޅުމުގެ ހާލަތު ވަރަށް ދަށްވެފައި ވަނިކޮށެވެ. ކޯވިޑް-19 ގެ ސަބަބުން މުޅި ޤައުމުގެ އިޤްތިޞާދު ހުއްޓި ރައްޔިތުންގެ އާމްދަނީ ހުއްޓި ވިޔަފާރިތައް ހުއްޓި މުޅި ޤައުމު ބަންދުވެފައި ވަނިކޮށެވެ. އަދި ރޯގާބަލިމަޑުކަމާއި ހެދި ރައްޔިތުންވެސް މި ރޯދަމަސް އައިއިރު ތިބެން ޖެހިފައި މިވަނީ ގޭބަންދުގައެވެ. އަމިއްލަ ނަފުސާއި އާއިލާއާއި މުޅި މުޖުތަމަޢުގެ ރައްކަލަކަށެވެ. ސިއްހީ ނިޒާމަށް ސަކޭގާ ވާވަރުވޭތޯއެވެ.

ކޮންމެއަކަސް މިއަދު މިނިމުނީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ރޯދައެވެ. ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފިހާރަތަކަށް އޯޑަރުކޮށްގެންނާ ފާސް ލިބުނިއްޔާ ނުކުމެލައިގެން ވެސް ކާބޯތަކެތި ގަނެގެން ރޯދި ކުރެއްވި މިންވަރަކުން ރޯފިލުވައިގެން ކެއިންބުމުގެ ކަންކަން ހަމަޖައްސާލައިގެން ރައްޔިތުން އުޅެމުންދާއިރު ބައެއް ފިހާރަތަކުން މިއަހަރުވެ އެއްކަލަ ސަކަރާތް އެބަ ޖަހައެވެ. ރޯދަމަސް އައުމުގެ ކުރިން ފިހާރައިގައި ވިއްކަން ހުރި އަގުގެ ދެގުނަ ތިންގުނަ ޖައްސާލައިގެން ބައެއް ބާވަތްތައް ވިއްކާ މައްސަލަ ބައެއް މީހުން ދަނީ މީސް މީޑިއާގައިވެސް ހިއްސާ ކުރަމުންނެވެ.

ޤައުމު ލޮކްޑައުންއަށް ދިޔައީ އެއްވެސް މީހަކު އެކަމަށް ތައްޔާރުވެފައި ވަނިކޮށެއް ނޫނެވެ. އަދި ލޮކްޑައުންއާއެކު ކަންމަތީ ފިހާރަތަކަށް މުދާ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތި ވުމުގެ އިތުރުން ރޯދަމަސް އައިއިރު މާރުކޭޓްތައް ސާފުކޮށް ބަންދުކޮށްލާފައި އޮތުމާއި އަތޮޅުތެރެއިންވެސް މުދާ ގެނައުމުގައި ދަތިތަކެއް ހުރުމުން މިއަދު ކޮންމެ ކަމެއްވެސް ކުރިއަށް ގެންދާން ޖެހިފައި މިވަނީ "އެހެން އާދައިގެ" ގޮތްތަކެއްގެ މަތީންނެވެ. އަނަގައާއި ނޭފަތް ނިވާކޮށްގެންނެވެ. ބޭރަށް ނުކުމެއްޖެއްޔާ ފުރަތަމަ ޖެހެނީ އެނބުރި އައިސް އެބުނާ ވައިރަހެއް ފިލާދާން ދެން އަތް ދޮންނާށެވެ. އެއަށް ފަހު ފެންވަރާށެވެ. ގޭގައި ވެސް ބޭރުގައިވެސް ގައިދުރުކޮށްގެން އެކަކު އަނެކަކާ ސަލާން ނުކޮށް އުޅުން ނޫން ފަރުވާއެއް ނެތެވެ.

މިފަދަ ދަތި ހާލުގައި މިއަދު އެންމެންވެސް މިރޯދަމަހާއި ކުރިމަތިލީއިރު އަދި ވެސް މިކަމާ އެއްވެސް ވަރަކަށް ވިސްނާ ނުލާ، މިދަނޑިވަޅުގައިވެސް ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ކުރުމަކީ ތަންފުކެއް ބޮޑުވަރެކެވެ. އިއްޔެ 25 ރުފިޔާއަށް ވިއްކި ބިސްކޯދު ޕެކެޓް މިއަދު 45 ރުފިޔާއަށް ވިއްކީމާ އެއަށް ދެން ރައްޔިތުން ފެލުމޭ ނޫން ކިޔޭނެ އެހެން އެއްޗެއް ނެތެވެ.



އެވިދާޅުވީ ހަމަ ތެދެކެވެ. "ބަލިމަޑުކަމެއް އައިސް މިހާ ނުރައްކާތެރި ހިސާބަކަށް ޤައުމުގެ ހާލަތު ގޮސް ރަމަޟާން ރޯދަމަހެއް އައިސް ބޯމަތިވީމާ މިހެން ފެލާލީމާ ވަރަށް ސަވާބު ލިބޭނެ." މިހެން ދިމާއަށް ބުނެ އެކަން ރިޕޯޓް ކުރަން އޮންނަ އުސޫލުން ރިޕޯޓްކޮށް ހަދާން ކެރޭނީ ވަރަށް މަދު ބަޔަކަށެވެ. ގިނަ މީހުން އެކަން އެގޮތަށް ނުކުރަނީ މާލެއަކީ ކުޑަ ތަނަކަށްވެފައި އަދި ޚާއްޞަކޮށް ތިމާ ދިރިއުޅޭ ސަރަހައްދުގައި ހުންނަ ފިހާރަތަކަކީ ކޮންމެ ދުވަހަކު ވަދެ ނުކުމެ، ފެނިދެނިވާ މީހުން ތިބޭ ތަންތަން ކަމުގައި ވާތީއެވެ.

މިއަދު އާންމު ރައްޔިތުންގެ ތެރެއިން ގިނަ މީހުން ދިރިއުޅެން ޖެހިފައި މިވަނީ ވަރަށް ދަތި ހާލުގައެވެ. ގިނަ މީހުންނަކީ ލިބޭ މަހު މުސާރައަށް ބަރޯސާވެގެން ތިބި މީހުންނެވެ. އެންމެ މަހަކު މުސާރަ ނުލިބުނަސް ކުރިއަށް އޮތް މަހުގެ މުހުތާދުތައް ބަރާބަރަށް ފުއްދައެއް ނުލެވެއެވެ. މިފަދަ ހާލެއްގައި، ބިރުވެރިކަމާއި ނުތަނަވަސްކަމުގައި މުޅި މުޖުތަމަޢު އޮއްވާ އަދި މިފަދަ މާތް މައްސަރެއްގައި އިންސާނިއްޔަތުކަން އިހުތިޔާރު ނުކޮށް މިދަނޑިވަޅުގައިވެސް ނާޖާޒު ފައިދާ ނަގަން މަސައްކަތް ކުރުމަކީ ވަރަށް ހިތާމަހުރި އަދި އެހާމެ ލަދުވެތި ހުތުރު ސިފައެކެވެ.



ކިޔުންތެރިންގެ ހިޔާލު


-4

މާދަމާދެކޭމީހާ

26-Apr-2020

ބޭރު މީހުން އެބަހިންގާ އެކި ހިސާބުގަ އެއްނަން ކިޔާ3ފިހާރަ މާލޭ ގެ އެކިހިސާބުގަ ބޭރުމީހަކު ހިންގާޚަބަރު އެބަލިބޭ 40 ހަކައް އަހަރު ވިސާފީ އަދި ވޯކް ޕާމިޓް ފައިސާ ނުދައްކާ އެއް ފިހާރައިގެ ނަމުގައި އިތުރު ފިހާރަތައް ހިންގާ ލައިސަން ނެތި އިންޖީނުލީ އެއްޗެހި ދުއްވާ މިހުރިހާޖަރީމާތައް ހިންގާއިރުވެސް އެބައެއްގެ މައްޗައް ގާނޫން ނުހިނގުމަކީ ސަރުކާރުތައް އެކަންކަމައް ޒިންމާނަގަން ޖެހޭނެ ކަންކަމެވެ. މިގޮތުގައި ގައުމު އޮތުމަކީއެއްވެސް ކަހަލަ ސަރުކާރެއް ނެއް ތަނެއްގަވެސް ކަންކަން ހިގާގޮތެވެ. މިބޭރު މީހުން ސަރުކާރައް ލިބެންޖެހޭނީ ކިތައް ސަތޭކަ ބިލިޔަން ކަމެއްވެސް ހޯދިފަކާނެތެވެ, މިހުރިހާ ގެއްލުމެއްގެ ސަބަބުން ދިވެހިންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުން އެއީ ހުރިހާ ސަރުކާރަކުން ޖިންމާނަގަން ޖެހޭނެކަމެކެވެ.



ޓްރެންޑިން