ރައްޔިތުން ބަނޑަށް ޖެހިގެންދާއިރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބަހުސް ކުރުމާއި ޒުވާބުކުރުން ނުނިމިގެން ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ނުނިމި ދިގުލައިގެން ދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާމަނިކު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރީކޯ މޫސަގެ ފާޑުކިއުން އަމާޒުވެފައި މިވަނީ މިހާރު ކުރިމަތިވެފައިވާ އިޤްޞާދީ މައްސަލަތައް ހައްލު ކުރުމަށްޓަކާ މަރުކަޒީ ބޭންކުން ސަރުކަރަށް ދަރަނި ނެގޭ މިންވަރު އިތުރުކުރުމަށާއި މިހާލަތުގައި އެދަރަނި އަނބުރާ އަދާކުރަން އޮންނަ މުއްދަތު ފަސްކުރުމާއިމެދު ގާނޫނީ ފަރުވާއެއް ހޯއްދެވުމަށް ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިނިންމި ޚިޔާލުތަފާތުވެފައިވާ މައްސަލައާއި ގުޅިގެންނެވެ.
ރައްޔިތުން މިވަގުތު ތިބި ދަތި ހާލަތު ބަޔާން ކުރައްވައި ރީކޯ މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ މާލިއްޔަތަކީ ދިވެހި ރައްޔިތުންގެ އެއްޗެއް ކަމަށާއި އެއީ ސިޔާސީ މީހުންގެ މިލްކަކަށް ހަދައިގެން ނުވާނެ ކަމަށެވެ
ދަތި އުނދަގޫ މި ވަގުތުގައި ރައްޔިތުންގެ ޝަކުވާ ތަކާއި ސިޔާސީ ލީޑަރުންގެ ފާޑު ކިޔުންތައް ސަރުކާރައް އަމާޒުވަމުންދާއިރު މިވަގުތު މިތިބީ ޤާނޫނު ތަކުގައި ލިޔެވިފައި ނެތް މުސީބާތެއްގެ ތެރޭގައި ކަމަށާއި ދުނިޔޭގެ އެހެންގައުމުތަކުން ވެސް އަމަލު ކުރަމުންދާ އުސޫލަށް މިކަމުގައި ބަލަން ޖޭހޭ ކަމުގައި ވެސް ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކު ގައުމުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ މިދަނޑިވަޅުގައި މިހާރު ކުރިމަތިވެފައިވާ މާލީ ކަންކަން ހަމަޖެއްސުމަށް ސަރުކާރަށް މިހާރުން މިހާރަށްވެސް 4.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ. މަރުކަޒީ ބޭންކްގެ ތެރެއިން މިފައިސާ ނެގުމަށް ހުރަސް އަޅާ ގާނޫނުގެ ބައިތައް ފަސްކޮށްދިނުމަށް މާލީ ވަޒީރު މަޖިލީހަށް ހުށައަޅުއްވާފައިވާއިރު މިމައްސަލައިގައި މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތް ޕާޓީގެ މެންބަރުންގެ ޚިޔާލު ވަނީ ވަރަށް ބޮޑަށް ދެކަފިވެފައެވެ. އެގޮތުން ބައެއް މެންބަރުން ސިފަކުރައްވަނީ މިއީ ބްލޭންކް ޗެކެއް ސަރުކާރަށް ދިނުން ކަހަލަ ކަމެއްގެ ގޮތުގައެވެ. މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާ މެންބަރުން ވިދާޅުވަނީ މިހާރު ދިމާވެފައި މިވަނީ ޚާއްޞަ ހާލަތެއް ކަމަށާއި މިހާލަތުގައި ސަރުކާރަށް އެހީތެރިކަން ނުދީފިނަމަ ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު