ކޯވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ބައެއް ބޭފުޅުން މަސައްކަތުގައި
ކޯވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ބައެއް ބޭފުޅުން މަސައްކަތުގައި
ކޯވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ ޢަދަދު ކަންބޮޑުވާ މިންވަރަށް އިތުރު ވެއްޖެއެވެ.

އެގޮތުން މިއަދުގެ މިވަގުތާހަމައަށް 36 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވަކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މިއީ ރާއްޖޭގައި ބަލި ފެތުރެން ފެށިފަހުން އެއްދުހުގެ ތެރޭގައި، ރާއްޖެއިން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހުންނާއި 6 ދިވެހިންނާއި އިންޑިއާ މީހަކު ކަމަށެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ މިހާރު ވަނީ 177 އަށް އަރާފައެވެ. ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ރާއްޖެއިން 102 ބިދޭސީން ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ދިވެހިންގެ ޢަދަދު ވަނީ 75 އަށް އަރާފައެވެ.

މާލެއިން ކޯވިޑް-19 އަށް ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވާއިރު މިހާރު މި ބަލި ވަނީ ރާއްޖޭގެ އަތޮޅުތަކުންވެސް ފެންނަން ފަށާފައެވެ. މިގޮތުން ހއ. އުލިގަމާއި، ށ. ނަރުދޫ އިން ވަނީ މި ބައްޔަށް ޕޮޒިޓިވް ދެ މީހަކު ފެނިފައެވެ. އެއާއެކު އަތޮޅު ތެރޭގައި މިބަލި ފެތުރިގެން ދިއުމުގެ ބިރުވެރިކަންވެސް ވަނީ ބޮޑުވެފައެވެ.

ރާއްޖޭގައި މާލެ ފިޔަވައި އެހެން ރަށެއް އަދި މިހާތަނަށް ލޮކްޑައުން ކޮށްފައެއް ނުވެއެވެ. އެޗްޕީއޭއިން ބުނީ ރަށެއް ލޮކްޑައުން ކުރާނީ އެރަށެއްގެ އާބާދީގެ ތެރޭގައި ބަލި ފެތުރޭކަން ފާހަގަ ކުރެވުމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން