ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި 18 އަހަރުން ދަަށުގެ 12 ކުއްޖަކު ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ 250 މީހުންގެ ތެރޭގައި 12 ކުޑަކުއްޖަކު ހިމެނޭ ކަމަަށެވެ. މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވާ އުމުރުން 12 އަހަރުން ދަށުގެ ކުދިންގެ ތެރޭގައި ހިމެނެނީ ދިވެހި 11 ކުއްޖަކާއި ރާއްޖެއިން ބޭރުގެ އެއް ކުއްޖެކެވެ.
މީގެ އިތުރުން ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހަކު ވެސް ހިމެނޭ ކަމަށާއި އެ ދެ މީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ކަމަށް ޑރ ވިދާޅުވިއެވެ.
ރާއްޖޭން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ދެން ހިމެނެނީ 12 އަހަރާ 40 އަހަރާ ދެމެދުގެ 116 މީހުންނާއި 40 އަހަރާ 60 އަހަރާ ދެމެދުގެ 50 މީހުންނެވެ.
ރާއްޖޭގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާއިރު އެމީހެއްގެ ގޭގައި ކަރަންޓީނު ވާންޖެހޭނެ ހާލަތަށް ހިނގައިދާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެއީ ހުރިހާ އެންމެން ކަރަންޓީނު ކުރާވަރަށް ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ނުހުންނާނެތީ ކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކްފޯސް ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. އަދި ގޭގޭގައި ކަރަންޓީނު ކުރުމަށް ބުނާނީ އެމީހެއްގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖޭގައި ކޯވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު ރާއްޖެއިން މިބައްޔަށް މިހާތަނަށް 250 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު