ރޯދަމަހު މަޖިލީހުގެ ޖަލްސާތައް އޮންނާނެ ގަޑިތައް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރަމަޟާންމަހު ޖަލްސާތައް އޮންނާނީ ހެނދުނު 10:30 އިން މެންދުރު 2:00 އަށް ކަމަށެވެ. އެގޮތުން ފުރަތަމަ ދަންފަޅި ކުރިއަށް ދާނީ 10:30 އިން 12:00 އަށެވެ. އެއްގަޑިއިރުގެ ހުސްވަގުތަށްފަހު މެންދުރުފަހު ޖަލްސާ ކުރިއަށް ދާނީ 1:00 އިން 2:00 އަށް ކަމަށް މަޖިލީޙުގެ ރައީސް މިއަދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ގަޑި ވަކި ގަޑިތަކެއްގައި އޮތްނަމަވެސް މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށްދާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަކީ ރަމަޟާންމަހުގެ ކުރިން ބާއްވާ ފަހު ޖަލްސާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން