ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަައެއް ސާބިތުވެ، 5 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ. އެހެންކަމުން އިއްޔެއަށް ރައީސް ޔާމީން ޖަލަށްލިތާ މިވަނީ 500 ދުވަސްވެފައެވެ. މިދުވަސް އިދިކޮޅުން މިއަދު ފާހަގަ ކުރަމުންދާއިރު ދައްކާނުލާ ދޫކޮށްނުލެވޭ ވަރުގެ ވާހަކަތަކެއް އެބަހުއްޓެވެ. ނަމަވެސް އެއީ މިފަދަ މުނާސަބާއެއްގައި ދައްކާން އެންމެ އައުލާކަން ބޮޑު ވާހަކައަށް ނުވެދާނެއެވެ.
ރައީސް ޔާމީން ޖަލަށް ލުމާއެކު ދެން ދެކެވެމުންދިޔަ ވާހަކައަކީ ޕީޕީއެމް ނުވަތަ އިދިކޮޅު ހަރަކާތްތަކަށް ވާނެ ގޮތަކާއިމެދު ދެކެވުނު ވާހަކަތަކެވެ. އެއީ ރައީސް ޔާމީންފަދަ ދެވަނަ ޝަހުސިއްޔަތެއް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތެރޭގައި ނެތުމުން ދެއްކި ވާހަކަތަކެއްކަމަށްވެސް ވެދާނެއެވެ. ރައީސް ޔާމިންގެ ވެރިކަން ނުމުމާއެކު ފެނިގެން ދިޔައީ އެފަދަ މަންޒަރުތަކެކެވެ. އެބުނާ ދެދޮރު ދޭތެރޭގައި ކުރަމުން ގެންދިޔަ މުޒާހަރާއަށް ވީގޮތާއި ކުރިން ރައީސް ޔާމިނާއި މެޑަމް ފާތުން ފަށައިގެން އެނބުރުނު "ބައިގަނޑު" ގެއްލި ދިއުމަކީ އެސުވާލު އުފެދެން ޖެހުނު އެންމެ ބޮޑު އެއް ސަބަބު ކަމުގައި ގަބޫލުކުރެވެއެވެ.
ކޮންމެއަކަސް ރައީސް ޔާމީން ޖަލަށްލުމުން ޕީޕީއެމްގެ ހަރަކާތްތަކަށް މަޑުޖެހުމެއް، ހުއްޓުމެއް އަންނާނެކަން އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެކަން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް 2020 ވަނަ އަހަރުގެ ފެބްރުއަރީގައި ހުޅުވާލި ފުރުސަތުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރުމަށް ހުށަހެޅި ބޭފުޅުންގެ އަދަދުންވެސް އެނގިގެން ދިޔައެވެ. 900 އަށްވުރެ ގިނަ ކައުންސިލަރުން އިންތިހާބުކުރަންޖެހޭ އިންތިހާބެއްގައި އެމްޑީޕީން 800 އެއްހާ ކެނޑިޑޭޓުން ވާދަކުރިއިރު، ޕީޕީއެމުން ވާދަކުރީ 500 އެއްހާ ކެނޑިޑޭޓުންނެވެ. މިއިން ވެސް ދޭހަކޮށްދެނީ ޕާޓީގެ ހަރަކާތްތަކަށް އައިސްފައިވާ ހީނަރުކަމާއި މަޑުޖެހުމެވެ.
ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވާގޮތުން އެހެން އެކަންކަން ދިމާވާންޖެހުނު މައިގަނޑު ސަބަބުތަކަކީ ސަރުކާރުން ކުރިމަތިކުރުވި ގިނަގުނަ ފިއްތުންތަކެވެ. އިލެކްޝަންސް ކޮމިޝަނުން ޕާޓީއަށް ދޭންޖެހޭ ބަޖެޓް ނުދިނުމާއި، ޕީޕީއެމްގެ މެމްބަރުންނަށް ދައްކަމުންދިޔަ ބިރާއި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހުއްޓުވައި ފިއްތުންތައް ކުރިމަތިކޮށް ޕާޓީގެ ހަރަކާތްތަކަށް ހިޔަނި އެޅިގެން ދިއުމަކީ މީގެ މައިގަނޑު ސަބަބުތައް ކަމަށް ވެއެވެ. އަދި އޭގެފަހުން ކޯވިޑާއި ގުޅިގެން ހުރިހާ ކަމެއްހެން ހުއްޓިފައި އޮތުން ވެސް ހިމެނެއެވެ. ނަމަވެސް ކޯވިޑްގެ ހާލަތު މަޑުމަޑުން ހަމައަކަށް އެޅި، ޕާޓީގެ ހަރަކާތްތައް މަޑުމަޑުން ފަށައިގެން އަނެއްކާވެސް ޕިޕީއެމް/ޕީއެންސީ އޮތީ ސިޔާސީގޮތުން ކޮންމެވެސް ވަރަކަށް ކޮޅަށް ނެގިފައިކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޕީޕީއެމް/ޕީއެންސީން ކުރި މަސައްކަތުގެ ނަތީޖާއަށް ބަލާއިރު އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ އަދަދަށް ބަލާއިރު ލިބުނު ކާމިޔާބު ބޮޑުކަމުގައި ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. އިންތިޚާބުގައި ޕީޕީއެމް/ ޕީއެންސީން 500 އެއްހާ ކެންޑިޑޭޓުން ވާދަކުރިއިރު، އޭގެތެރެއިން 400 އަށްވުރެ ގިނަ ކެނޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އެމްޑީޕީން ވާދަކުރި 800 އެއްހާ ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެވުނީ 600 އެއްހާ ގޮނޑިއެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީން އިތުރު ގޮނޑިތަކަށް ވާދަކުރުމުގެ ފުރުޞަތު ލިބުނުނަމަ އިތުރު ގޮނޑިތަކެއް ކާމިޔާބުކުރުމަކީ ގާތްކަމެކެވެ.
އިންތިހާބުން އެނގުނު އަނެއްކަމަކީ މާލޭ ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް ގެއްލިފައިވާ ކަމެވެ. ޕީޕީއެމަށް މާލޭ ސިޓީގެ މެޖޯރިޓީ ލިބުމަކީ ވަރަށް ގިނަ ވާހަކަތައް ކިޔައިދޭކަމެކެވެ. އެއީ ހަގީގަތުގައި ބޮޑު ކަމެކެވެ. އައްޑޫ ސިޓީގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ގެއްލި، މެޖޯރިޓީވެސް ލިބުނީ ހަމަ ކިރިޔާއެވެ. މިއީ އެއްވެސް މީހަކު ކުރިން ލަފާކުރި ހިސާބުތަކެއް ނޫނެވެ.
ޕީޕީއެމްއިން ބުނާގޮތުން މިނަތީޖާއިން ބުނެދެނީ މިސަރުކާރު ފެއިލްވެއްޖެކަން ކަމަށެވެ. އަދި ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ ރައްޔިތުން ބަލައިގެންފިކަން މިވޯޓުން ހާމަވެފައިވާކަމަށް ޕީޕީއެމް/ޕީއެންސީން ބުނެއެވެ. އަދި މިއީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ގޮވާލުން ރައްޔިތުން ބަލައިގެންފިކަން ހާމަވެފައިވާ ނިންމުމެއްކަމަށްވެސް ޕީޕީއެމް/ޕީއެންސީން ބުނެއެވެ.
ރައީސް ޔާމީން ޖަލުގައި މިހާތަނަށް ހޭދަކުރެއްވި 500 ދުވަހުގެ ތެރޭގައި ހަގީގަތުގައި ޕީޕީއެމް/ޕީއެންސީން ކާމިޔާބުތަކެއް ހޯދައިފިއެވެ. 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މުޅި ރާއްޖެ ރީނދޫކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފިއެވެ. މާދަމާވެސް އިންތިހާބެއް ބާއްވައިފިއްޔާ މޮޅުވާނީ ކޮންބައެއްކަން ނޭނގޭހާ ބޮޑަށް ސިޔާސީ މަސްރަހު ބަދަލުވާން ފަށައިފިއެވެ. ރައީސް ނަޝީދާއި ރައީސް ސާލިހުގެ ކޯޅުމާއެކު އެމްޑީޕީގެ ތެރޭގައި 2 ފެކްޝަން އުފެދިފައިވާއިރު، އެއީވެސް ސިޔާސީގޮތުން ޕީޕީއެމް/ޕީއެންސީއަށް ލިބޭ ކާމިޔާބެކެވެ.
އެއާއި ޚިލާފަށް ޕީޕީއެމް/ ޕީއެންސީ ތެރޭގައި އެފަދަ ބައިބައިވުމެއް މިއަދު ނެތެވެ. ޕާޓީގެ ލީޑަރޝިޕްގައި މައްސަލަތަކެއް ހުރި ކަމަކަށް ނުބެލެވެއެވެ. ބޭރުއައި ފޭރޭ ބާޒުތަކަށް ޖާގަ ނުދޭން ރައީސް ޔާމިން ގޮވާލައްވާފައިވާ ގޮވާލެއްވުން މިހާރު އޮތް ލީޑަރޝިޕުން އެބަ ދަމަހައްޓައެވެ. އޭގެ ހަމަ އެންމެބޮޑު ސިއްރަކީ ޕީޕީއެމް/ ޕީއެންސީގެ ލީޑަރު، ރައީސް ޔާމީނެވެ. ޖަލުގައި އޮންނެވިޔަސް ޕާޓީގެ ތެރޭގައި އޮތީ އެމަނިކުފާނުގެ ބާރާއި ނުފޫޒެވެ. ޕާޓީގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދަން ބޭރުން ބަޔަކު މަސައްކަތްކުރިޔަސް، އެކަން ކާމިޔާބުވާވަރަށްވުރެ ބޮޑަށް ރައީސް ޔާމީނަށް ޕާޓީގެ މެމްބަރުން ކިޔަމަންތެރިވެ އިތުބާރު ކުރެއެވެ. ރިޔާސީ ޓިކެޓް ހޯދަން ރައީސް ޔާމީނާއި ވާދަކުރައްވާނެ ބޭފުޅަކު އިދިކޮޅަކު ނެތެވެ. ރައީސް ޔާމިނަށް ވާދަނުކުރެވޭ ހާލަތެއްގައި ރައީސް ޔާމިން ތާއީދުކުރައްވާ ބޭފުޅަކަށް ރައްޔިތުން ތާއީދުކުރާނެކަމާއިމެދު ޝައްކެއް ނެތެވެ. އެހެންކަމުން ލީޑަރު ޖަލުގައި އޮންނެވިޔަސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ދަތުރުކުރަމުންދަނީ ރަނގަޅު މިސްރާބަކަށޭ ދެންނެވެން އެބައޮތެވެ.
ކަންމިހެން ހުރިނަމަވެސް އެމްޑީޕީ އިދިކޮޅުގައި އޮތްއިރު އިދިކޮޅު ލީޑަރު ޖަލުން މިނިވަން ކުރުމަށް އެޕާޓީން ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި ޕީޕީއެމްގެ ލީޑަރު ޖަލަށްލުމުން އެޕާޓީން ކުރިއަށް ގެންދާ ހަރަކާތްތައް އަޅާކިޔާ މީހުންނަށް ތަފާތު ތަކެއް ފެންނަ ކަމަށް ވެއެވެ. އޭރު އިދިކޮޅު ލީޑަރު މިނިވަން ކުރުމަށް އެމްޑީޕީން އެތެރެއާއި ބޭރުން ކުރި ޕްރެޝަރގެ އަސަރު އަދިވެސް އެހެރީ ފެންނާށެވެ. އޭރު އިދިކޮޅާއެކު ހުޅަނގުގެ ބައެއް އެމްބެސީތައް އޮތީ އެހީގެ އަތްތައް ތަންމިނަށް ފަތުރާލައިގެންނެވެ. އިދިކޮޅު ލީޑަރުގެ ލޯޔަރުންގެ ޓީމުގައި ވެސް ތިބީ ބައިނަލްއަޤްވާމީ ލޯޔަރުންނެވެ. ބައިނަލްއަޤްވާމީ މީޑިއާތަކުން ހެސްކިޔާފައި ޕްރެޝަރ ކުރަމުން ދިޔައެވެ. ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ އޮފީސްތައް ދޮށުގައި އިހުތިޖާޖު ކުރިއެވެ. ސަރުކާރަށް ވާގިވެރިވާ ވިޔަފާރިވެރިންގެ ރިސޯޓްތަކަށް ޓޫރިސްޓުން ނާންނަންވެސް ކެމްޕޭން ކުރިއެވެ. ހުޅަނގުގެ އިއްތިހާދާއި އިނގިރޭސި ޕާލިމެންޓްގެ މެންބަރުން ލައްވާ އެ މަޖިލިސް ތަކަށް ކަރުދާސްތަކާއި މައްސަލަތައް ހުށައަޅައިގެން ސަމާލުކަން ހޯދިއެވެ. މާލޭގައި ހުއްޓުމެއްނެތި މުޒާހަރާތައް ކުރިއަށް ގެންދިޔައެވެ. އެންމެ ފަހުން ދިގު މުއްދަތަށް ހުކުމްކޮށްފައި ހުއްޓާ ބޭސްފަރުވާއަށް ވަޑައިގެން ބޭރުގެ ހިމާޔަތުގައި ހުންނެވި އިދިކޮޅު ލީޑަރު މިނިވަންކަމާއެކު ރާއްޖެވަޑައިގެންނެވީ ވެސް ރާއްޖޭގެ އެއްވެސް ކޯޓަކުން އިދިކޮޅު ލީޑަރު މިނިވަންކޮށްގެނެއް ނޫނެވެ. މިފެންވަރަށް މިއަދު އިދިކޮޅަށް "ނުޖެއްސޭ" ކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެވެ. އެހިތްވަރު ނެތީއެއްކަމެއް ނުވަތަ އެގާބިލުކަމާއި އެފިކުރާއި އެރޭވުންތެރިކަމާއި ގުޅުންތައް ނެތީއެއް ކަމެއް ދަންނަވާކަށް ނޭނގެއެވެ. އެހެންވީމާ މިއީ މިއަދާއި އިއްޔެ އަޅާކިއޭނެ ތަފާތުތަކެވެ.

ކިޔުންތެރިންގެ ހިޔާލު