ދައުލަތުގެ މީޑިއާއެއް އޮންނަ ނަމަ އެމީޑިއާއަކީ އަބަދުވެސް ނަމޫނާ ދައްކަން ޖެހޭ ވަކިފަރާތަކަށް ނުޖެހޭ މީޑިއާއަކަށް ވާން ޖެހޭނެ ކަމަށް އެންމެންވެސް ގަބޫލުކުރެއެވެ. ދައުލަތުގެ މީޑިއާއަކީ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ނުދަދެ ހިންގާ މީޑިއާއަކަށް ވުމަކީވެސް ގިނަ ބަޔަކު އެދޭނެ ގޮތެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ދައުލަތުގެ މީޑިއާއަކީ ހުރިހާ ރައްޔިތުންގެ ފައިސާ އިން ހިންގާ ހުރިހާ ރައްޔިތުންވެސް ހަމަހަމައަށް ހިއްސާވާ ތަނަކަށް ވުމެވެ.
އެކި ފަހަރު އެކި ނަންނަމުގައި އެކި ގާނޫނީ އޮނިގަނޑުގެ ތެރެއިން އެތަން ހިންގަމުން އައި ނަމަވެސް ހަގީގަތަކީ މިއީއެވެ. ރާއްޖެއަށް އުފަންވި ޒަމާނީ ޑިމޮކްރެސީއާއެކު ދައުލަތުގެ މީޑިއާ އޮންނަންވީ ގޮތް ގާނޫނު ތަކުގައި ލިޔުނެވެ. އަދި އެ ގާނޫނުތަކުގެ ދަށުން އެތަން ހިންގާން ތަފާތުވެރިންވެސް ލައިފިއެވެ. އެކަމަކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމާއި ޖެހެންދެން އެކަން ވީ އެބުނާ ޑިމޮކްރެސީގައި އޮތް ގޮތަކަށް ވެސް ނޫނެވެ. ގާނޫނު ތަކުގައި ހުރި އުސޫލަކުން ވެސް ނޫނެވެ.
މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވަޢުދެކެވެ. ދައުލަތުގެ މީޑިޔާ ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮންނަ މީޑިއާއަކަށް ހެއްދެވުމަކީ ވެސް އެމަނިކުފާނުގެ މުހިންމު ވަޢުދެކެވެ. މިއަދު އެތާނެގެ ވެރިއެއްގެ ގޮތުގައި ހުންނެވީ ރައީސް ޞާލިހު ކިތަންމެ ދެނެވަޑައިގަންނަވާ ގާތް ބޭފުޅަކަށް ވިޔަސް އަދި އެއީ ރައީސް ޔާމިންގެ ދައުރުގައި ރައީސް އޮފީހުގައި ހުންނަވައިގެން "ކަދުރޭ" ލިޔެގެން ބައެއް މީޑިއާ ތަކަށް ފިޔަވަޅު އަޅާން މީޑިއާ ކައުންސިލަށް އެންގެވި ބޭފުޅާ ކަމަށްވިޔަސް އަދި ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅުގައި ދައުލަތުގެ ޓީވީ ސްޓޭޝަން ދުވަސްކޮޅަކު ހިންގިއެއް ކަމަކު މިހާތަނާއި ޖެހެންދެން ވެސް އޭގެ ކުލައެއް އަދި ރަހައެއްވެސް މާބޮޑަކަށް އެބޭފުޅާގެ ފަރާތަކުން ފެނިފައެއް ނުވެއެވެ.
ނަމަވެސް ކުއްލިއަކަށް ހަފުތާ ނިމެމުން ދަނިކޮށް ލިބުނު ހިތާމަވެރި ޚަބަރަކީ ދައުލަތުގެ ބަޖެޓުން މިލިއަނުން ހޭދަކޮށްގެން ހިންގާ ދައުލަތުގެ މީޑިއާއިން ފާޑެއްގެ ރައިވަރެއް ގެނެސްދީގެން މުޅި ސޯޝަލް މީޑިއާ ކެކި އަރައިގެން ތަނެވެ. އަނެއްކާ އެކަމެއް ހިނގީވެސް ހީކުރާ ވަރަށް ވުރެވެސް ގޯސްކޮށެވެ. އެވެރިން އެ ރައިވަރެއް ކިޔަން ޖެއްސީވެސް ކުޑަކުދިންނަށެވެ. ޓްވިޓަރގައި ސިޔާސީ ވެރިންނާއި އާންމުންގެ ތެރެއިން ވެސް ގިނަ ބަޔަކު މިކަމާއި ހިތްހަމަ ނުޖެހިގެން ފާޑުކިޔާފައިވާ ލިޔުންތަކަށް ބަލާއިރު އެކަމެއް ހިނގީ ހަވީރު ފޮނުވާ ކުޑަކުދިންގެ ޚާއްޞަ ޕްރޮގްރާމެއްގެ ތެރޭގައެވެ.
ވަރަށް ގިނަ ބަޔަކު ވަނީ އެރައިވަރު ހިމެނޭ ސްލައިޑް ޓީވީއަށް އަރުވާފައި އިން އިރު ނަގާފައިވާ ސްކްރީން ޝޮޓްތައް މީސް މީޑިއާގައި ޝެއަރކޮށް ފާޑުކިޔާފައެވެ. މިދަންނަވާ ރައިވަރު ނިސްބަތްކޮށްފައިވަނީ ރައީސް މައުމޫނަށާއި ރައީސް ޔާމީނަށާއި މަޖިލިސް މެންބަރުންނަށް ކަމަށް ބެލެވެއެވެ. މި ރައިވަރުން ތިލަކޮށް މާނަކުރެވެނީ "މާނުބޭ ކައިރިން ހީލަތާ މަކަރު ހަދަން ޔާނު ދަސްކުރި ވާހަކައެވެ. އަދި މެންބަރުންނަށް އެކަން ދަސްކޮށްދީ ހާނުވައިގެން ވާނުވާ އޮޅުވާލައިގެން ނުޖެހޭ މުސީބާތެއް ނެތް ކަމަށެވެ. މީގެ ސަބަބުން އަމިއްލަ ނަފުސުވެސް ސަލާމަތްވާން ނެތް ވާހަކައެވެ."
"މީތޯ ދައުލަތުގެ މީޑިއާއަށް ދެއްވި އިސްލާހީ އެޖެންޑާއަކީ، އިބުޞާލިޙް؟ މިކަން ކުރިބަޔަކު ވަޒީފާއިން ދުރުކޮށް ތަހުގީގު ހިންގަން ޖެހޭ." އެޗްއާރްސީއެމްއަށާއި ޕީއެސްއެމް ނިއުސްއަށާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށާއި ބްރޯޑްކޮމްގެ އިތުރުން ރައީސް ނަޝީދަށް ޓެގް ކުރައްވައި މާވަށު ދާއިރާގެ އިދިކޮޅު މެންބަރު މުހަންމަދު ސަޢީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
"ފުޅިއެއްގެ ތެރެއަށް ފެނާ ތެލާއަޅާފަ ކިތަންމެ ވަރަކަށް ތެޅުވިޔަސް ތެޅުވުން ހުއްޓާލުމުން ވަކިވާނެ. ގައުމު އެއްބައިވަންތަ ކުރަންވީ މި ވަގުތު މި ފެންނަނީ ކޯލިޝަން މުގުރާލުމުގެ އަލާމާތްބާ؟ ދެން ފެންނާނީ ފެނަށްވުރެ ލޭ އޮލަކަން." ތަފާތު ޝޫޢޫރެއް އެކުލެވޭ ގޮތަށް ނިންމާލާފައިވާ އިބާރާތް ކޮޅަކުން ޣައްސާން މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
މިފަދަ އެތައް ބައެއްގެ ޓްވީޓްތައް މިކަމާ ދެކޮޅަށް ރެއާއި މިއަދުވެސް ދައުރުވަމުން ދާއިރު މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތަކުން މިކަމުގައި އެއްވެސް ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެއެވެ. ދައުލަތުގެ މީޑިއާ ހިންގަން މިހާރު ތިބި މީހުންނަނީ ހަގީގަތުގައިވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެޖެންޑާގައި ހިފައިގެން ތިބި ބަޔަކު ނަމަ، އެވަރަށް ބަޔަކު އެލި، އެމީހުންގެ "ސޯޓު" ބާލަމުންދާއިރު ބަޔަކު ފިޔަވަޅެއްް އަޅާތޯ ބަލަން ނުތިބެ އެ ޓީވީއަށް އަރާ މާފަށްވެސް އެދޭން ވެއްޖެތާއެވެ.
ހަގީގަތުގައި ވެސް ގައުމު ވަރަށް ދެރަވަރު ހާލަތެއްގަައި އޮއްވާ އެވެރިން މި ރޯކުރީ ވަރަށްވެސް ނުރައްކާތެރި ދަރެކެވެ. މިއީ ޕީއެސްއެމްގެ ވެރިން އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ޚިޔާލު ފާޅު ކުރަމުންދާ އެއް ސަބަބެވެ.
ދައުލަތުގެ މީޑިއާއެއް އުފައްދާފައި އެއޮތީ ވަރަށްވެސް ރަނގަޅު ހަމަ ވަރަށްވެސް މާތް މަޤުޞަދެއްގައެވެ. ގައުމުގައި ހިނގާ ކަންކަމުގެ ސައްހަ ތެދު ޚަބަރާއި މައުލޫމާތު އެއްވެސް ކޮޅަކަށް ބުރަ ނުވެ ރައްޔިތުންނާ ހަމައަށް ގެނަސްދިނުމެވެ. ގައުމުގައި ހިނގާ ބޮޑެތި ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމެވެ. ރައްޔިތުން ހޭލުންތެރި ކުރުމެވެ. ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ބައި ކުޅޭންޖެހޭ އެއްފަރާތަކީ ދައުލަތުގެ މީޑިއާއެވެ.
ނަމަވެސް މިފަހަކަށް އައިސް އަމިއްލަ މީޑިއާތަކާއި އެއް ހަމައެއްގައި، އެއްގޮތަކަށް މަސައްކަތް ކުރާމަންޒަރު ޕީއެސްއެމުން ކޮންމެވެސް ވަރަކަށް ފެނިފައިވާކަން ވެސް ހިތާމައާއިއެކު ފާހަގަކޮށްލަމެވެ. މީގެ އެއް ހާދިސާއެއް ދަންނަވާލާނަމެވެ.
މި ނޫހުގެ ނޫސްވެރިއަކު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލެއް ކުރަަމުން "ރާއްޖޭގައި އުޅޭ ބަންގާޅީން" ނޭ ބުނާއިރަށް އެ ޕްރެސް ގައި އިންނެވި އެޗްޕީއޭގެ ޑޮކްޓަރަކު އޭނާ ހުއްޓުވިއެވެ. އޭނާ "ބަންގާޅީން" މިބަސް ބޭނުން ކުރުމުން އެ ބޭފުޅާއަށް ކަމު ނުދިޔައީމާ ހުއްޓުވައި އެކަން އިސްލާހު ކުރުވީއެވެ. އަދި ނޫސްވެރިއާވެސް ވަގުތުން އެކަން އިސްލާހު ކުރިއެވެ. ދެން އެއީ ވަރަށް "ކަޑަ" ކަމަކަށް ވެގެން ބައެއް ނޫސްވެރިންނާއި އާންމުންވެސް ސޯޝަލް މީޑިއާގައި އޭނާގެ އަބުރު ކަތިލާން ފެށިއެވެ. އޭނާގެ ޒާތާއި ސޫރައާއި އޭނާ ކޮށްއުޅުނު މަސައްކަތްތައްވެސް އެހިސާބުން އެންމެންނަށް ވެސް ކަޑަވިއެވެ. މި ޚަބަރު ހަދައިގެން އޭނާގެ އެ ވިޑިއޯކޮޅު ދެއްކުމުގައި ޕީއެސްއެމްވެސް ބައިވެރި ވުމުން އަދި ވަކީން ގިނަ މީހުންނަށް އެކަމުގައި ހިތްވަރު ލިބި އޭނާއަށް މަގުމައްޗަށް ނުކުމެ ނޫޅެވޭ ވަރަށް ކަންތައް ދުއްވާލިއެވެ. ޕީއެސްއެމުން އެތައް ފަހަރަކު އެ ޚަބަރު ދައްކައި ކިޔައި، އެވަރުން ނުވެގެން އެކަން ކުރެއްވި ބޭފުޅާ ގެނަސްގެން ޕްރޮގްރާމް ހަދައިގެންވެސް އެ މަންޒަރު ތަކުރާރުކޮށް އެ ނޫސްވެރިއާގެ ނުވަތަ ދިވެހި ރައްޔިތެއްގެ އަބުރު ކަތިލަމުން ގެންދިޔައެވެ. މިއީ ގައުމަށާއި ރައްޔިތުންނަށް ނުވަތަ ސަރުކާރަށް ކޮން ފައިދާއެއް ކުރާނެތީ ކުރި ކަމެއްތޯ އެތަނުގެ ވެރިންނާ ސުވާލު ކޮށްލަން ބޭނުންވެއެވެ.
ެއެހެން އެކަން އެދިމާވީ ދައުލަތުގެ މީޑިއާގެ ހަގީގީ މަޤުޞަދާއި އެމީހުން މަސައްކަތް ކުރަންޖެހޭ ގޮތް ކުރީގައި އެތާނގައި ތިބި މީހުންނަށް އޮޅުނު ފަދައިން އެތަނުގެ މިހާރުގެ ވެރީންނަށްވެސް އޮޅިފައި އޮތުމުން ކަމުގައި ބެލެވެއެވެ. އަމިއްލަ މީޑިއާތަކުން ކިޔާހާ ޚަބަރެއް، ދޭހާ މައުލޫމާތެއް ނަކަލު ކޮށްގެން ދައުލަތުގެ މީޑިއާއިން އެކަން އެގޮތަށް ކުރަން ނުޖެހޭނެ ކަމަށް ގަބޫލުކުރާނަމަ މިފަދަ ކަންކަން ދިމާނުވާނެކަން ޔަގީނެވެ.
ހަގީގަތުގައިވެސް އެއީ ރައީސް ޞާލިހުގެ އެކުވެރިންނާއެކު ޕީއެސްއެމް ފެށި ދަތުރުގައި ގަސްތުގައި ތިލަ ފަރެއްގެ މައްޗަށް އޮޑި އުރުވާލުން ފަދަ ކަމެކެވެ. މިއީ އޮޅިގެން ނޭނގިގެން ވީ ކަމެކޭ ބުންޏަށް ބަލައިގަންނަން ދަތި ވަރުގެ ކަމެކެވެ. އެޑިޓަރުން ފެންވަރުގެ މީހަކަށް ނޭނގި ޒިންމާދާރު ބްރޯޑްކާސްޓް ޗެނަލެއްގައި ހިނގާފާނެ ކަމަށް ބުއްދި ގަބޫލު ނުކުރެވޭ ވަރުގެ ކަމެކެވެ. އަދި ޕީއެސްއެމް ކަހަލަ ޓީވީ ޗެނަލަކުން ޕްރޮޑިއުސަރަކު އެކަނިމާއެކަނި ޕްރޮގްރާމެއް އުފައްދައިގެން ބްރޯޑްކާސްޓް ކުރާނެ ކަމަކަށް އެކަން ދަންނަ މީހަކު ގަބޫލެއް ނުކުރާނެއެވެ. މިއީ ކުރިއަށް އޮތްތާނގައި ރައީސް ޞާލިޙް ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވަން ޖެހޭނެ ކަމެކެވެ. ގައުމުގެ މޫނުބަލާ ލޯނގަނޑު ގޯސް ބައެއްގެ އަތްމައްޗަށް ދޫކޮށްލެވިއްޖެއްޔާ އެންމެ ފަހުވަގުތު އޭތި އެއްލާލައި ތަޅާލަންވެސް ފަހާނުދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު