ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން)
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން)
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް މީގެކުރިން ތުހުމަތު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން)ގެ ސިރިއަސް އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑުން އެސްއޯއެފާއެކު ކޮށްފައިވަނީ ސައްޙަ ޑޮލަރުގެ މުޢާމަލާތެއްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ނިންމައިފިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އައްސަދު ސޮއިކުރަށްވައި އަނދުން ހުސެއިންގެ ސިރިއަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީގައިވަނީ، ތަހުގީގަށް ހުށަހަޅާފައިވާ ލިޔުންތަކާއި، އެސްއޯއެފުން ޑޮލަރު ވިޔަފާރި ކޮށްފައިވާ ގޮތަށް ބަލާއިރު، އެފައިސާ އަކީ ޑޮލަރު ގަތުމުގެ މުއާމަލާތްތަކެއްގެ ތެރެއިން ސިރިއަސް އެންޓަޕްރައިސަސްއަށް ލިބުނު ފައިސާކަމަށް ބެލިދާނެ އެކަށީގެންވާ ސަބަބުތައް ހުރިކަމަށް ތަހުގީގަށް ގަބޫލުކުރެވޭތީ މިވަގުތަށް އެކުންފުންޏާއި ދެކޮޅަށް ކުރާނެ ތުހުމަތެއް ނެތްކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު އެކިއެކި ކުންފުނިތަކުގެ ލިސްޓު އާއްމުވެފައިވާއިރު ސިރިއަސް އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑަށް އެސްއޯއެފުން 105،000 ޑޮލަރު ވަނީ ޖަމާކޮށްފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން ކުރިއަށް ގެންދާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގުން މައްސަލާގައި ދަޢުވާކުރެވޭ ވަރަށް ހެކި ލިބިފައިވާކަމަށް ބުނެ މިނިސްޓަރ މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް މިހާރުވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެސް.އޯ.އެފްގެ ޗެކަކުން އަޙްމަދު މަޚުލޫފުގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގެން އޮތްކަމަށް އޭސީސީން ބުނެފައި ވެއެވެ. އެކަމާ ގުޅިގެން މަޙްލޫފް މިހާރުވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އާދަމް

13-Jun-2021

އެންކުއަރީ ކަމިޝަނުން ބުނީމަ ނިމުނީދޯ, ތިހެންނިމޭކަމަށްވާނަމަ ލައްކަގިނަމީހުން މިފަހަރު ސަލާމަތްކުރާނެ... އެކަމަކު އަދި ވަރަށްފުރިހަމައަށް ތިތަހުގީގު ހިންގާނަން... އިންޝާﷲ ...



ޓްރެންޑިން