ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
މާދަމާ އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވައިގެން ހިދުމަތް ދޭން ނިންމައިފިއެވެ.

ބޭންކުން ބުނީ، 4 ޖުލައި 2021 އިން ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ. މި ގަޑިތަކުގައި ބްރާންޗްތަކުން ދެމުންދާނީ އޮންލައިން އަދި ސެލްފް ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަމަށް ބޭންކުން ބުނެއެވެ.

ބޭންކުގެ ހިދުމަތްތައް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެއެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެއެވެ. އެކައުންޓް އޯޕަނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރ މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކަސްޓަމަރުންނަށް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް އެދި ހުށަހެޅޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

ބޭންކުން ބުނީ، ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާކުރުމާއި އެހެނިހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުން ކޮންމެ ދުވަހަކު ހެނދުނު 11:00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށެވެ.

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން، ލޯކަލް ބޭންކް ޓްރާންސްފާ، ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ޚިދުމަތް 12:00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށާއި، އެ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހު ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން