ކޮލަމްބިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޝަކީރާގެ މައްޗަށް ޓެކްސްއަށް މަކަރު ހެދިކަމުގެ ދައުވާ އުފުލޭވަރަށް ހެކި އެބަހުރިކަމަށް ސްޕެއިންގެ ކޯޓަކުން ނިންމައިފިއެވެ.
ސްޕެއިންގެ ކޯޓުން މިގޮތަށް ނިންމީ ޝަކީރާގެ މައްޗަށް ދައުވާ އުފުލޭނެތޯ ބެލުމަށް ކުރިއަށްގެންދިޔަ އިބްތިދާއީ އަޑުއެހުމަށްފަހުއެވެ.
ސްޕެއިންގެ ފަނޑިޔާރެއްކަމަށްވާ މާކޯ ޖީޒަސް ބެލި މައްސަލައިގައި ބުނެފައިވަނީ 2012 ވަނަ އަހަރުން 2014 ވަނަ އަހަރުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 14.5 މިލިއަން ޔޫރޯ ނުދައްކާ، ޝަކީރާ ޓެކްސްއަށް މަކަރު ހަދާފައިވާކަމަށެވެ. އަދި އެކަމާއި ގުޅޭ އެކަށީގެންވާ ހެކި އެބަހުރިކަމަށްވެސް ފަނޑިޔާރު ބުންޏެވެ. ފަނޑިޔާރުގެ މި ނިންމުމާއެކު މިމައްސަލަ ކުރިއަށްގެންދިއުމަށް ޕްރޮސެކިއުޓަރުންނަށް ވަނީ މަގުފަހިވެފައެވެ.
ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭއާ ކައިވެނިކޮށްގެން އުޅޭ ޝަކީރާ 2012 ވަނަ އަހަރުން 2014 އަށް ސްޕެއިންގެ ކަމާއިބެހޭ ފަރާތްތަކަށް ދައްކަންޖެހޭ ޓެކްސް ނުދައްކާކަމަށް ބުނާއިރު، ޝަކީރާގެ ޤާނޫނީ ވަކީލުން ބުނަނީ ޝަކީރާ ސްޕެއިންއަށް ބަދަލުވީ 2015 ވަނަ އަހަރުކަމަށެވެ. އަދި އޭގެފަހުން ދައްކަންޖެހޭ ހުރިހާ ޓެކްސްއެއް ގަވައިދުން ދައްކާފައިވާކަމަށް ޝަކީރާގެ ޤާނޫނީ ވަކީލުން ބުނެއެވެ.
ޚަބަރުތައް ބުނާގޮތުން ޝަކީރާގެ މިލްކިއްޔާތުގެ އަގު 350 މިލިއަނެއްހާ ޑޮލަރަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު