އެއްފަހަރެއްގައި މިއުއްމަތުގެ މާތް ރަސޫލާ، މުޙައްމަދުއްޞައްލަ ﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއެކު ދަތުރަކު ވަޑައިގަތެވެ. އަރިހުގައި އަނބިކަނބަލުން ސިއްތުނާ ޢާއިޝާވެސް އިންނެވިއެވެ. ދަތުރުމަތީގައި ޢާއިޝަތުގެފާނުގެ ހާރުކޮޅު ގެއްލިވަޑައިގެން މިވާހަކަ ލޮބުވެތި ރަސޫލާއަށް ދެންނެވުމުން ސަހަރާގައި ޤާފިލާ މަޑުކުރެއްވުމަށް އެންގެވިއެވެ. އަދި ހާރުކޮޅުފެނޭތޯ ބެލުމަށް މީހަކު ފޮނުއްވިއެވެ. މިސަބަބާހުރެ މީސްތަކުން ދަތުރުގެ މަތީގައި މަޑުކުރަން ޖެހުނެވެ. އެބޭކަލުން އެތާނގައި ތިއްބަވަނިކޮށް ނަމާދު ވަގުތު ޖެހިއްޖެއެވެ. އެބޭކަލުންގެ އަރިހުގައި ވުޟޫކުރާނެ ފެނެއް ނެތެވެ. މިކަމާއިމެދު އަބޫބަކުރު ރަޟިޔަ ﷲ ޢަންހުގެ އަރިހަށް ބަޔަކު ޝަކުވާ ގެންދިއުމުން، އެކަލޭގެފާނު ލޮބުވެތި ނަބިއްޔާގެ އަރިހަށް އެވާހަކަ ދަންނަވަން ވަޑައިގަތެވެ. އެހިނދު ރަސޫލާ އޮންނެވީ އަވާރަފުޅު ލެއްޕިފައެވެ. މިމައްސަލައާހުރެ އަބޫބަކުރުގެފާނު ވަރަށް ބޮޑަށް ކޯފާފުޅުވެގެން، އެކަލޭގެފާނުގެ ދަރިކަނބަލުން ޢާއިޝަތުގެފާނުގެ އަތްޕުޅުގައި ހިއްޕަވާފައި ދަންމަވާ، ތަޅުވާލައްވަމުން ހަރުއަޑުން ވިދާޅުވިއެވެ. ރަސޫލާ މުޙައްމަދުއްޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި މިއެންމެހާ މީސްތަކުން ފެންނެތް ހިސާބުގަނޑެއްގައި މަޑުކުރަން މިޖެހުނީ ކަމަނާއާ ހުރެއެވެ. މިއަޑު އިވިވަޑައިގެންފައި ރަސޫލާ އަށް ހޭފުޅުލެވިއްޖެއެވެ. ހަމަ އެވަގުތު މަތިވެރި މާތް ﷲ ގެ ޙަޟްރަތުން ތަޔައްމުމު ކުރުމާ ބެހޭގޮތުން، އެއިލާހުގެ ވަޙީބަސްފުޅު ބާވައިލެވިއްޖެއެވެ.
މިއާޔަތް ބާއްވައި ލެއްވުމާއެކު ރަސޫލު ޞައްލަ ﷲ ޢަަލައިހިވަސައްލަމް ތެދުވެވަޑައިގެން ތަޔައްމުމު ކުރެއްވިއެވެ. އަޞްޙާބު ބޭކަލުންވެސް ރަސޫލާ ތަޔައްމަމު ކުރެއްވިތަން ބައްލަވައިގެން އެކަލޭގެފާނު ކުރެއްވިގޮތަށް ތަޔައްމުމު ކުރެއްވިއެވެ. ދެން ރަސޫލާ އިސްވެހުންނަވައިގެން އެބޭކަލުންނާއެކު އިމާމުވެ ނަމާދު ކުރެއްވިއެވެ. އަދި އެންމެން ނަމާދުކޮށް ނިމުނުތަނާހެން އެއްކަލަ ހާރުކޮޅުވެސް ފެނިއްޖެއެވެ. އެހިސާބުން އެބޭކަލުން ދަތުރާއިއެގެން ކުރިއަށް ވަޑައިގަތެވެ. (ބުޚާރީ - މުސްލިމު)
* އިރުޝާދު:
1. ތަޔައްމަމަކީ ވުޟޫކުރުމަށް ފެން ނުލިބިއްޖެ ޙާލަތެއްގައި ނުވަތަ ފެން ބޭނުންކުރެވެން ނެތް ޙާލަތެއްގައި ވުޟޫގެ ބަދަލުގައި ކުރާ އަޅުކަމެކެވެ. ޠާހިރު ވުމެކެވެ. އަދި އެވަގުތަކަށް ދިމާވި ޢުޛުރެއްނެތި ދިޔުމާއެކު ތަޔަށްމަމު ބާތިލް ވެދާނެއެވެ. އެބަހީ، ތަޔައްމަމު ގެއްލިދާނެއެވެ.
2. ތައްޔަމަމު ކުރާނެގޮތަކީ ސާފު ހިކިމަށީގައި ދެއަތްތިލައިން ޖެހުމަށްފަހު އެއްއަތުން އަނެއް އަތުގައި ޖަހާ އަތުގައި ހުރި ވެލިފޮޅާލައިގެން އެދެއަތުން މޫނުގައި ފޮހޭނީއެވެ. އެއަށްފަހު އަނެއްކާ ދެވަނަފަހަރަށް މަށީގައި ދެއަތުން ފުހުމަށްފަހު ކުރީބުނެވުނު ފަދައިން ވެލި ފޮހެލައިގެން ދެއަތުގެ އިނގިލިތަކުން ފެށިގެން އުޅަނބޮށިކަށްޓާއެކު ފޮހޭނީހެވެ، މިގޮތަށް ފޮހެނިމުމުން ތަޔައްމަމު ނިމުނީއެވެ.
3. ތަޔައްމަމަކީ މާތް ﷲ މިއުއްމަތަށް ޚާއްޞަކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން އެއްކަމެވެ.
* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު