ދުވަސް ގަނޑަކަށް ފަހު ސަލްމާން ޚާނާއި ކަޓްރީނާ ކައިފްގެ އާ ގުޅުންތަކެއް ފެނިގެންދާ ފިލްމް "ޓައިގަރ 3" ވެގެންދާނީ އެދެ ތަރިންގެ ޒަމާންވީ ގުޅުން އެހެން މަރުހަލާއަކުން ފެނިގެން ހިނގައިދާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި އެދެތަރިންގެ ސަޕޯޓަރުންގެ އެ އިންތިޒާރަށް ނިމުމެއް ގެނުވާނެ ފިލްމަކަށެވެ. ކަޓްރީނާ ކައިފް ބޮލީވުޑްގެ މަޝްހޫރު ތަރިއެއްގެ ގޮތުގައި ހިންދީ ބޮޑު ސްކްރީނަށް ތަޢާރަފުވެގެން ދިޔައީ ސަލްމާނާއެކުގައެވެ. އުމުރުގެ ގޮތުންނާއި އިންޑަސްޓްރީގައި ތަޖުރިބާގެ ގޮތުން ކިތަންމެ ބޮޑު ތަފާތެއް ހުރި ނަމަވެސް ސަލްމާނާއި ކަޓްރީނާގެ ޖޯޑަކީ ސިނަމާގެ ބޮޑު ސްކްރީންގައި ވަރަށް ގުޅޭ އަދި ގިނަ ބަޔަކަށް ކަމުދިޔަ ޖޯޑެކެވެ.

މިދެތަރިން އަލުން އެކުގައި ފެނިގެންދާ ޓައިގަރ 3 ގެ އާ ވާހަކަތަކެއް އިންޑިއާގެ މީޑިއާތަކުން މިހާރު ވަނީ އާންމުކޮށްފައެވެ. މުމްބާއީގައި ނަގާ ފިލްމުގެ ބޮޑުބައެއް ނިންމާލުމަށްފަހު ޓައިގަރ 3 ގެ ޓީމު މިހާރު ތައްޔާރުވަމުން ދަނީ ބައިނަލްއަޤްވާމީ ޝޫޓިންގތައް ފެށުމަށެވެ. އީޓައިމްސުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާނާއި ކަޓްރީނާއާއެކު ފިލްމްގެ ޓީމު ގައުމުން ބޭރުގައި ނަގާ މަންޒަރުތައް ނެގުމަށް މިމަހުގެ 18 ވަނަ ދުވަހު ރަޝިޔާއަށް ފުރާނެއެވެ. ގައުމުން ބޭރުގައި ނަގާ މަންޒަރުތަކަށް 45 ދުވަސް ތާވަލުކޮށްފައިވާ ކަމަށް އީޓައިމްސުން ބުނެއެވެ.

ޓައިގަރ 3 ގެ ބައިނަލްއަޤްވާމީ ޝޫޓިންގ ކުރިއަށްދާ ގައުމު ތަކުގެ ތެރޭގައި ތުރުކީ ވިލާތާއި އޮސްޓްރޭލިޔާ ހިމެނެއެވެ. ފިލްމްގެ ޓީމް ބައިނަލްއަޤްވާމީ ޝޫޓިންގ ތަކަށް ފުރުމަށް ޕްރޮޑިއުސަރ އަދިތިޔާ ޗޮޕްރާ ވަނީ ޗާޓަރ ފްލައިޓެއް ހަމަޖައްސާފައެވެ. ސަލްމާނާއި ކަޓްރީނާ ކައިފާއެކު ފިލްމްގެ ޑިރެކްޓަރ މަނީޝް ޝަރުމާއާއި ޓީމް ކްރޫ ދަތުރު ކުރާނީ ގައުމުތަކުގައި ފެތުރިފައިވާ ރޯގާ ބަލިމަޑުކަމުގެ މަތީން ހަނދާން ކުރަމުންނެވެ.

ކިތަންމެ އުނދަގޫ ހާލަތެއްގައި މަސައްކަތް ކުރަން ޖެހުނު ކަމުގައި ވީނަމަވެސް ޑިރެކްޓަރ މަހޭޝް ޝަރުމާ ހުރީއަކީ ފިލްމްގެ ކޮލިޓީ ކޮމްޕްރަމައިޒް ކުރާ ގޮތަކަށް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން