ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު. ވ.
ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު. ވ.
ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރަށް ޙަމަލާ ދިންކަމަށް ތުހުމަތުކޮށް ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 20 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން ހަމަނުޖެހުން ހިންގައި އޭނާއަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޖާބިރު މަތިވެރިއަށް ވަަޑައިގަތުުމުން އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ޖާބިރާއި ދެކޮޅަށް އަޑުއުފުލައި، އޭނާއަށް ހަމަލާ ދިނުމުން ވަޑައިގެން ހިމާޔަތް ހޯއްދެވީ އެރަށު ޕޮލިސް ސްޓޭޝަނުންނެވެ.

މަޖިލީހުގައި އިއްޔެ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާއަށް އެރަށުން މެހެމާންދާރީ އަދާކުރިކަމަށާއި، ނަމަވެސް ހަމަނުޖެހުން ހިންގީ ހަރުކަށި ފިކުރުގެ މީހުންކަމަށެވެ.

"މަތިވެރީގައި ތިބި އައިސިސް މީހުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. މިވަގުތު ރާއްޖޭގެ އެއްވެސް މީހަކު މަތިވެރިއަށް ދިއުން ރައްކާތެރިއެއް ނޫން. މަތިވެރިން ތަޅައިގަތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގައިގައި. މަތިވެރިއަކީ ވަރަށް ކުޑަކުޑަ އާބާދީއެއް އޮތް ރަށެއް. އެރަށުގައި ހުރި އެންމެ ބޮޑު މަހުޖަނަކީވެސް ޖާބިރު." ޖާބިރު ވިދާޅުވިއެވެ.

ރަސް އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަތިވެރީ ރައްޔިތުންގެ ތެރެއިން ބަޔަކު ރޭ ޖާބިރާއި ދެކޮޅަށް އަޑުއުފުލަން ނިކުތީ އޭނާ ގެސްޓްހައުސްއެއް ހަދާފައިވާ އެރަށުގެ ބިމަށް ކުލި ނުދައްކާ ކަމަށް ބުނެއެވެ. އެގޮތުން އެެރަށު ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެބިމުގެ ކުލީގެ ގޮތުގައި ޖާބިރު 4.7 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށާއި، އަދި 2017 ވަނަ އަހަރުން ފެށިގެން އެބިމަށް ކުލި ނުދައްކާކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން