ރާއްޖެެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
އަހަރުގެ މިހާތަނަށް ރާއްޖެއަށް 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް ވަނީ 905817 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާ ބަލާއިރު 123 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް މިއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 29.9 އިންސައްތަ ދަށް އަދަދެކެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3884 ފަތުރުވެރިން ޒިޔާރަތްކުރާއިރު، އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މި އަދަދަށް ކޮންމެ ދުވަހަކު ފަތުރުވެރިން އަންނަމުންދާ ނަމަ އަހަރު ނިމޭއިރު ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 34955 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ މި މުއްދަތާއި އަޅާ ބަލާއިރު 14.3 އިންސައްތަ ދަށް އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 23 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަަދަކަށް ރާއްޖެއަށް އައިސްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ 19.4 އިންސައްތައަކީ ރަޝިއާ ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން