ތާލިބާނުން އަންހެން ކުދިންނަށް، ވަޒީފާ އަދާކުރުމަށާއި، ތައުލީމް ހާސިލްކުރުމަށް ފުރުސަތު ދޭނެކަމަށް ބުނެ ކޮށްފައިވާ ވައުދުތައް ފުއްދަމުން ނުދާތީ އދއިން ފާޑު ކިޔައިފިއެވެ.
އދގެ ސެކެރެޓަރީ ޖެނެރަލް އެންތޯނިޔޯ ގުޓަރޭސް ވިދާޅުވީ، އަފްޣާނިސްތާނުގެ އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެކުދިންނަށް ވަޒީފާ އަދާކުރުމަށާއި ތައުލީމު ހާސިލް ކުރުމަށް ފުރުސަތު ދޭނެކަމަށް ބުނެ ތާލިބާނުން ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް، ތާލުބާނުން މި ވައުދުތައް ފުއްދާފައިނުވާތީ އެކަމާ ކަންބޮޑުވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
އެންތޯނިޔޯ ގުޓަރޭސް ވިދާޅުވީ، ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ޤާނޫނުތަކާއި އެއްގޮތަށް އަމަލުކުރައްވުމަށް ތާލިބާނުންނަށް ގޮވާލާކަމަށެވެ.
މިދިޔަ މަހު ތާލިބާނުން އަފްޣާނިސްތާނުގެ ފިރިހެން ކުދިންނަށް ސުކޫލުތައް ހުޅުވާލާ ކިޔަވައިދޭން ފަށާފައިވާއިރު، އަންހެން ދަރިވަރުން ތިބީ ކިޔެވުން ފެށޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ތާލިބާނުން މިދިޔަ އޮގަސްޓް މަހު އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވެ، އަންހެން ކުދިންގެ ތައުލީމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އެކުދިންގެ މުސްތަގްބަލު އަނދިރިވެ، ދެކެމުން އައި ހުވަފެންތައް ވަނީ ވެއްޔާ މޮޑެވިފައިކަމަށް ބުނެ ގިނަ އަންހެން ދަރިވަރުންނާއި، އެކުދިންގެ އާއިލާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަންހެން ކުދިންގެ ތައުލީމާއި ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅުކުރުމުން ތާލިބާނުން ބުނެފައިވަނީ އަންހެން ކުދިން މަދަރުސާތަކަށް ދިޔުމުގެ އިންތިޒާމުތައް ކަނޑައެޅުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
މީގެއިތުރުން، އަފްގާނިސްތާނުގައި ތާލިބާނުން ގާއިމް ކޮށްފައިވާ އާސަރުކާރުގެ ކެބިނެޓުގައިވެސް އެއްވެސް އަންހެނަކަށް ފުރުސަތު ލިބިފައިނުވާކަން ފާހަގަ ކޮށްލެވެއެވެ. މިކަމާއި ގުޅިގެން އެގައުމުގެ މީހުން ނުރުހުންފާޅު ކޮށްފައިވަނިކޮށް ތާލިބާނުން ބުނެފައިވަނީ ފަހުގެ ތާރީހެއްގައި ސަރުކާރުގައި އަންހެނުން ބައިވެރިކުރާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު