ޗައިނާގެ ވެޓް މާކެޓެއް
ޗައިނާގެ ވެޓް މާކެޓެއް
މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އައީ ޗައިނާގައި ވަލުޖަނަވާރު ވިއްކާ "ވެޓް" މާރުކޭޓަކުން ކަމަށް ބުނާ ވާހަކަތައް ފަހުގެ ދިރާސާއަކުން ދޮގުކޮށްފިއެވެ.

މެއިލް ނޫހާއި ހަވާލާދީ މިރަރ ޔޫކޭގައި ލިޔެފައިވާގޮތުގައި މޮލެކިއުލާ ބަޔޮލޮޖިސްޓެއް ކަމަށްވާ، އަލީނާ ޗޭން އަދި އިވޮލިއުޝަނަރީ ބަޔޮލިޖިސްޓެއް ކަމަށްވާ ޝިންގް ޒޭން ބުނެފައިވަނީ އެމީހުން ކުރި ދިރާސާއިން ދައްކާގޮތުގައި ވައިރަސް މާރުކޭޓުގެ ތެރެއަށް ވަދެފައިވަނީ ބަލިޖެހިފައިވާ އެހެން މީހަކު މާރުކޭޓަށް ދިޔުމުން ކަމަށެވެ.

"އާންމުކޮށް ހާމަކޮށްފައިވާ ޖެނެޓިކް މައުލޫމާތުން ހާމަވާގޮތުގައި މާރުކޭޓުތެރޭގައި އޮތް ޖަނަވާރެއްގެ ގައިން އިންސާނެއްގެ ގަޔަށް ވައިރަސް އެރިކަމަކަށް ފާހަގައެއް ނުކުރެވޭ." ދެ ސައިންސްވެރިން މެއިލްގައި ބުނެފައިވެއެވެ.

ޗައިނާގެ ސިއްހީ ވުޒާރާތަކުން ގަބޫލުކުރަނީ ވޫހާންގެ ހުނާން މާރުކޭޓުގައި އޮތް ޖަނަވާރެއްގެ ގައިން އިންސާނެއްގެ ގަޔަށް ވައިރަސް އަރާފައިވާކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއަށް ބަލިމަޑުކަމުގެ ހަބަރު ދިންތާ އެއްދުވަސް ތެރޭގައި ބަލި ފެތުރެން މެދުވެރިވި ކަމަށް ބުނާ މާރުކޭޓު ވަނީ ބަންދުކޮށްފައެވެ. އަދި މާރުކޭޓުގައި ހުރި ޖަނަވާރުތަކުގެ ސާމްޕަލްތައް ނަގާފައިވާކަންވެސް ޗައިނާއިން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް، އެއިން އެއްވެސް ސާމްޕަލެއްގެ ނަތީޖާއެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ޔުނިވާސިޓީ އޮފް ހޮންގް ކޮންގްގެ ސައިންސްވެރިއެއް ކަމަށްވާ ގުއާން ޔީ ބުނެފައިވަނީ މިކަން ހިނގިކަމަށް ބުނާ ތަން އެއްކޮށް ނައްތާލާފައިވާކަމަށެވެ.

"ހެއްކެއް ނެތި ހަގީގަތް ހޯދާނީ ކިހިނެއް؟" ޔީ ސުވާލު އުފައްދާފައިވެއެވެ.

މުޅި ދުނިޔެއިން 4.77 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކޮރޯނާވައިރަސް އައީ ޗައިނާގެ ލެބޯޓްރީއަކުންކަމަށް އެމެރިކާގެ ސަރުކާރުން، އަދި ހާއްސަކޮށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން