އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޝަރަފްވެރި ޓައިކްވޮންޑޯ ބްލެކް ބެލްޓެއް ލިބިވަޑައިގެންފިއެވެ.
ދެކުނު ކޮރެއާގައި ހުންނަ “ވޯލްޑް ޓއަިކްވޮންޑޯ ހެޑްކުއާޓަރސް” އިން ޓްރަމްޕަށް ދިން "ނިންތު ޑަން" ނަމަކަށް ކިޔާ ބްލެކް ބެލްޓަކީ އެމަނިކުފާނު މާޝަލް އާޓްސްއަށް ބަހައްޓަވާ ޝައުގުވެރިކަމެއްގެ ބޮޑުކަމުން، އެކަން ފާހަގަ ކުރުމުގެ ގޮތުން އެ އެކަޑަމީ އިން ދިން ބެލްޓެކެވެ.
ޓްރަމްޕަށް ބްލެކް ބެލްޓު އެރުވުން އޮތީ ދުނިޔޭގެ ޓައިކޮންޑޫ ހެޑްކްއާޓާސްގައެވެ. ޓްރަމްޕް އާއި ބެލްޓް ހަވާލުކޮށްފައިވަނީ ލީ ޑޮންގް-ސިއޮޕް އެވެ.
ބްލެކް ބެލްޓް ލިބުމުން ޓްރަމްޕް ވިދާޅުވީ އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި، ޓައިކްވޮންޑޯއަކީ ތަފާތު އާޓެއް ކަމަށާއި، މިއީ އަމިއްލަ ނަފްސު ދިފާއު ކުރުމަށް ބޭނުން ކުރެވިދާނެ ވަރަށް މޮޅު ހުނަރެއް ކަމައެވެ.
މިކަމުގެ އުފަލުގައި ޓްރަމްޕް ވިދާޅުވީ އޭނާއަށް ދެން އެމެރިކާގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ ބްލެކް ބެލްޓް އަޅައިގެން އެމެރިކާގެ ކޮންގްރެސް އަށް ވަޑަގަންނަވާ މަންޒަރު މުޅި ދުނިޔެއަށް ފެނިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު