ދަރުމާ ޕްރޮޑަކްޝަނުން އިއުލާންކުރި އާ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ" ގައި ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯ ފެނިގެންދާނީ ކްރިކެޓް ކުޅުންތެރިންގެ ގޮތުގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
"މިސްޓަ އެންޑް މިސިޒް މާހީ" އަކީ ޖާންވީއާއި ރާޖް، އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ މި އަހަރުގެ މާޗްގައި ރިލީޒްކުރި ބިރުވެރި އަދި ހެއްވާ ފިލްމް "ރޫހީ" އެވެ.
މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއާއެކު އޭނާ ކުޅޭ ފުރަތަމަ ފިލްމެވެ. އެކަމަކު މީގެ ކުރިން ވެސް އެ ސްޓޫޑިއޯގެ ފިލްމަކުން ރާޖަށް ފުރުސަތު ލިބުނެވެ. އެއީ ޖާންވީ ބަތަލާގެ ރޯލު ކުޅޭ "ދޯސްތާނާ 2" އެވެ. އެ ފިލްމުގެ އެއް ބަތަލަކަށް ނެގި ކާތިކް އާރިޔަން ފިލްމުން ވަކިކުރުމާ ގުޅިގެން ކާތިކްގެ ރޯލަށް ދެން ނަގައިފާނެ ކަމަށް ބުނާ އެކްޓަރުންގެ ތެރޭގައި ރާޖް ހިމެނެ އެވެ.
"މިސްޓަ އެންޑް މިސިޒް މާހީ" ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުކަމަށް މީޑިއާތަކުން ބުނެއެވެ. މި ފިލްމުގައި ޖާންވީ ކުޅެނީ މަހީމާގެ ރޯލެވެ. އަދި ރާޖް ކުޅެނީ މަހެންދުރަގެ ރޯލެވެ.

ކިޔުންތެރިންގެ ހިޔާލު