ފެނަކަ ހޯމް ސޯލާ ޕްރޮގުރާމަކީ އެ ކުންފުންޏާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ މަޤްސަދަކީ އާންމު ފަރުދުން ކަރަންޓަަށް ހޭދަކުރާ މިންވަރު ކުޑަކުރުމާއިއެކު ސަރުކާރުން ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުމެވެ. އަދި މިއީ ސަރުކާރުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލުކުކުމަށް އެހީވެދޭނެ ޕްރޮގްރާމެކެވެ.
ފެހި ހަކަތަ ފަރުދުންގެ ހިއްސާ:
ފެނަކައިގެ ހޯމް ސޯލާ ޕްރޮގްރާމްއަކީ ގިނަގުނަ ފައިދާތަކެއް އެކުލެވޭ ފެށުމެކެވެ. މިގޮތުން ފަރުދީ އަދި ތިމާވެށީގެ ގޮތުން ވެސް މުހިންމު ފައިދާތަކެއް އެބަހުއްޓެވެ. މީގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް އެދެވޭ އަސަރު ކުރާނެއެވެ. ސޯލާ އިންސްޓޯލްމަންޓާ ގުޅިފައިވާ ޓެކްނިކަލް ދަތިތަކާއި އަގު ބޮޑު އިންވެސްޓްމެންޓް ހަރަދުތަކަކީ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ސޯލާއަށް ހޭނުމަށާއި ފުޅާކުރުމަށް ހުރި ވަރަށް ބޮޑެތި ހުރަސްތަކެކެވެ. ވީހައިވެސް ލުއި ޕޭމަންޓް ޕްލޭނަކާއެކު ހަރަދު ކުޑަވާނޭހެން މިދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ ފެނަކައިގެ ހޯމް ސޯލާރ ޕްރޮގްރާމްގެ އަމާޒެކެވެ.
ހޯމް ސޯލާއަށް ބަދަލުކުރަންވީ ކީއްވެ؟
ފެނަކަ ހޯމް ސޯލާ ޕްރޮގްރާމްއަކީ ފާގަތި އަދި އުޖާލާ ދިރިއުއުޅުމަކަށް ކުރެވޭ ކުޑަ ހޭދައެކެވެ. އޭގެ ދިގުދެމިގެންދާ ފައިދާއާއި ގެނުވަދޭ ފެހި ބަދަލުތަކަށްބަލާއިރު ވަރަށްވެސް ކުޑަ ހޭދައެކެވެ. ޒަމާންތަކެއް ވަންދެން އެކި ސަބަބުތަކާހުރެ ހުއްޓުމެއްނެތި ބޮޑުވަމުން އައި ކަރަންޓުބިލުތަކަށް ދާއިމީ ހައްލެކެވެ. އަގުބޮޑު ކަރަންޓު ބިލްތަކަށް އަލްވަދާޢު ކިޔުމާއެކު ރައްޔިތުމީހާ ޖީބަށް ލިބިގެންދާ ބޮޑު ލުޔެކެވެ. ހޯމް ސާޯލާއަށް ބަދަލުކުރުމަށް ކުރެވޭ ކުޑަ ހަރަދުގެ ބަދަލާއި ފައިދާ 97% އާއި ހަމައަށް ސީދާ ގޮރުގައި ރައްޔިތުމީއަށް ލިބިގެންދާނެވެ. މާނައަކީ މަހުންމަހަށް އަންނަ ކަރަންޓު ބިލް 97% އާއި ހަމައަށް ކުޑަވެގެންދާނެއެވެ. އާދެ، 2000 ރުފިޔާ މަހު ކަރަންޓު ބިލައްއަރާ ގޭގޭގައި 60 ރުފިޔާއާއި ހަމައަށް ކުޑާވެގެން ދާނެއެވެ. ހޯމް ސޯލާ ސިސްޓަމް ތަކަކީ ގޭފުރާޅުގައި ހަރުކުރެވޭ ފެހި ޕަވާޕްލާންޓެކެވެ. މެއިންޓެނަންސް ހަރަދު ކުދަ، އިރުގެއަލިން ގެ ދިއްލާލަދޭ އަދި ފިނި ކޮއްލަދޭ ޕަވާޕްލާންޓެކެވެ. ހޯމް ސޯލާ ނިޒާމެއް ދިގު މުއްދަތައް އިތުރު ތުރާލަކާއި ނުލާ ބޭނޫންކުރެވޭނެއެވެ. އާދަިގެމަތިން ހޯމްސޯލާ ނިޒާމެއް 20-25 އަހަރާއި ދެމެދުގައި ބޭނުންކުރެވެއެވެ. އިއާދަ ކިުރެނިވި ހަކަތައަށް އަހުލުވެރި ވުމަކީ ކޮންމެ ފަރުދެގެވެސް ފަރިދީ ޒިންމާއެކެވެ. އެޒިންމާ އަދާ ކުރުމުގައި އުފާވެރިކަމަކާއި ހިންހަމަޖެހުމެއްވެއެވެ. ހޯމް ސޯލާ ނިޒާމާއެކު ޖައްވަށް ފުންވާލެވޭ ވިހަ ގޭހުގެ މިންވަރު މަދުކޮށް ސާފު އަދި ރައްކާތެރި މިޖުތަމައެއް ބިނާކުރެވިގެން ދާނެއެވެ. މި ނިޒާމަކީ ރަނގަޅު ނަތީއްޖާއެއް ނެރެވޭނޭ ބަދަލެކެވެ. ދިނިޔެ އަންނަނީ ބަދަލުވަމުންނެވެ. ތަރައްގީގެ ދުވެލި ބާރުވަމުންނެވެ. ހޯމްސޯލާ ނިޒާމަކީ މިދަލާއި ކުރިއެރުމާއެކު ތިމާއާއި ރިމާގެ އާއިލާ މަދަލުކޮއްލަދޭނޭ އުންމީދީ ފެށުމެކެވެ. އުންމީދީ މިފެށުމުގައި ބައިވެރިވެލަމާތޯ؟
އަޅުގަނޑުމެންގެ ޚިދުމަތްތައް:
* ކޮންސަލްޓޭޝަން: އިޔާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމުގައި މުވައްޒަފުން އަބަދުވެސް ތިބޭނީ ތައްޔާރަށެވެ. މިގޮތުން ޚިދުމަތް ފޯރުކޮށްދިނުމާއި، މަޢުލޫމާތު އޮޅުންފިލުވައިދީ އިރުޝާދު ދިނުމުގައި ފެނަކަ ޓީމުން އެންމެ ފުންމިނަށް އެހީތެރިވާނެއެވެ.
* ލުއި ޕޭމަންޓް ޕްލޭންް: ތިމާވެއްޓާއި ރައްޓެހި އިޢާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމުގައިހުރި ބުރަތަކަށް ލުއި ގެނުވައިދިނުމަކީ ފެނަކަގެ އަމާޒެކެވެ. އަދި މި ޕްރޮގްރާމް ބައްޓަންކުރެވިފައިވަނީ ފެނަކައިގެ ހިޔާވަހިކަމުގެ ދަށުގައިވާ ކޮންމެ ގޭބިސީއަކަށް ހެޔޮ އަގުގައި ފައިސާ ދެއްކޭނެ ނިޒާމެއްގެ ދަށުން، ސާފު މުސްތަގުބަލެއް ހޯދުމަށް މަގުފަހިކޮށްދޭނެ ގޮތަކަށެވެ.
* ޑޮކިއުމެންޓޭޝަން އަދި ލީގަލް ޕްރޮސީޖަރސް: ނެޓް މީޓަރިންގ ދަށުން ހުރިހާ ކަސްޓަމަރުންވެސް ކުރަންވީކަމަކީ އެޕްލިކޭޝަން ފޯމް ފުރުމާއި، ހޯމް ސޯލާރ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރުމެވެ.
* ސާވޭ އެންޑް ކަސްޓަމް ޑިޒައިނިންގ: ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމްސް (ޕީވީ) އަކީ 'ވަން-ސައިޒް-ފިޓްސް-އޯލް' ސޮލިއުޝަންއެއް ނޫނެވެ. ކަސްޓަމަރ އެޕްލިކޭޝަން ޕްރޮސެސްކޮށް ނިމުމާއިއެކު، އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމް ކަސްޓަމަރުންގެ ގެއަށް ދުރުވެ، ހަކަތަ ބޭނުންކުރެވޭ މިންވަރާއި ފުރާޅުގެ ޖާގަ، އަދި މިނޫންވެސް އެތައް ކަމެއްގެ މައްޗަށް ބިނާކޮށް، އެތަނަކަށް އެންމެ އެކަށޭނަ ހޯމް ސޯލާ ސިސްޓަމެއް ޑިޒައިން ކުރުމަށް ބޭނުންވާ ހުރިހާ ސާރވޭތަކާއި އެސެސްމަންޓްތައް ތައްޔާރުކޮށްދޭނެއެވެ.
* އިންސްޓޮލޭޝަން: ސަރވޭ އަދި އެސެސްމަންޓްތައް ނިމި، އިންސްޓޯލްކުރާނެ ކެޕޭސިޓީ ކަނޑައެޅުމުން އެ ފުރާޅަކަށް ބޭނުންވާ ސޯލާ ޕެނަލްތައް އެ ރަށަކަށް ފޮނުވިގެންދާނެއެވެ. ކަސްޓަމަރުންގެ އަތުން އިތުރު އަގެއް ނުނަންގަވާ ފެނަކަ ޓެކްނިކަލް ޓީމުން ތިޔަބޭފުޅުންގެ ފުރާޅު އިރުގެ އަލިން ހަކަތަ އުފައްދާ ޕަވަރ ޕްލާންޓަކަށް ބަދަލުކޮއްދޭނެއެވެ.
* މެއިންޓެނަންސް އެންޑް އާފްޓަރކެއަރ: ހޯމް ސޯލާ ޕެނަލް ސިސްޓަމް އަހަރީ ގޮތުން ސަރވިސް ނުކުރިއަސް ރަނގަޅަށް މަސައްކަތް ކުރަމުންދާނެއެވެ. ނަމަވެސް ފުރާޅުގައި ސޯލާ ހަރުކުރުމާއިއެކު ފެނަކައިން ދޭ ޚިދުމަތް ނިމުނީކީ ނޫނެވެ. ފެނަކައިގެ ޓެކްނިކަލް ޓީމް ހުންނާނީ ދިމާވެދާނެ މައްސަލައެއް ހައްލު ކުރުމަށް އަބަދުވެސް ތައްޔާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު