ބޮލީވުޑްގެ ކާމިޔާބު ބަތަލާ ފަރްޚާން އަޚްތަރު ދެން ފެނިގެންދާނީ މާވެލް ސްޓޫޑިއޯސްއިން ރިލީޒްކުރާ ސުޕަރހީރޯ ސިރީޒް މިސް މާވެލްއިން ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މިއީ މާވެލް ސްޓޫޑިއޯސްއިން ރިލީޒްކުރާ ފިލްމެއް ނުވަތަ ސީރީޒެއްގައި ބޮލީވުޑްގެ ތަރިއަކުފެ ނިގެންދާ ފުރަތަމަ ފަހަރެވެ. އެގޮތުން މިއީ އިންޑިއާގެ މާވެލް ފޭނުންނަށް އޮތް އުފާވެރި ހަބަރެއްކަމަށް ގިނަ މީޑިއާތަކުން ސިފަކުރެއެވެ.
މިސް މާވެލް ސީރީޒަކީ އެމެރިކާގައި ދިރިއުޅޭ އޭޝިއާ ބައްރުގެ މުސްލިމް އަންހެން ކުއްޖަކު ލީޑް ރޯލުން ފެނިގެންދާނެ ފުރަތަމަ ސީރީޒްވެސްމެއެވެ. މި ސީރީޒް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުއެވެ.
މިސީރީޒުގެ ލީޑް ރޯލުން ފެނިގެންދަނީ އެމެރިކާގައި ދިރިއުޅޭ ޕާކިސްތާނުގެ ޒުވާނެއް ކަމުގައިވާ އީމާން ވެއްލާނީ އެވެ. އަދި ފަރްޚާން އަޚްތަރު ފެނިގެން ދާނީ ކުޑަ ރޯލަކުން ނުވަތަ ގެސްޓު ސްޓަރ އެއްގެ ގޮތުގައި ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު