ދުނިޔޭގައި މިހާތަނަށް ނީލަންކީ އެންމެ ބޮޑު ވައިޓް ޑައިމަންޑް 22 މިލިއަން ޑޮލަރަށް ސުވިޓްޒަލެންޑުގެ ޖެނީވާގައި ބޭއްވި ނީލަމެއްގައި ވިއްކާލައިފިއެވެ.
ޕިއަރއެއްގެ ބައްޓަމަށް އިން މި ޑައިމަންޑަކީ 228.31 ކެރަޓްގެ ޑައިމަންޑެކެވެ. "ދަ ރޮކް"ގެ ނަން ދެވިފައިވާ މި ޑައިމަންޑް 21.9 މިލިއަން ޑޮލަރަށް ވިއްކާލީ، މިފަދަ ތަކެތި ނީލަން ކިޔުމުގައި ފާހަގަކޮށްލެވޭ އިނގިރޭސިވިލާތުގެ ކްރިސްޓީސް އޮކްޝަން ހައުސްއިންނެވެ. ނަމަވެސް ޑައިމަންޑް ގަނތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.
ހަބަރުތައް ބުނާގޮތުން މި ޑައިމަންޑް ނަގާފައިވަނީ މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑެތި ޑައިމަންޑްތައް ނަގާފައިވާ ސައުތު އެފްރިކާއިންނެވެ. ސައުތު އެފްރިކާއިން ނަގާފައިވާ ފާހަގަކޮށްލެވޭ އެހެން ބޮޑެތި ޑައިމަންޑްތަކުގެ ތެރޭގައި "ސްޓަރ އޮފް އެފްރިކާ" އަދި "ގޯލްޑަން ޖުބްލީ" ހިމެނެއެވެ.
"ދަ ރޮކް" ޑައިމަންޑް 22 މިލިއަން ޑޮލަރަށް ވިއްކާލިނަމަވެސް، ނީލަން އިންތިޒާމްކުރި ފަރާތުން ލަފާކުރީ ޓީޓީ ބޯޅައެއްވަރުގެ މި ޑައިމަންޑަށް 30 ވަރަކަށް މިލިއަން ޑޮލަރު ލިބޭނެކަމަށެވެ. ނަމަވެސް މި ނީލަމުގައި ނީލަންކި ބައެއް އެހެން ޖަވާހިރުތައް ވަނީ ލަފާކުރިވަރަށްވުރެ އެތައް ގުނައެއް އަގުބޮޑުކޮށް ވިއްކާލާފައެވެ.
ކްރިސްޓީސްއިން ސުވިޓްޒަލޭންޑުގައި ބޭއްވި ނީލަމުގައި ވިއްކާލި އެހެން ޖަވާހިރުތަކުގެ ތެރެއިން 14.3 މިލިއަން ޑޮލަރަށް ވިއްކާލި "ދަ ރެޑް ކްރޮސް ޑައިމަންޑް" އަކީވެސް ފާހަގަކޮށްލެވޭ ޑައިމަންޑެކެވެ. މި ޑައިމަންޑް ވިއްކާލައިގެން ލިބޭ ފައިސާގެ ތެރެއިން ބައެއް ހަދިޔާކުރަނީ ސުވިޓްޒަލޭންޑުގެ ވެރިރަށް ޖެނީވާގައި ޤާއިމްވެފައިވާ އިންސާނީ އެހީއަށް މަސައްކަތްކުރާ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްއަށެވެ.
މި ޑައިމަންޑް އެންމެ ފުރަތަމަ ނީލަން ކިޔާފައިވަނީ ފުރަތަމަ ބޮޑުހަނގުރާމައިގެ ތެރޭގައި ބްރިޓިޝް ރެޑް ކްރޮސްއަށް އެހީތެރިވުމުގެ ގޮތުންނެވެ.

WATCH: A pear-shaped diamond just over 228 carats, known as 'The Rock,' is going up for auction at Christie’s, the largest white diamond ever to come up for sale pic.twitter.com/srs1YnhjdW
— Reuters (@Reuters) May 7, 2022
"ދަ ރޮކް" ޑައިމަންޑް 22 މިލިއަން ޑޮލަރަށް ވިއްކާލިނަމަވެސް، ނީލަން އިންތިޒާމްކުރި ފަރާތުން ލަފާކުރީ ޓީޓީ ބޯޅައެއްވަރުގެ މި ޑައިމަންޑަށް 30 ވަރަކަށް މިލިއަން ޑޮލަރު ލިބޭނެކަމަށެވެ. ނަމަވެސް މި ނީލަމުގައި ނީލަންކި ބައެއް އެހެން ޖަވާހިރުތައް ވަނީ ލަފާކުރިވަރަށްވުރެ އެތައް ގުނައެއް އަގުބޮޑުކޮށް ވިއްކާލާފައެވެ.
ކްރިސްޓީސްއިން ސުވިޓްޒަލޭންޑުގައި ބޭއްވި ނީލަމުގައި ވިއްކާލި އެހެން ޖަވާހިރުތަކުގެ ތެރެއިން 14.3 މިލިއަން ޑޮލަރަށް ވިއްކާލި "ދަ ރެޑް ކްރޮސް ޑައިމަންޑް" އަކީވެސް ފާހަގަކޮށްލެވޭ ޑައިމަންޑެކެވެ. މި ޑައިމަންޑް ވިއްކާލައިގެން ލިބޭ ފައިސާގެ ތެރެއިން ބައެއް ހަދިޔާކުރަނީ ސުވިޓްޒަލޭންޑުގެ ވެރިރަށް ޖެނީވާގައި ޤާއިމްވެފައިވާ އިންސާނީ އެހީއަށް މަސައްކަތްކުރާ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްއަށެވެ.
މި ޑައިމަންޑް އެންމެ ފުރަތަމަ ނީލަން ކިޔާފައިވަނީ ފުރަތަމަ ބޮޑުހަނގުރާމައިގެ ތެރޭގައި ބްރިޓިޝް ރެޑް ކްރޮސްއަށް އެހީތެރިވުމުގެ ގޮތުންނެވެ.
ކިޔުންތެރިންގެ ހިޔާލު