މިރޭ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ހާޒިރު ކުރަން ނިންމައިފިއެވެ.
މިރޭ 9:00 ގައި ބާއްވާ އެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން އެމިނިސްޓަރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރާއި އެ މިނިސްޓްރީގެ ގެ ފަރާތުން އިތުރު ބޭފުޅުން ހާޒިރު ކުރުމަށް ވަނީ ނިއްމާފައެވެ.
މި ބައްދަލުވުމަކީ ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާމެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަން ފާހަގަކޮށްލެވެއެވެ.
މިނިސްޓަރ ނަހުލާ މިރޭ މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައިވާއިރު ކޯވިޑް-19ގެ މި ދުވަސްވަރު ހެލްތު މިނިސްޓަރާއި އަދިވެސް މި ސަރުކާރުގެ ދެތިން ވަޒީރަކު ފިޔަވައި އެހެން ވަޒީރުންގެ މަސައްކަތެއް ނުވަތަ ހަރަކާތެއް ނުފެންނަ ކަމަށް ބުނެ އާންމުންގެ ގިނަބަޔަކު ވަނީ ޝަކުވާކޮށްފައެވެ. މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނަހުލާއާއި ހަވާލުކޮށްފައިވާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ނަހުލާ ހާޒިރު ކޮށްދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފައިވެއެވެ. ޖާބިރު މީގެކުރިންވެސް ވެސް ވަނީ ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ މަޖިލީހުގެ ޖަލްސާ އަށް ހާޒިރު ކުރައްވާފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ޚާއްޞަ ގިނަ ކަންތައްތަކެއް ކުރިއަށް ގެންދާއިރު މިނިސްޓަރ ނަހުލާގެ އެއްވެސް ދައުރެއް، ހަރަކާތެއްވެސް އަދި އަޑެއްވެސް ނީވޭކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެގޮތުން އެކަމަނާގެ ވުޒާރާއާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހައްލު ނުކުރެވި ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ފާހަގަ ކުރަމުންދާއިރު ބައެއް ފަރާތްކުން ދަނީ ސަރުކާރުގައި ތިއްބެވި މިފަދަ ފެއިލްވެފައިވާ ވަޒީރުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލަމުންނެވެ.
މިނިސްޓަރ ނަހުލާ ވީތަނަކާއި ބެހޭ ގޮތުން ނޫސްވެރިން ކޯވިޑްގެ ތަރުޖަމާން، މަބްރޫކް އަޒީޒާއި ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެކަމަނާ ހުންނެވީ އަމިއްލަ ރިސޯޓްގައި ކަމަށެވެ. ރިސޯޓް އޯނަރެއްގެ ހައިސިއްޔަތުން ނަހުލާ ރިސޯޓުގައި ހުންނެވި ކަމަށް ސަރުކާރުން ބުނި ނަމަވެސް ނަހުލާގެ މިލްކިއްޔާތުގައި ހުރި ތަކެއްޗާއި އާމްދަނީއާއި ބެހޭ ގޮތުން ސަރުކާރަށް ދެއްވާފައިވާ މައުލޫމާތުގައި ނަހުލާގެ މިލްކިއްޔާތުގައި ރިސޯޓެއް ނުވަތަ އާމްދަނީ ލިބޭ އެފަދަ އެއްވެސް އެއްޗެއް ވާ ކަމަކަށް މައުލޫމާތު ދެއްވާފައެއް ނުވެއެވެ. އެހެންކަމުން އެކަމަނާގެ އަމިއްލަ ރިސޯޓެއް އޮންނަ ކަމަށް ސަރުކާރުން ހާމަކުރުމުން ނަހުލާ ވަނީ ސަރުކާރަށް ވެސް އޮޅުވާލާ އިތުރުފުޅު ހައްދަވާފައި ކަމަށް ބުނެ ބައެއް މީޑިއާތަކުން ވެސް ވަނީ ޚަބަރު ފަތުރާފައެވެ.

ކިޔުންތެރިންގެ ހިޔާލު