ދަތުރުވެރިންނާއި ކްރޫންގެ ރައްކާތެރި ކަމުގެ ގޮތުން އެޅޭނެ އިތުރު ސަލާމަތީ ފިޔަވަޅު ތަކާއެކު ސިންގަޕޯރ އެއަރލައިންސް، ސިލްކް އެއަރ އަދި ސްކޫޓްގެ ދަތުރުތައް ފެށުމަށްޓަކައި ތައްޔާރުވަމުންދާކަމަށް ޗެނަލް ނިއުސް އޭޝިޔާއިން ބުނެފިއެވެ.
މެއި 10 ވަނަ ދުވަހުން ފެށިގެން ދަތުރު ކުރާ ހުރިހާ އެންމެންވެސް މާސްކް އެޅުމަށް މަޖުބޫރު ކުރުވުމުގެ އިތުރުން މި އެއަރލައިން ތަކުން އެކި ފެންވަރުގެ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. މިގޮތުން، ސިންގަޕޫރު އެއަރލައިންސް އިން ވަނީ، މާސްކް، އެންޓި ބެކްޓީރިއަލް ވައިޕް އަދި ސެނިޓައިޒާ ހިމެނޭގޮތަށް ތައްޔާރު ކޮށްފައިވާ ޚާއްޞަ ދަތުރު ކިޓެއް އުފައްދައި، އެ ފްލައިޓް ގައި ދަތުރުކުރާ ހުރިހާ އެންމެންނަށް މި ކިޓް ލިބޭނޭ ގޮތް ހަމަޖައްސާފައެވެ. އަދި ކާއެއްޗެހި އޯޑަރު ކުރުމުގެ އިތުރުން ކާ އެއްޗެހީގެ މެނޫ ވެސް ޑިޖިޓަލް ކުރުމަށް ނިންމާފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
މީގެ އިތުރުން، ކޮންޓެކްޓް ޓްރޭސިންގ އަށް އިތުރު ފަސޭހަކަމެއް ގެނައުމަށާއި ގައިދުރުކަން ދެމެހެއްޓުމަށްޓަކައި ކުރިން ދެމުން އައި ގިނަ ހިދުމަތްތައް ސްކޫޓުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. މިގޮތުން، އޮންލައިން ޗެކިންގ ގައި ބޭނުންވާ ސީޓެއް ބުކް ކުރުމާއި، ފްލައިޓަށް އެރުމަށް ފަހު އަމިއްލައަށް ގޮނޑި ބަދަލު ނުކުރެވޭނެ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. އަދި ޗެކިންގ ވުމުގެ ކުރިން ހެލްތު ޑިކްލަރޭޝަން ފޯމެއްވެސް ހުށައަޅަން ޖެހޭނެ ކަމަށް ސްކޫޓް އިން ހާމަކޮށްފައި ވެއެވެ.
ސަލާމަތަށް އެޅިގެން މިދާ އިތުރު ފިޔަވަޅު ތަކުން ދަތުރު ކުރާ ފަރާތްތަކަށް ދަތުރުމަތީގައި އިތުރު ބިރުވެރިކަމެއްނެތި ހިތްހަމަޖެހުމަކާއެކު ދަތުރުކުރެވޭނެ ކަމުގެ ޔަގީންކަން އޮންނާނެކަން، ސިންގަޕޫރު އެއަރލައިންސް ގެ ސީއީއޯ އާ ހަވާލާދީ ޗެނަލް ނިއުސް އޭޝިޔާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު