ސަރުކާރު ވައްޓާލަން އެމްޑީޕީ ތެރެއިން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ މި ދަނޑިވަޅުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިވަގުތު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީގައި ތިބެގެން އެމްޑީޕީ ސަރުކާރު ވައްޓާލައި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބެމުންދާ ތާއީދު ނަގާލަން ޕާޓީ ތެރެއިން ބަޔަކު ރެޔާއި ދުވާލު ކުރަމުންދާ މަސައްކަތް ކަމަށެވެ.

އެގޮތުން އެ ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލައި ފިތުނަ އުފެއްދުމަށް އިދިކޮޅު ޕީޕީއެމަށް ވުރެ ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.



ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ރައީސް ސޯލިހު މިހާރު ވަނީ ނިއްމަވާފައެވެ. ދާދިފަހުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ރައީސް ސޯލިހް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރަައްވާފައިވާއިރު އެމަނިކުފާނަށް ތާއިދު އޮތްކަން ބައެއް ވަޒީރުންނާއި މަޖިލިސް ބައެއް މެމްބަރުން ވަނީ ހާމަކޮށްފައެވެ. މިފަހުން ބޭއްވި އެމްޑީޕީގެ އެތެރޭގެ ހުރިހާ އިންތިޚާބެއްގައި ވެސް ކާމިޔާބު ހޯދާފައިވަނީ ރައީސް ސޯލިހްގެ ފެކްޝަނުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން