ވޯލްޑް ކަޕް އޮންނަ އަހަރުތަކުގައި މިމުބާރާތް ޕްރޮމޯޓްކޮށް އެކުވެރިކަމުގެ ގުޅުން ބަދަހި ކުރުމަށް އެކި ބަސްބަހުން ހިޓް ލަވަތަކެއް މީގެ ކުރިންވެސް ރިލީޒްކޮށްފައިވާއިރު މިއަހަރުގެ ފީފާ ވޯލްޑް ކަޕަށް ހާއްސަ ލަވައެއް، މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސް އިން ރިލީޒްކުރަން ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބީޓީއެސް އިން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ލަވައެއް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ ކެމްޕޭން 'ގޯލް އޮފް ދަ ސެންޗަރީ' ގެ ދަށުންނެވެ. މި ޕްރޮޖެކްޓުގައި ފުޓްބޯޅަ ތަރި ސްޓީވް ޖެރާޑާއި ކޮރެއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ޕާކް ޖިސުންގް އާއި ޔުނެސްކޯގެ ސަފީރު ނާދިއާ ނާޑިމް އާއި ފެޝަން ޑިޒައިނަރު ޖެރެމީ ސްކޮޓް އަދި މަޝްހޫރު ސްކަލްޕްޓަރު ލޮރެންޒޯ ކުއިން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓު ލީޑު ކުރަނީ މިއަހަރުގެ ފީފާ ވޯލްޑް ކަޕުގެ އިސް ޕާޓްނަރެއް ކަމުގައި ހިއުންޑައިއެވެ. މަޝްހޫރު ކާރު އުފައްފާ ހިޔުންޑައި ކުންފުނިން ދަނީ 1999 ވަނަ އަހަރުން ފެށިގެން ފީފާ އާއިއެކު އެކި ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރަމުންނެވެ. ހިޔުންޑައިގެ ބައިނަލްއަގުވާމީ ކެމްޕޭން، "ގޯލް އޮފް ދަ ސެންޗަރީ" ގައި ބީޓީއެސް އިން ބައިވެރިވަނީ ހިޔުންޑައިގެ ގްލޯބަލް އެމްބެސެޑަރުންގެ ގޮތުގައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ރިލީޒްކުރާ ބީޓީއެސްގެ ލަވަ، މިއަހަރުގެ ފަހުކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.



މިއަހަރުގެ ފީފާ ވޯލްޑް ކަޕް ކުރިއަށްދާނީ ނޮވެމްބަރު 21 އިން ފެށިގެން ޑިސެމްބަރު 18 ގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން