އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސްގެ ކޯޑިނޭޓަރު ޖޯން ކަރބީ
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސްގެ ކޯޑިނޭޓަރު ޖޯން ކަރބީ
ޓައިވާނު ސަރަހައްދުގައި ކުރިއަށްދާ ޗައިނާގެ އަސްކަރީ ތަމްރީނުތައް އެމެރިކާއިން ބަލަމުން އަންނަނީ "ވަރަށް ގާތުން" ކަމަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސްގެ ކޯޑިނޭޓަރު ޖޯން ކަރބީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކަރބީ ވިދާޅުވީ، "އަޅުގަނޑުމެން މިކަން ވަރަށް ވަރަށް ގާތުން ބަލަމުން ދަނީ. މިއީ ކަންބޮޑުވާ ކަމެއް. މިއީ ހަމައެކަނި އަޅުގަނޑުމެންނަށް ކަންބޮޑުވާ ކަމެއް ނޫން، އެކަމަކު އެއީ، ހަމަގައިމުވެސް، ޓައިވާނުގެ ރައްޔިތުންނަށް ކަންބޮޑުވާ ކަމެއް. އަދި ޖަޕާނު ފަދައިން އެސަރަހައްދުގައި ހިމެނޭ އަހަރުމެންގެ އެކުވެރި ގައުމުތަކަށްވެސް އޮތް ކަންބޮޑުވުމެއް."



ޗައިނާއިން ޓައިވާން ސަރަހައްދުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އަސްކަރީ ޑްރިލްތައް ފަށާފައިވަނީ އެމެރިކާގެ ހައުސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ.

ނަމަވެސް ކަރބީ ވިދާޅުވީ އެމެރިކާގެ ކޮންގްރެސްގެ މެންބަރަކު ޓައިވާނަށް ދަތުރެެއް ކުރުމަކީ ބޮޑު ކަމަކަށް ވެގެން ނުވާނެ ކަމަށާއި، މިކަން ބޮޑުކަމަކަށް ހަދައި އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރަނީ ޗައިނާ އިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން