އެޑިއުކޭޝަން މިނިސްޓްރީ ހިންގަމުންދާ ވެލާނާގެ
އެޑިއުކޭޝަން މިނިސްޓްރީ ހިންގަމުންދާ ވެލާނާގެ
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކުރެވޭ ޓީޗަރަކު ސަސްޕެންޑްކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން ޓީޗަރަކު މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ. އެއްޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން ޓީޗަރަކު ސަސްޕެންޑްކޮށްފައި މިވަނީ އަލަމްގީރާއެކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގަނިކޮށް ލީކުވެފައިވާ ވިޑިއޯއެއްގައި ޓީޗަރެއް ފެންނަކަމަށް ރާއްޖޭގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ.

ގިނަ ބަޔަކާއެކު އަލަމްގީރު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސް މީޑިޔާގައި ވަނީ ލީކްކޮށްލާފައެވެ. އެމީހުންނާއެކު ގުޅުން ހިންގައި ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އަަލަމްގީރު މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.

އަލަމްގީރާއެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ޖިންސީ ގުޅުން ހިންގާ ވީޑީއޯއެއް އާންމުވެފައިވާއިރު ހަމަ އެ ކޮޓަރީގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ހަރަކާތްތެރިވާ ވީޑިއޯ އެއްވެސް ވަނީ ލީކުވެފައެވެ. އަދި ފުލުހެއްގެ ވިޑިއޯއެއްވެސް ލީކުވެފައިވެއެވެ. އެމައްސަލައިގައި އެމީހުން މިހާރު ވަނީ ހައްޔަރުކޮށް މުއްދަތު ޖަހާފައެެވެ.

އަލަމްގީރާއެކު 200 އަށް ވުރެ ގިނަ މީހުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް އަޑުފެތުރިފައިވާއިރު އޭނާ ވަނީ އެމީހުންނާއެކު ގުޅުން ހިންގާ މަންޒަރު ވީޑިއޯ ކޮށްފައެވެ. އެ ވީޑިއޯތަކުގެ ފޮރެންސިކް އެނަލައިސިސް އިން ކަށަވަރުވާ އެންމެން ހައްޔަރުކުރަން ފުލުހުން ދަނީ މަސައްކަތްކުރަމުންނެެވެ.

ވެއިޓަރެއްގެ ވަޒީފާ އަށް 2019 ގައި ރާއްޖެ އައި އަލަމްގީރާއެކު އެތައްބަޔަކު ގުޅުން ހިންގާފައިވާއިރު އެޢަމަލުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ސިއްޙީ ބަލިމަޑުކަމެއް ފެތުރިފައިވެދާނެ ކަމުގެ ބިރުވެރިކަން މިހާރުވަނީ އުފެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން