ފުރާވަރުގެ ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި، ފުވައްމުލަކު ތިން މީހަކު ދިހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

2014 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވި މި މައްސަލައަކީ ޏ.ފުވައްމުލައް މިސްކިތްމަގު ލީނާ އަބްދުﷲ ފަރުހާދު ހިންގި ފޮޓޯ ނަގާ ތަނެއް ބޭނުންކޮށްގެން ފުރާވަރު އަންހެންކުދިންތަކަކަށް ޖިންސީގޯނާކުރިކަމުގެ މައްސަލައެކެވެ.

މި މައްސައަކީ ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށްވާތީ، މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ.

ފުވައްމުލަކަށް ނިސްބަތްވާ 14 އަހަރާއި 16 އަހަރުގެ ފުރާވަރު ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކޮށްގެން ކްރިމިނަލް ކޯޓުން ދިހަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޏ.ފުވައްމުލައް ފުނާޑު ގިފްޓް އަހުމަދު އާސިމް އާއި ޏ.ފުވައްމުލައް މިސްކިތްމަގު ލީނާ އަބްދުﷲ ފަރުހާދާއި ޏ.ފުވައްމުލައް ފުނާޑު ނިކަ މުހައްމަދު ހުސައިންގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް ސާބިތުވެފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ކުށުގެ އުގޫބާތެއްގެ ގޮތުން އެމީހުން ދިހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންވެސް އެއް އަހަރާ ދެ މަސް ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ، ޖަލުގައި އިތުރަށް ތަންފީޒުކުރަންޖެހޭ މުއްދަތަކީ، ނުވަ އަހަރާއި ދިހަ މަހާއި 15 ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން