ބޮލީވުޑް މަޝްހޫރު ތަރިންގެ އަނބިންނާއި، އެމީހުންގެ ދިރިއުޅުމާއި އެކުވެރިންނަށް ހާއްސަކޮށްގެން ނެޓްފްލިކްސް އިން ގެނެސްދޭ، "ފެބިއުލަސް ލައިފް އޮފް ބޮލީވުޑް ވައިވްސް" ސީރީޒްގެ ތިންވަނަ ސީޒަން އިއުލާންކޮށްފިއެވެ.

މިސީރިޒުގައި ލީޑް ރޯލުތަކުން ފެނިގެން ދަނީ މަހީޕް ކަޕޫރު، ނީލަމް ކޮތަރީ، ބާވްނާ ޕާންޑޭ، އަދި ސީމާ ސާޖްދޭއެވެ. މިހަތަރު ތަރިންގެ އެކުވެރިކަމާއި، ގާތްކަމާއި، އަމިއްލަ ދިރިއުޅުން ދައްކުވައިދޭ މިސީރީޒުގެ ފުރަތަމަ ދެ ސީޒަނަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވެއެވެ.

މިސީރީޒުގެ ތިންވަނަ ސީޒަނުގެ ވާހަކަ ފެތުރެމުންދާއިރު، ދެން ރިލީޒް ކުރާ ސީޒަނުގެ ލީޑު ރޯލުން އިތުރު ދެތަރިންގެ ދިރިއުޅުން ފެނިގެންދާނެ ކަމަށްވެސް ވާހަކަދެކެވެމުންދެއެވެ.

"ފެބިއުލަސް ލައިފް އޮފް ބޮލީވުޑް ވައިވްސް" ސީރީޒްގެ ތިންވަނަ ސީޒަން ރިލީޒްކުރުމާ ބެހޭގޮތުން ރަސްމީ ބަހެއް އަދި އާންމުކޮށްފައި ނުވިނަމަވެސް، ތިންވަނަ ސީޒަނުގެ މަސައްކަތް ކުރަމުންދާކަމަށް ޕްރޮޑުކްޝަން ޓީމުގައި ހިމެނޭ ފަރާތަކުން ވަނީ އިންޑިއާގެ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން ފުރަތަމަ ދެ ސީޒަނެކޭ އެއްގޮތަށް ތިންވަނަ ސީޒަންވެސް ރިލީޒް ކުރަން ހަމަޖެހިފައިވަނީ ނެޓްފްލިކްސް ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން