އުގައިލް ފައުންޑޭޝަނުން ކުރިއަށް ގެންދާ ލީޑާސް އޮފް ޓޫމޯރޯ ޕްރޮގްރާމުގެ ދަރިވަރު، ހައްވާ ޒާއިން ޒަމީލް.
އުގައިލް ފައުންޑޭޝަނުން ކުރިއަށް ގެންދާ ލީޑާސް އޮފް ޓޫމޯރޯ ޕްރޮގްރާމުގެ ދަރިވަރު، ހައްވާ ޒާއިން ޒަމީލް.
އުގައިލް ފައުންޑޭޝަނުން ކުރިއަށް ގެންދާ ލީޑާސް އޮފް ޓޫމޯރޯ ޕްރޮގްރާމަކީ ޒުވާނުންނާއި ކުޑަކުދިން، އަދުގެ ދުނިޔޭގައި ހިނގާ ކަންކަމަށް އަހުލުވެރި ކުރުވާ ލޯހުޅުވައިދޭ މުހިންމު ޕްރޮގްރާމެއްކަން ޔަގީނެވެ. މިޕްރޮގްރާމްގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ހައްވާ ޒާއިން ޒަމީލް މި ބުނެދެނީ އެވާހަކަ އެވެ.

މިއަހަރު އުގައިލް ފައުންޑޭޝަނުން ކުރިއަށް ގެންދާ ލީޑާސް އޮފް ޓޫމޯރޯ ޕްރޮގްރާމުގެ ދަރިވަރު ޒާއިން އަކީ ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 9 ގައި ކިޔަވަމުންދާ ދަރިވަރެކެވެ. ރަސް އޮންލައިނާ ވާހަކަ ދައްކަމުން ޒާއިން ބުނީ މިޕްރޮގްރާމަށް ތައާރަފް ވުމާއިއެކު، މިޕްރޮގްރާމުގައި ބައިވެރިވުމަށް ވަގުތުން ޝައުގުވެރިވިކަމަށެވެ. ހާއްސަގޮތެއްގައި ޕްރޮގްރާމް ރޭވިފައިވާ ގޮތުން ސްކޫލާއި އެހެނިހެން އުނގެނުމުގެ ތަޖުރިބާތަކާއި ތަފާތު ގޮތްތަކެއް ހުރުމުންކަމަށް ޒާއިން ބުންޏެވެ.

ސްކޫލްގައި ކިޔަވަމުން، އިތުރުހަރަކާތްތަކާއި، ބާސްކެޓާއި، އެތުލެޓިކްސް ފަދަ ކުޅިވަރު ހަރަކާތްތަކުގައިވެސް ބައިވެރިވަމުންދާ ޒާއިން ބުނީ، ޝެޑިއުލް ބިޒީ ވެގެން މާބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ނުވާކަމަށާއި، ލީޑާސް އޮފް ޓޫމޯރޯ ޕްރޮގްރާމުން ދަސްކުރާ އެއްޗެހި ބޭނުންކޮށްގެން އެދުވަހަކު ފުރިހަމަ ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަމިއްލައަށް ޕްލޭންކޮށް ޝެޑިއުލްކޮށްލައި، ގަޑިން ގަޑިއަށް ނިންމާލެވޭކަމަށެވެ. އެގޮތުން މިޕްރޮގްރާމުގެ އެހީގައި، އިސްނަގައިގެން މަސައްކަތް ކުރުމާއި، ރަނގަޅު ލީޑަރަކަށް ވާން ދަސްކުރަންވީ މުހިންމު ކަންތައްތަކާއި، އެކި ކަހަލަ މިޒާޖުގެ މީހުންނާއެކު މަސައްކަތް ކުރާނެ ގޮތް، ދަސްވެގެންދާކަމަށް ޒާއިން ފާހަގަކުރިއެވެ. އަދި ހަމައެހެންމެ އެކިކަހަލަ މަޝްވަރާތަކުގައި ބައިވެރިވެ ޚިޔާލުތައް ފާޅުކުރާނެ ގޮތްތަކާއި، ޓައިމް މެނޭޖްމަންޓް ކުރުން ފަދަ ހުނަރުތައް ދަސްވާކަމަށް ޒާއިން ބުންޏެވެ.

"މި ޕްރޮގްރާމުން އުނގެނުމުގެ ތަފާތު ތަޖުރިބާއެއް ކޮށްލެވޭ. ސެޝަންތައް ކުރިއަށް ގެންދަނީ އެކުވެރި މާހައުލެއްގައި، އަދި ކޮންމެ ހަފްތާއަކު އާ އެއްޗެއް ދަސްވޭ،" ޒާއިން ބުންޏެވެ.

"މި ޕްރޮގްރާމްގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވޭ. ދިރިއުޅުމުގެ އެކި ކަންކަމާއި، އަޅުގަނޑުމެން ބޮޑުވަމުން އަންނަވަރަކަށް އަޅުގަނޑުމެންނަށް ބޭނުންތެރި ފައިދާހުރި މައުލޫމާތުތަކެއް ލިބިގެންދޭ. ކުރުކޮށް ބުނާނަމަ، މި ޕްރޮގްރާމުން އަދުގެ ދުނިޔޭގައި ހިނގާ ކަންކަމަށް ޒުވާނުން އަހުލުވެރިކޮށްދޭއިރު، މިކަންކަމާމެދު އަހުލުވެރިވުމަކީ ކާމިޔާބު މީހަކަށް ވުމަށްޓަކައި މުހިންމުކަމެއް."


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން