ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަކީ ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ބަޔާނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. ރިޔާސީ ބަޔާނުގައި، މި ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ކަންކަމާއި ކޮށް ނިންމާފައިވާ ކަންކަން އަދި ކުރިއަށް އޮތް 10 އަހަރަށް ރާއްޖެއާ މެދު ކުރައްވާ ތަސައްވަރެއް ރައީސް ވަނީ ހިއްސާކުރަށްވާފައެވެ.

ރައީސް އިއްވެވި ރިޔާސީ ބަޔާނާއި ގުޅިގެން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައީސް ސާލިޙު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ހުށައެޅުއްވި ކަންކަން ތަންފީޒު ކުރެވިއްޖެނަމަ ރާއްޖެއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.



އަދި އެ ރިޔާސީ ބަޔާނަކީ ރާއްޖޭގެ މުސްތަގުބަލް އުޖާލާ ކޮށްދޭނެ ބަޔާނެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް އިތުރަށް ވިދާޅުވީ ގައުމުގެ މުސްތަގުބަލް ބިނާވެގެންދާނީ ރައީސް ސާލިޙުގެ ޒައާމަތުގައި ކަމަށެވެ. އެމްޑީޕީގެ މިވެރިކަމެއްގައި އިއްވުނު ރިޔާސީ ބަޔާނުން އެކަން މާބޮޑަށް ވެސް ސާފުވެއްޖެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދު ދެގުނަ ކުރެވި 2028 ވަނަ އަހަރު ނިމޭއިރު، ނުވަތަ އަންނަ ރިޔާސީ ދައުރު ނިމޭއިރު ދައުލަތަށް ލިބޭ އާމްދަނީ 45 ބިލިޔަނަށް އަރާނެ ކަމަށެވެ. އަދި މިހާރު ފެންނަނީ ދިވެހިރާއްޖޭގެ ޙާލަތު ރަނގަޅު އިޤްތިޞާދެއްގެ މައްޗަށް ބިނާވާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2028 ވަނަ އަހަރާއި ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ ކަމަށެވެ. އެގޮތަށް އެކަން އެވަނީ، މިއަދު ފަށައިގެން، ހިންގަމުން، ނިންމަމުން މިދާ މަޝްރޫޢުތަކުގެ ސަބަބު ކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިޔަން ރުފިޔާއަށް ގެންދެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން