މުހައްމަދު ޝާހިދް އިސްލާމް
މުހައްމަދު ޝާހިދް އިސްލާމް
މަނީ ލޯންޑަރ ކުރުމާއި އިންސާނުންގެ ވަގުފާރި ކުމުގައި ބައިވެރިވުން އޮންނަ ކަމުގެ ތުހުމަތުގައި ބަންގްލާދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްކަމަށްވާ މުހައްމަދު ޝާހިދް އިސްލާމް ކުވެއިތުން ހައްޔަރުކޮށް ޖަލަށް ލައިފިއެވެ.

ކުވައިތުގައި ދިރިއުޅެމުން އަންނަ މުހައްމަދު ޝާހިދް އިސްލާމް ހިންގަމުން ދިޔަ ޖަރީމާތަކުގެ ތަހުގީގެއް އެގައުމުގެ ރެސިޑެންސް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް އިން ހިންގުމަށް ފަހު، ޕަބްލިކް ޕްރޮސިކިއުޓަރ ވަނީ އިންސާނުންގެ ވަގުފާރީގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އުފުލައި އޭނާ ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ.

އަލް ގަބަސް ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޝާހިދުން އިސްލާމްގެ އިތުރުން ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ އިތުރު ދެ މެމްބަރަކު ގުޅިގެން ހިންގާފައިވާ ޖަރީމާގައި 20،000 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން ކުވެއިތަށް ވަނީ އެތެރެ ކޮށްފައެވެ. އަދި އެ މީހުންގެ އަތުން 160 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ނަހަމަ ގޮތުގައި ނަގާފައިވާ ކަމަށްވެސް އެ ނޫހުން ބުނެއެވެ.

ކުވެއިތަށް ގެންގޮސް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ 3000 ދީނާރު ( 9742 ޑޮލަރު) ނަގާފައިވާ ގޮތުގެ ވާހަކަ ބަންގްލާދޭޝްގެ 5 މީހަކުވަނީ ތަހުގީގަށް ކިޔައިދީފައެވެ. އަދި ކުވައިތުގައި އުޅޭ ބަންގްލާދޭޝް މީހުންގެ ވިސާ އާކުރަން ބޭނުންވާނަމަ އޭނާއަށް 'ފީ' އެއް ދައްކަންޖެހޭ ކަމަށްވެސް އެ މީހުން ބުންޏެވެ.

ކުވައިތުގެ އިތުރުން އަރަބި ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އައި މި މީހާ އާއި ގުޅޭ ޝަކުވާ ކުރިންސުރެ ކަމާބެހޭ ފަރާތްތަކަށް ލިބެމުން ދިޔަކަމަށްވެއެވެ. މި ގޮތުން މީހުން އެތެރުކުރުމަށް މަގުފަހި ކުރުމުގެ ގޮތުނާއި މޭން ޕަވަރ ކޮންޓްރެކްޓް ތައް ހޯދުމަށް ކުވައިތު ސަރުކާރުގެ އޮފިޝަލުންތަކަކަށް އަގު ބޮޑު ކާރުތަކެއް ރިޝްވަތުގެ ގޮތުގައި ދިން ކަމުގެ ތުހުމުތުތަކެއްވެސް މީނާގެ މައްޗަށް ކުރެވުނުކަމަށް ގަލްފް ނިއުސް އިން ބުނެއެވެ.

މީގެ އިތުރުން އެމެރިކާގައި ކުންފުންޏެއް ހުޅުވައި އެތައް މިލިއަން ޑޮލަރެއް އެ ކުންފުނި މެދުވެރިކޮށް ލޯންޑަރ ކޮށް ކުވައުތު ވިސާ އެކި އެކި ފަރާތްތަކަށް ނީލަން އުސުލުން ވިއްކާފައިވާ ކަމުގެ ތުހުމަތުވެސް މުހައްމަދު ޝާހިދް އިސްލާމްގެ މައްޗަށް ވަނީ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު


26

ޙާސިމް

28-Jun-2020

ބަންގާޅުގެ ތެރޭގައި މިކަހަލަ މީހުން ވަރަށް ގިނަ މަނިކު އެއްވެސް އުޅޭ މީހުންގެންނަ


12

އިޤްބާލު ހަސަން

28-Jun-2020

މާލޭގައި ވެސް އުޅޭ މީނާގެ އޭޖެންޓެއް.. ދުލާލު ކިޔާމީހެއް ކޮންޓްރެކްޓް ވިޔަަފާރި ފުޅާ ދާއިރާއެއްގައި ކުރޭ.. މާލޭގެ ތަންތަން ހަދާ ފައި ބަންގާޅީންނަށް ކުއްޔަށްވެސް ދޭ.. މީނާ އަކީ ވަރަށް ކުރީއްސުރެން ރާއްޖޭގައި އުޅޭމީހެއް.. މާލޭގެ ބޮޑެތި ބޭފުޅުން މީނާގެ ގުރޫޕް ލައްވައި ގެތައް ހައްދަނީ..



ޓްރެންޑިން